29 މެއި 2024 - 13:06
ޕެރިސް (މެއި 29) - އިޓާލިއަން ލީގަށް ބަދަލުވާނަމަ ކުޅޭނީ، އޭސީ މިލާނަށް ކަމަށް ފްރާންސްގެ ކެޕްޓަން ކިލިޔަން އެމްބޭޕާ ބުނެފި އެވެ.
ޕީއެސްޖީ ދޫކޮށްލާނެކަން އިއުލާންކޮށްފައިވާ އެމްބާޕޭ އަދި އާ ކްލަބަކަށް ބަދަލެއް ނުވެ އެވެ. ބެލެވޭ ގޮތުގައި އޭނާ ދާނީ ރެއާލް މެޑްރިޑަށެވެ.
ސްކައި އިޓާލިއާ އަށް ދިން އިންޓަވިއުގައި އެމްބާޕޭ ބުނީ އޭނާ ކުޑައިރު ސަޕޯޓް ކުރި ކްލަބަކީ އޭސީ މިލާން ކަމަށެވެ. އޭނާގެ އާއިލާއިން ވެސް ސަޕޯޓް ކުރަނީ މިލާނަށް ކަމަށް ފްރާންސްގެ ފޯވާޑް ބުންޏެވެ.
"މިހާރު ވެސް މިލާންގެ މެޗުތައް ގަވާއިދުން އަހަރެން ވާނުވާ ބަލަން،" އެމްބާޕޭ ބުންޏެވެ.
އިޓާލިއަށް ލީގަށް ބަދަލުވެދާނަންތޯ ސުވާލު ކުރުމުން އެމްބާޕޭ ބުނީ ހަމަ ކޮންމެ ގޮތެއް ވެސް ވެދާނެ ކަމަށެވެ.
ކިހިނެއް އެނގޭނީ ވާނެ ގޮތެއް. ހަމަ ކޮންމެ ގޮތެއް ވެސް ވެދާނެ. އެކަމަކު އަހަރެން އަބަދުވެސް ބުނަން: ކޮންމެވެސް ދުވަހަކުން އިޓާލިއަން ލީގަށް ބަދަލުވަންޏާ އަހަރެން ދާނީ ދާނީ މިލާނަށޭ،" އެމްބާޕޭ ބުންޏެވެ.
މިއި، މިލާނަށް މި މެސްޖް އެމްބާޕޭ ދިން ފުރަތަމަ ފަހަރެއް ވެސް ނޫނެވެ. މީގެ ކުރިން ވެސް އޭނާ ވަނީ މިފަދަ މޭރުމަކުން ވާހަކަ ދައްކައިފަ އެވެ. އޭނާ ބުނީ މިލާންއާ އޭނާ އާ ގުޅިފައިވަނީ ވަރަށް ބޮޑަށް ކަމަށެވެ.
މިލާންގެ ޖޯޒީއެއް ލައިގެން ކުޑައިރު ޓީވީ އަކަށް ދިން އިންޓަވިއުއެއް އޭނާ ވަނީ ނޫސްވެރިންނާ ހިއްސާކޮށްފަ އެވެ.
އިޓަލީގެ ޖަޒީރާ ރަށް ސާޑިނިއާގައި ބޭއްވި ޔޫރަޕް ގްލޯބް ސޮކާ އެވޯޑްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް، އެމްބާޕޭ ރޭ ވަނީ ހޯދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަކަދީނިއޫ
29 May 2024
މިލާން އަކީ ދިވެހިންނައް ނޭނގުނަސް އެންމެ ސަޅި ކުލަބް
ޜިޒޭ
29 May 2024
މަވެސް