ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މަޖިލީހުގައި ވާހަކަ ދައްކަވަނީ--ފޮޓޯ: މަޖިލިސް
29 މެއި 2024 - 09:55
ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ ލިސްޓަށް ގެދޮރުވެރިކަމަށް ހާއްސަ ކޮމިޓީއެއް އިތުރު ކުރަން ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުން ނިންމައިފި އެވެ.
އިއްޔެ ފެށި 20 ވަނަ މަޖިލީހުގެ މެޖޯރިޓީ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުން އެ ގޮތަށް ނިންމިއިރު، 19 ވަނަ މަޖިލީހުން ވެސް އިތުރު ކޮމިޓީތަކެއްގެ ގޮތުގައި ލާމަރުކަޒީ ކޮމިޓީ އާއި އެންވަޔަރުމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ އަދި ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ އުފެއްދި އެވެ.
ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މިއަދު "މިހާރު" އަށް ވިދާޅުވި ގޮތުގައި އެ ޕާޓީން ނިންމާފައި ވަނީ ހަމައެކަނި ގެދޮރުވެރިކަމާ ބެހޭ މަސައްކަތްތައް ކުރަން ހާއްސަ ކޮމިޓީއެއް އުފެއްދުމަށެވެ.
ގެދޮރުވެރިކަމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި އެންމެ އިސްކަންދޭނެ އެއް ދާއިރާ ކަމަށް ވަނީ ކަނޑައަޅުއްވައިފަ އެވެ. އެ މަނިކުފާނުގެ ފަސް އަހަރުގެ ވެރިކަން ނިމޭއިރު، އެންމެންނަށް ގެދޮރު ހޯދައި ދިނުމަކީ މި ސަރުކާރުގެ ސިޔާސަތެކެވެ.
ވިހި ވަނަ މަޖިލީހުގެ މެންބަރުން ހުވާ ކުރެއްވުމަށް ފަހު، އިއްޔެ ވަނީ ރަސްމީކޮށް ޖަލްސާތައް ފަށައިފަ އެވެ. މަޖިލީހުގެ އިދާރާ އިން އެދިފައި ވަނީ ސިޔާސީ ޕާޓީތަކާއި އަމިއްލަ މެންބަރުން ކޮމިޓީތަކަށް އައްޔަންކުރަން ބޭނުންވާ ނަންތައް އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ފޮނުވައި ދިނުމަށެވެ.
ކުރީގެ ދައުރަށް ވުރެ މި ދައުރުގައި މަޖިލިހުގެ މެންބަރުން ގިނަވުމުން ކުރިން ބައެއް ދާއިމީ ކޮމިޓީތަކުގައި 8 މެންބަރުން ތިއްބެވި ނަމަވެސް މި ފަހަރު 11 މެންބަރުން އައްޔަން ކުރަން ވަނީ ނިންމައިފަ އެވެ. ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގައި ކުރިން ތިއްބެވީ 18 މެންބަރުންނެވެ. ނަމަވެސް 20 ވަނަ މަޖިލިހުގައި އެ އަދަދު ވަނީ 13 މެންބަރުންނަށް މަދުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާބިދު ސައީދު
30 May 2024
ރައީސް މުއިއްޒް ވާނެ ގެދޮރުވެރިކަމަށް ހައްލު ގެނެސްދޭނެ ވެރިޔަކަށް.
މޫސާ ނިޒާރު
30 May 2024
ރައްޔިތުންގެ ބޯހިޔާވެހިކަމަށް ހައްލު ހޯދަން މިސަރުކާރުން ކުރާ މަސައްކަތް ވަރަށް ބޮޑަށް ފާހަގަވޭ
އިމްރާން މުހައްމަދު
30 May 2024
ގެދޮރު ވެރިކަމަށް ހައްލު ގެންނަން ސަރުކާރުން އުޅޭއިރު މިކަހަލަ ކޮމެޓީއެއްގެ ބޭނުން ވަރަށް މުހިއްމު ކަމަށް ދެކެން.
މަސީހް މުހައްމަދު
30 May 2024
ވަރަށް ރަނގަޅު ކަމެއް. މިޔާއެކު ގެދޮރުވެރިކަމުގެ ކަންކަން ކައިރިން ބެލޭނެ
ެައަލީބެ
29 May 2024
ސަރުކާރުގެ ޒިންމާގެތެރަށް މަޖިލިސް ވަނުމަކީ.ބަރުލަމާނީ ނިޒާމް
ހީހީ މިޢޫތް
29 May 2024
ހާދަ ހާސަރުގިނަ ސަރުކާރެކޭ
އަލިދީދީގެ
29 May 2024
އަދި ވަރި ކާވެނި ކޮމެޓީ އެއްވެސް ހަދަން ފެނޭ. ޜާއްޖެ އަކީ ނިސްބަތުން އެންމެ ވަރިގިނަ ގައުމު. ތިހެން ހަދާ ކޮމެޓީ އަކުން ތިކަން ހައްލު ކުރާނެ ގޮތެއް ނުވިސްނޭ. ބޮޑު ވަރަކަށް ކޮމެޓީ އިން ސަރުކާރަށް ލަފައެއް ދޭނީ ނުވަތަ ކޮންމެ ވެސް ގަރާރެއް ފާސްކުރާނީ... ކޮމެޓީ އަކަށް ފްލެޓެއް ނޭޅޭނެ. ޢެކަމަކު މެމްބަރުންނަށް ކޮމެޓީ އެލަވަންސް ބަރާބަރަށް ލިބޭނެ ބޯ ހިޔާވަހިކަން ހައްލު ނުވިޔަސް.
ޔޭސްސޯޔޭސްސޯ
29 May 2024
ބޭރުން މުދާ ގެނެސްގެންތަ އުފައްދަނީ. ތި އުފައްދާ އެއްޗެއް އުފައްދާބަލަ.
ޏަމް ޔަމް
29 May 2024
ދެން ކޮމިޓީ ތައް ގިނަ ކުރެވޭތޯ ބަލާ! ? ޑެޕިއުޓީ މިނިސްޓަރުން ފަދައިން
އޮނަރަބްލް އަފީފު ދީދީ
29 May 2024
ސަރުކާރާއި ރައްޔިތުން އެމީހުންގެކަންކަން "އަދުލުވެރިކަމާއިއެކު ހިންގުމަށް ހަދާންޖެހޭ ޤާނޫނުތައްހެދުމަށް" ރައްޔިތުންގެމަޖިލީހަށް އިންތިޙާބުކުރާ މަޖިލިސް މެންބަރުންވެސް ބޭނުމެއްނުވޭ ދައުލަތުގެ ސޯޝަލް ހައުސިންގ ސްކީމް ތަކުގެމައްޗަށް އެމީހުނަށް ބާރުނުފޯރާގޮތަކަށް މިކަން އިންތިޒާމްކޮށް "ފުލެޓުން ވައްކަންކުރުން ހުއްޓުވުމަށްޓަކާ" ހަދާންޖެހޭ ޤާނޫނުހަދާ އެކަންކަން ތަންފީޒުކުރާކަށް. މިއީ ރައްޔިތުންގެތެރެއިންބަޔަކާއި ސަރުކާރުހިންގާންތިބޭމީހުންވެސް އެދޭގޮތް.
އޮނަރަބްލް އަފީފު ދީދީ
29 May 2024
ހައުސިންގ ސްކީމް ފުލެޓް ދޫކުރާގަޮތް ބަލަން، ކ.މާލެ ސަރަޙައްދުގެ ގޯތި ދޫކުރާގޮތް ބަލަން، SME Loan ދޭގޮތް ބަލަން، ސަރުކާރުގެ ވަޒީފާތަކާއި ދައުލަތުގެ ކުންފުނިތަކުން ވަޒީފާދޭގޮތް ބަލަން، އާސަންދަ ދޫކުރާގޮތް ބަލަން، ސުކޫލް ތަކަށް ކުދިން ވައްދާގޮތާއި ނަތީޖާ ރިޕޯޓް ހަދާގޮތް ބަލަން މިހުރިހާ ކަންކަން މަޖިލީހުން ބަލާން އޮތް ވެރިކަމުގެ ނިޒާމެއް ދުނިޔޭގައި އޮވޭ. އެއީ Parliamentary system ޢިގޭތޯ. ސުޕަރމެޖޯރިޓީ ބޭނުންކޮށް ނިޒާމް ބަދަލުކުރީމާ ތިކަންހަމަޖެހުނީ.
އޮނަރަބްލް އަފީފު ދީދީ
29 May 2024
މަތީގައި މިދެންނެވި ދެ ގޮތުންކުރެ ގޮތެއް ކަމުނުދާނަމަ ގޯތި ގެދޮރާއި ބިމާއިބެހޭ ޤާނޫނު އިސްލާޙްކޮށް ފުރަތަމަ ބިމާއި ފުލެޓް ޓެކްސް ފުރީކޮށް އޭނާ ހޯދާ 2 ވަނަ ބިމާއި ފުލެޓުން %50 ޓެކްސް އަދި އިތުރަށް ހޯދާ ކޮންމެ ފުލެޓަކާއި ބިމުން ދައުލަތަށް %100 ޓެކްސް ނަގާން ކަޑައަޅާ "ސޯޝަލް ހައުސިންގ ސްކީމް ތަކަށް ދޮގު މައުލޫމާތުދިނުމާއި އެފަދަކަމަކަށް އެހީވެރިވުމަކީ ޖިނާޢީ ކުށެއް" ކަމަށް ނިންމުމުގެ އިތުރުން ޕްރޮޕަޓީ ޤާނޫނެއް ވުޖޫދުކޮށް ތިކަމަށް ދާއިމީހައްލު ހޯދާ.