ކައްދޫ ބޭރަށް ޑައިވްކުރަން ދިޔަ ޔޮޓް މަޑުކޮށްލައިގެން. ފޮޓޯ: އެމްއެންޑީއެފް
21 ފެބުރުއަރީ 2017 - 20:20
ލ. ކައްދޫ ބޭރުގައި އޮތް ޔޮޓަކުން ފްރީ ޑައިވް ކުރުމަށް މިއަދު މެންދުރު ފޭބި ޓޫރިސްޓަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
އެ މީހާ މަރުވެފައި އޮއްވައި ފެނުނީ ސިކްސް ސެންސަސް ރިސޯޓުގެ ޑައިވަރުންނާ ގުޅިގެން އޭނާ ހޯދަމުން އަންނަނިކޮށް، މިރޭ ހަތެއް ޖަހާކަން ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ނަމަވެސް އެ މީހާ ފެނުނީ ކިހާ ހިސާބަކުން ކަމެއް އެމްއެންޑީއެފުން ނުބުނެ އެވެ.
އެމްއެންޑީއެފުން ބުނީ ކައްދޫގެ ހުޅަނގު އުތުރުން ފަސް މޭލުގައި ބޭރުގައި އޮތް ޔޮޓަކުން ޑައިވްކުރަން ފޭބި މީހާ ގެއްލިގެން މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީ) އަށް ރިޕޯޓްކޮށްފައި ވަނީ މިއަދު މެންދުރުފަހު 3:30ގައި ކަމަށެވެ. އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް އަދި ނޭނގެ އެވެ.
"މި ރިޕޯޓް ލިބުމާއެކު ކޯސްޓްގާޑު ސްކޮޑްރަންގެ ޑައިވަރުންގެ ޓީމަކާއެކު އެ ސަރަހައްދަށް ގޮސް އެ މީހާ ހޯދުމުގެ މަސައްކަތް ވަނީ ފަށާފައި،" އެމްއެންޑީއެފުން ބުންޏެވެ. ހަ މީހުންނާއެކު ދަތުރުކުރި ޔޮޓުން ފްރީޑައިވް ކުރުމަށް، ޓޫރިސްޓް މީހާ މޫދަށް ފައިބައިފައި ވަނީ މިއަދު މެންދުރު ފަހު ގާތްގަނޑަކަށް 2:30ގައި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާއިޒް
22 February 2017
އިންނާ ލިއްލާހި ވައިންނާ އިލައިހި ރާޖިޢޫން ! އެމަރްޙޫމްގެ ފުރާނަ ފުޅަށް މާތް ﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށި ! އާމީން !
ސސ
22 February 2017
ރަގަޅަށް ޑައިންކުރަން ނޭގި އަދި ޑައިވު ކުރަން ގެންގުޅޭ ސާމާން ބޭނުން ކުރަން ރަގަޅަށް ނޭގެނީސް މީހުން ޑައިވް ކުރަން ފޭބުމަކީ ބޮޑު ނުރައްކަލެއް!