ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވާހަކަދައްކަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ
29 އޮކްޓޯބަރ 2025 - 11:25
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މާލޭގެ ރައްޔިތުންނަށް ދޫކުރި ގޯތިތައް އަނބުރާ ދައުލަތަަށް ނަގަން ޖެހޭ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު އިއްޔެ ދެއްކެވި ވާހަކައާ އެކު އުފެދުނު ނުތަނަވަސްކަމާ ގުޅިގެން އެ ވާހަކައިގެ ރާގު ބަދަލުކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފަލާހު ވިދާޅުވީ އިއްޔެ ފާޅުކުރެއްވީ އޭނާގެ އަމިއްލަ ހިޔާލެއް ކަމަށާއި އެކަމަކު، އެ ވާހަކައާ މެދު މާލޭގެ ބައެއް ރައްޔިތުންގެ ހިތްތަކުގައި ވަރަށް ބޮޑު އުދާސްތަކެއް އެބަހުރި ކަމަށެވެ. ނަމަވެސް އިއްޔެ ދެއްކެވި ވާހަކަ އަނބުރާ ނުގެންދަވައި ފަލާހު ވިދާޅުވީ އެއީ އަމިއްލަ ހިޔާލެއް ކަަމަށެވެ.
"އެހެން ނަމަވެސް މާލޭގެ ގޯތި ލިބިފައި ތިބި ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ، މިއަދު މި ދަންނަވާލަނީ [ރައްޔިތުންގެ މަޖިލިހުގެ] މެޖޯރިޓީ ލީޑަރުގެ ހައިސިއްޔަތުން، އެ ބޭފުޅުންނަށް ލިބިފައި ހުރި ގޯތި، އެ ލިބިފައި އޮތް ގޮތަށް، މި ސަރުކާރުން އެ ބޭފުޅުްންނާ ހަވާލުކޮށްދެއްވާނެ،" ވެރިކަން ކުރާ ޕާޓީ ޕީއެންސީގެ ލީޑަރުކަން ވެސް ކުރައްވާ ފަލާހު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ފަލާހު ވިދާޅުވީ، މާލެ ސަރަހައްދުން ހިލޭ ގޯތި ދިން ނިންމުމަކީ ވަރަށް ބޮޑު ބޭ އިންސާފެއް ކަމަށާއި އެ ގޯތިތައް ދައުލަަތަށް އަނބުރާ ނަގަން ޖެހޭ ކަމަށެވެ.
"މިއީ އަޅުގަނޑު އެއްގޮތަަކަށް ވެސް މިތާ މެޖޯރިޓީ ލީޑަރުގެ ހައިސިއްޔަތުން ދަންނަވާ ވާހަކައެއް ނޫން. ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން މިއަދު އަޅުގަނޑުގެ ޝުއޫރެއް މި ހާމަކޮށްލަނީ. އަޅުގަނޑުގެ ހިޔާލަކީ އަދިވެސް، ހިލޭ ދީފައި އެހެރަ ބިންތައް، އެތާ ވަށާ ފާރެއް ރާނާފައި ހުރިއްޔާ ވަށާފާރުގެ ބަދަލު ދީފައި. ގޯއްޗެއް ރާނާފައި ހުރިއްޔާ ގޯއްޗެއްގެ ބަދަލުދީފައި ހުރިހާ އެއްޗެއް ދައުލަތަށް ނެގުން،" ފަލާހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދިވެހި ރައްޔިތުންގެ ތެރެއިން 99 ޕަސެންޓް މީހުން އެކަމަށް ތާއީދު ކުރައްވާނެ ކަމަށާ އެއީ އެހާ ވެސް ބޭއިންސާފުން ކޮށްފައި އޮތް ކަމެއް ކަމަށެވެ.
"އެއީ އެކަކަށް ފްލެޓް މި ދެނީ ފައިސާ ދައްކާ ގޮތަށް. ބޮޑުސިންގާ 1،200 އަކަފޫޓުގެ ބިމެއް މި ދެނީ ހިލޭ. މިއީ ކޮން ކަހަކަ އިންސާފެއް މިއީ؟" އޭނާ ވިދާޅުވި އެވެ.
ބިޑް އުސޫލުން ވިއްކާ ނަމަ އެއިން ކޮންމެ ގޯއްޗަކަށް 12 މިލިޔަން ރުފިޔާ ޖެހޭނެ ކަމަށާއި ފްލެޓް ލިބޭ މީހުން ޖެހެނީ 25 އަހަރު ދުވަހުގެ ތެރޭގައި ހަތަރު މިލިޔަން ރުފިޔާ ދައްކަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ކޮށްފައި ހުރި ނަމަ ހުރި މަސައްކަތަކަށް އަގުދީފައި ގޯތިތައް ދައުލަތަށް ނަގަން ތަކުރާރުކޮށް ސަރުކާރަަށް ގޮވާލައްވަމުން ފަލާހު ވިދާޅުވީ އޭރުން ދައުލަތަށް 10 ވަރަކަށް ބިލިޔަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު އަދިވެސް ސަރުކާރުގައި ހަމަ އެދެމޭ އެ ގޯތިތަކުގެ، ކޮށްފައި ހުރި މަސައްކަތެއް ހުރިއްޔާ އޭގެ ބަދަލު ދީފައި އެ ހުރިހާ ގޯއްޗެއް އަނބުރާ ދައުލަތަށް ނަގަން. އޭރަަށް ދައުލަތަށް ވެސް ދިވެހި ރައްޔިތުންނަށް ވެސް ގާތްގަނޑަކަށް 10 ވަރަކަށް ބިލިޔަން ރުފިޔާ އެ ސަލާމަތް ކުރެވެނީ،" ފަލާހު ވިދާޅުވި އެވެ.
މާލެ ސަރަހައްދުން ހިލޭ ގޯތި ދޭން ކުރީގެ ސަރުކާރުން ހުޅުވާލުމާ އެކު އޭރު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ ބައެއް މެންބަރުން ވެސް އެކަމާ ނުރުހުން ފާޅުކުރެއްވި އެވެ. އޭރު އަދި އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ފޮނަދޫ ދާއިރާގެ އޭރުގެ މެންބަރު މޫސާ ސިރާޖު އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދެއުޅި
30 October 2025
ވާނުވާއެއް ނޭންގި ވާހަކަ ދައްކާތީ އަބަދު ހޫނުފެނަށް ވެއްޓެނީ....!! ކިހާވަރެއްގެ ވާހަކައެއްކަން ރެއަކާލަނީ ވާނެ ހައެތި ވީމާ.
ވަންއޮފްއަސް
30 October 2025
ފަލާހު ކަލޭ ތީ ދެން ކާކުތަ..؟ ކަލެއަކަށް ނޫން އެނގޭނީ މާލެމީހުންނަށް ގޯތި ދޭންވީތޯ ނޫންތޯ! ގަވައިދު ހަދަންވީ ކަލޭކަހަލަ މީހުންނަށް މާލެ ސަރަހައްދުން ފައިސާދީފަވެސް ގޯތި ނުގަނެވޭގޮތަށް!
މާމަ ފައިއުރަ
30 October 2025
ޤާނޫނީ ވެރިކަމަކުން ދީފަ ހުރި ގޯތިތައް އަތުލާކަށް ނުޖެހޭނެއެވެ. ކުރަން ޖެހޭ ކަމަކީ ޤާނޫނުތަކާ ޤަވަޢިދުތަކާ ޚިިލާފަށް ގޮތިތައްދީ ޙަވާލުކުރަން ފަރާތްތައް ޝަރީޢަތަށް ހުށަހަޅާ ގޮތް ނިންމުމެވެ. ބަލަންވީ ކަންކަން ބަލަންވީއެވެ. މަޖިލިސްގެ ބަހެއް ނެތި ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުން ބައެއް ދޫކޮށްލި ސިތީ ދިން މީހާގެ މައްސަލަ ބަލާ ޝަރީޢަތުން ގޮތް ނިންމަން ވީއެވެ.
ިހދ ވީކޭ
30 October 2025
އަހަރެން ގެ މެންބަރު (ފިއްޓޭ) ކާރި ބުނެލަން ރައީސްއަށް ދެއްނެވުމަށް މައިކް އޮންކޮށް ދެއްވުމުގެ ކުރިން ހައިސިއްޔަތު އޮޅުންފިލުވުމަށް . ވ. ސަލާމް
ކެކެ
30 October 2025
ތިތާ ތިގޮޑީގަ އިދެގެން ކިތައްހައިސިއްޔަތުން ވާހަކަދެއްކިދާނެތޯ.
މަޖްލިސް އުވާލަންވީ އަވަހަށް
30 October 2025
ކަލޭގެ ފެންވަރު ތި ފެންނަނީ. ސިޔާސީ މީހުން 20، 25 މިލިއަން ދީފަ ބިން ގަނެލައިގެން ތިބެ ނިކަމެތިންނަށް އެނޫންގޮތަކަށް ގޯއްޗާ ފްލެޓް ލިބުަށް ހުރަސް އަޅަނީ ވަރަށް ނޭއްގާނީ ވީމަ. އާމްދަނީއާ ނުބައްދަލު ހޭދައެއްކޮށްގެން މާލެ ސަރަހައްދުން ބިމެއްގަނެފަ ހުރި އަތޮޅަކަށް ނިޞްބަތްވާ މީހާ ދައްކާ ވާހަކަތީ. ހިލޭ ނުވަތަ އަގުހެޔޮ ސްކީމެއްގެ ދަށުން ނޫނީ އާއްމު މީހާ އަށް ގެދޮރު ނުލިބޭނެ. ތި ބުނަނީ ތިބޭފުޅާގޮތަށް އެންެންނަށްވެސް ތިހެން ބިން ގަނެލެވޭނެއޭތަ؟
އަސޭލާ
30 October 2025
ގާނޫނު އަސާސީގެ ވަކިމާއްދާއެއް އިސްލާހުކުރަން ހުށައަޅަނީ އެހުށައަޅާ މެންބަރެއްގެ އަމިއްލަ ޚިޔާލަށް ފަލާހުއަށްވެސް އަމިއްލަހިޔާލަށް vaahaka ދެއްކޭނެ
ތަކުރު...
29 October 2025
ގަބޫލެއް ނުކުރެވޭ ފަލާހު މަޖިލީހުގެ މަގާމުގަ ހުރެގެން އަމިއްލައަށް މިކަހަލަ ވާހަކައެއް ދައްކާނެކަމަކަށް. މީ ހަމަ ރޭވިގެން ދެއްކި ވާހަކައަކާ ވައްތަރީ. އައްޑޫ ވޯޓުގެ ނަތީޖާއިން އައި ހޫނު ހިންދާލަން ކަމަށްވެސް ވެދާނެ. އެއްށްވުރެއްވެސް ބޮޑަށް ވައްތަރީ ސަރުކާރުން ރާވަމުންދާ ޕޮލިސީއަކަށް މަގުފަހިކުރުމުގެ ގޮތުން ދެއްކި ވާހަކައަކަށް. މާލެއަށް ނިސްބަތްވާ ގިނަ މެމްބަރުން މިއަށް ރައްދުނުދިނުމުންވެސް ކޮންމެވެސް ރޭވުންތެރިކަމެއް އުޅޭކަން ހާމަވޭ.
ރަދުން999
29 October 2025
ހިލޭ ބެހި ބިންތައް ދައުލަތަށް ނެގޭނެ އިމާރާތެއް ކުރިޔާ ބަދަލުދީފަ ނެގޭނެ. އެއީ ގާނޫނީ ހަމައަކީ. ހަމަހަމަ ކުރޭ އެންމެން. އެއްބަޔަކަށް ބިން ވިއްކީ އެތައް މިލިއަނަކަށް. އަނެއް ބަޔަކަށް ބިންދިނީ ހިލޭ، ވެރިކަމަށް އަންނަން ބިން ބަހާކަށް ނުޖެހޭ. މީހުން ތިބި ހާލު ސަރުކާރުން އެސެސް ކޮށްފާ އިންސާފު ވެރި ގޮތަކަށް އެކަށީގެންވާ އަގަކަށް ބިން ވިއްކާ އުސޫލެއް ހަދާފާ. އެއީ ވިޔަފާރި އުސޫލަކަށް ވާކަށް ނުޖެހޭ. އިންސާފުގާއިމްކުރޭ.
ރަދުން999
29 October 2025
ހުލުމާލެއިން ބޮޑު އަގުގައި ބިންގަނެފައިވާ ފަރާތްތަކުން ދިރިއުޅުމަށް ހިލޭ ދީފާވާ ބިމެއްގެ ސައިޒަށްވާ ވަރު އަކަފޫޓަކަށް ފައިސާ ދީފައި ގަނެފައިވާ ނިސްބަތުގައި ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރެވިދަނެ ކަމަށް ފެނޭ. މިއީ ނިޒާމުގެ ތެރެއިން ޓެސްޓްކޮށްލަން ރަނގަޅު ކަމެއް.