ކުޅުދުއްފުށި: އެ ސަރަަހއްދުގެ ރަށްތަކުގެ ބިންގަނޑަށް ވަނީ ލޮޅުމެއް އައިސްފައި
27 މެއި 2024 - 22:57
ހދ. އަތޮޅުގެ ބައެއް ރަށްރަށުގެ ބިންގަނޑަށް މިރޭ ލޮޅުމެއް އައިސްފައިވާ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ބުނެފި އެވެ.
މެޓް އޮފީހުން ބުނި ގޮތުގައި، ހދ. ހަނިމާދޫގައި ގާއިމު ކޮށްފައިވާ ބިންހެލުން ރިކޯޑް ކުރާ މީޓަރަށް ރާއްޖޭ ގަޑިން މިރޭ 8:27 ގައި ލޮޅުމެއްގެ އަސަރު ކޮށްފައިވާ ކަމަށް ރެކޯޑް ކުރެވިފައިވާ ކަމަށެވެ.
ނަމަވެސް، އޭގެ ސަބަބުން ރާއްޖެއަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަކަށް ލަފާ ނުކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ.
މި ލޮޅުމުގެ އަސަރު ކުރި ހދ. އަތޮޅުގެ ވެރިކަން ކުރާ ރަށް، ކުޅުދުއްފުށިން ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި ފަސް ވަރަކަށް ސިކުންތަށް ލޮޅުމުގެ އަސަރު ކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާމިދު ޝާހިދު
28 May 2024
އިންޑިއާގެ ސެސިމިއޮލޮޖީ ސެންޓަރުން ބުނަނީ މީ ރާއްޖޭގެ އުތުރުން 134 މޭލު ދުރުން އަރަބި ކަނޑުގެ އަޑިއަށް އައި މެގްނެޓިއުޑް އިން 4.5 ގެ ބިންހެލުމެއްކަމަށް. ނަސީބު ރަނގަޅު ކަމުން، ބިންހެލުން މަރުކަޒް ކުރެވިފައި ހުރި ސަރަހައްދަށް ލޮޅުންވަނީ ބޮޑަށް ހިފާފައެވެ. އެހެންކަމުން، އޭގެ އަސަރު އަވަށްޓެރި ރާއްޖެއަށް މާކަބޮޑަކަށް ނުކުރީއެވެ. އެކަމަކު މިއީ ވޯނިންގ ސައިންއެކެވެ. މިއީ މީގެ ކުރިން ރާއްޖެއާ ކައިރިން ލޮޅުމެއް ނާރާހާ ކައިރިއެވެ. ﷲ އަށް ހަމްދުކުރާށެވެ.
ފުއްކިބަ
29 May 2024
މިވަރުވެސް ނޭނގޭ މިތާ ތިބި ސައިންސިންޓުންނަށް ބުނެދޭކަށް
ބެރުހަސަންބެ
27 May 2024
މިރޭ ގަޑިން ގާތްގަޑަކަށް 08:26 ހާއިރު އަރަބިއަން ކަޑުތެރެއިން ރާއްޖެއާއި ހަތަރުސަތޭކަ އެތަކެއް ކިލޯމީޓަރު ފެއިން 4.5 މެގްނިޓިއުޑްގައި ބިންހެލުމެއް އައިސްގެން އުޅޭވާހަ އެތައްމިތާ ލިޔެފައި އެބައޮތް.
ބަނީނާ
28 May 2024
ކޮންތާކު އޮތީ؟؟ ޔޫއެސްގީއެސް އަކީ އެންމެ ރިލައަބަލް ސޯސް އާތްކުއޭކްގަ. މެޓް އޮފީހަށް ގޯހެއް ހެދިފަ ކަންނޭގެ މި އޮތީ. ބަލަންވާ ވަރަށް ނުބެލި އިއުލާނު ކުރެވިފަ. ޔޫއެސްޖީއެސް ގަ ނުދައްކާ ތިޔަބުނާ ބިންހެލުމެއް
ލ.އަތޮޅު
28 May 2024
އަޅެފަހެ މީޓޮރޮލޮޖިކަލް ސެންޓަރ ގަ ތިބީ ހދ ގައި ތިބި އެކަމުގެ އަސަރުކުރި މީހުންތަ.. ކަލޭވެސް މާ ކުޅަދާނަ އެމީހުނަށްވުރެ..
ހަމަކަންހިނގި
28 May 2024
ޔޫއެސްގީއެސް ބައެއްފަހަރު އަޕްޑޭޓްވާން ވަގުތުނަގާ. އެއްފަހަރަކު މަހުރިތަނަކަށް ބިންހެލުމެއް އައިސް އިމާރާތް ގުޑާތީ ބޭރަށް ނުކުމުފަ އެެތައް އިރެއްފަހުން ވަން އިރުވެސް އެއްވެސް ތިކަހަލަ ސައިޓެއް އަޕްޑޭޓެއްނުވޭ. އަޕްޑޭޓްވީ އަނެއް ދުވަހު