އެއާޕޯޓްގައި ދެ މީހަކަށް ހަމަލާދިން ބިދޭސީ މީހާ: އޭނާ 10،000ރ. އިން ޖޫރިމަނާކުރަން ވަނީ ހުކުމް ކޮށްފައި
30 މެއި 2024 - 14:58
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއއޭ) ގައި ދެ މުވައްޒަފަކަށް ހަމަލާދިން މައްސަލާގައި ހައްޔަރުކުރި ބިދޭސީ މީހާ 10،000ރ. އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އެމެރިކާގެ ރައްޔިތެއް ކަމަށްވާ ހަޑަޑް ވިސާމް މިމަހުގެ ހަތް ވަނަ ދުވަހު ހައްޔަރުކުރީ އެއާޕޯޓުގައި ފުރަން ގޮސް އުޅުމުގެ ތެރޭގައި އެއާޕޯޓްގެ ދެ މުވައްޒަފަކަށް ހަމަލާދިން މައްސަލާގަ އެވެ. އެ މައްސަލާގައި އޭނާ ހައްޔަރު ކުރިޔަސް، އޭނާ ފުރުން މަނާކުރުމަށް ފަހު ހުރީ ބަންދުން ދޫކޮށްލައިފަ އެވެ.
ހަޑަޑްގެ މައްޗަށް ދައުލަތުން ކުރީ އަނިޔާއެއް ދިނުމުގެ ދައުވާ އާއި ގައިގައި އަތްލުމުގެ ދައުވާ އެވެ. އެ ދެ ދައުވާއަށް ވެސް އޭނާ ކްރިމިނަލް ކޯޓުގައި މިއަދު އެއްބަސްވީ ދައުލަތާ އެކު ހެދި އިއުތިރާފް އެއްބަސްވުމެއްގެ ދަށުންނެވެ.
އެ އެއްބަސްވުމުގެ ދަށުން، ގައިގައި އަތްލުމުގެ ދައުވާގައި އޭނާ 3،600ރ. އިން ޖޫރިމަނާ ކުރުމަށް އަދި އަނިޔާއެއް ދިނުމުގެ ދައުވާގައި 7،200ރ. އާ އެކު ޖުމްލަ 10،800ރ. ގެ ޖޫރިމަނާގެ އަދަބަކަށް ދައުލަތުން ވަނީ އެއްބަސްވެފަ އެވެ.
އެ އެއްބަސްވުމާ އެއްގޮތަށް އޭނާ ކޯޓުގައި ކުށަށް އެއްބަސްވެފައިވާތީ އެއްބަސްވުމާ އެއްގޮތަށް އޭނާ 10،800ރ. އިން ޖޫރިމަނާކޮށް، އެ ފައިސާ މިއަދުން ފެށިގެން އެއް މަސް ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން ގާޒީ އިބްރާހިމް ޒިހުނީ ކުރެއްވި ހުކުމުގައި އަންގާފައިވެ އެވެ.
ގާނޫނުލްއުގޫބާތު އޮންނަ ގޮތުން ޖަލަށްލުމުގެ ބަދަލުގައި ޖޫރިމަނާގެ އަދަބެއް ދިނުމުގެ ބާރު އޮވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަރީ
31 May 2024
އެޔާޕޯޓެއްގަ މާރާމާރީ ހިންގުމަކީ ޓެރެރިޒަމްގެ އަމަލެއްކަމަށް މަ ހީކުރީ. ދިވެއްސެއް ނޫންވީމަ ދޯ! މެރިކާ ވީމަ އޮންނަނީ މިތާގަވެސް ތަފާތު ގާނޫނެތްތާ!
ރޯޒަސް
31 May 2024
އޭނާ ފުރުން މަނާކޮށްފައި މިގައުމުގައި އަމިއްލަ ޚަރަދުގައި ހުންނަން ޖެހުމަކީ ހަަމަ ރަނގަޅު އަދަބެއް.
raajje
31 May 2024
އަނިޔާލިބުނުމީހުންނަށް މިކަމުން ލިބުނީކޮން އިންސާފެއްތޯ؟ އެމެރިކާގެރައްޔިތެއްކަމަށް މިއޮތީ، -/10000ރ އަކީ އެންމެ 640 ޑޮލަރު، އިންޓަރނޭޝަނަލްއެއަރ ޕޯޓެއްގައި މާރާމާރީހިންގީމާ މީތޯ ލިބެންޖެހޭ އަދަބަކީ؟ މީއަދަބެއްތޯ؟ ތިވެސްމާފުކޮށްދީދެން! މި މާރާމާރީ ހިންގީ ދިވެއްސެއްނަމަ މިމައްސަލަ ނިމޭނީ މިހެނެއްނޫން، މައްސަލަނިމެންދެން ބަންދުކޮށްފަ ބަހައްޓާނީވެސް، ޝަރުއީދާއިރާގައި ފެންވަރެއްނެތް، ތައުލީމީމީހުން ޝަރުއީދާއިރާއަށް ބޭނުންވޭ! ކަމަކުނުދޭ
ޝަމީމްބެ
31 May 2024
ކުށްވެރިޔާގެ މައްޗަށް ކުށްސާބިތުވެފައިވާތީ، އަނިޔާ ލިބުނު މީހާއަށް މަދަނީ ބަދަލު ހޯދަން ދަޢުވާ ކުރެވޭނެ
raajje
31 May 2024
ޝަމީމްބެ: އަނިޔާލިބުނުފަރާތަށް ދަޢުވާކުރުމުގެ ފުރުސަތުދޭނެކަމަކަށް ނުބެލެވޭ، އޭގެކުރިން އެމެރިކާގެ ތިޔަސޮރު ފުރުވާލާނެ، ދެމުއައްޒަފެއްގެ ގަޔަށް އަތްލާ މާރާމާރީ ހިންގީމާ އެންމެ 640 ޑޮލަރުގެ ޖޫރިމަނާއެއް، ބަންދެއްވެސްނުކުރޭ ދޫކޮށްލާފަހުރީ، މާރާމާރީ ހިންގީ ކޮންކަމަކާގުޅިގެންތޯ ބަލާއިރު މިސޮރުގެ ލަގެޖުބަރުވެެން ބަރުދަނަށްވާ ފައިސާދޭން ދެކޮޅުހަދާ މާރާމާރީހިންގީ، މިކަހަލަމީހުން އުލުބައިންދަންޖެހޭ ހާއްސަކޮށް ދިވެހިންނޫންމީހުން މީއަޅުގަނޑުގެ ހިޔާލު!
ކަޅަބިޔާގެ އަހައްމަދާ ފޭދޫ
31 May 2024
ހަގީގަތުގަ އެއަރޕޯޓް ސެކިޔުރިޓީ މުވައްޒަފުން އެދުވަހު މައްސަލައިގަ އެކްސެސިފް ފޯސް ބޭނުން ނުކޮއް ވިކްޓިމް ކެޓަގަރީޔައް ވަދެވުނީތީ އުފާކުރަން. އެއީ މިފަދަ ޓްއަރިސްޓް ގައުމެއްގަ އެކަން ދާންވެސް ޖެހޭނެ އުސޫލު. އެކަމަކު ފަރުދާގެ ފުރަގަހުން ރަނގަޅު ޑޯޒްއެއް ދެވެންވާނެ އަދި ވޯސްޓް ސެނާރިޔޯ އައްވެސް ރެޑީވެފަ އޮންނަންވާނެ.
ލަދުކަން
31 May 2024
ޑީޕޯޓުވެސް ކޮށްލަން ނުކެރުނުތަ؟ ފިނޑިކަން
ހާމަ333
31 May 2024
ކޯޗެއް އެމީހުނަށް އޮންނާނީ...1000 ޑޮލަރު ހަމަނުވާ ޖޫރިމަނާއެއް.. ޖިނާއީ ކުށެެކޯ ކުރީ...މީގެ ކުރިން އަޑުނާހަން ރާއްޖޭގަ ޖިނާއިކުށަށް ލާރީން ފުއްދާލެވޭ ކަމެެއް...
ހާމަ333
31 May 2024
ތީ ކޯޗެއް? ދެން ހަމަ މީހަކު ގައިގަ ހިތުހުރި ވަރަކަށް ވީއްލާލާފަވެސް ގޮސް 10000ރ ދެއްކީމަ ނިމުނީތަ...ދިވެއްސެއް ނަމަވެސް ތިކަން އޮންނަނީ ތިހެންތަ? ހަމަ ހުވާ ދިވެއްސަކު އެމެރިކާ އެއަރޕޯޓުގަ ތިޔަކަމެއް ކުރިނަމަ ނިމުނީ ޒަމާން ދިޔައީ...ވަގުތުން އެވީ ޓެރަރިސްޓަކަށް...އޭނަ ހޯދަން އުޅޭނެކަމެއްނެތް ދެން ބަޔަކު...ކިއުބާގެ ޖަލުގަ ކަނުބަދެފަ އޮންނާނީ އަތާފައި ފައި އައްސާފަ ކުޑަކަކޫ ޖައްސުވާފަ އުމުރަށް.
އުދުހޭ
01 June 2024
އަދި އެއީ 2 މީހުންގައިގަ ޖެހީމަ. 90% ޑިސްކައުންޓްގަބާ؟ ހުސްކުރާސޭލްބާ؟
ސަނީސައިޑްބޮންޑް
30 May 2024
ތީބަލާބެލުމަށް އެމެރިކާޕާސްޕޯޓް ލިބިފަހުއްޓަސް ސީދާ ޕާކިސްތާނުހިސާބުގަނޑު މީހެއްހެންހީވަނީ. ޢެހެންވެ އަދިވެސްއެއުޅެނީ ލަގެޖްބަރުވެ ފަޢިސާދައްކަންޖެހުނީމާ ހިސާބުގަނޑުގަތިބޭއެންމެންގެ ގަޔަށް އަތްފޯރުވަން. އެއީ ޢެވެރިންގެ ކަލްޗަރގެ ކަމެއް.
އަންދަލޫސިޔާ
30 May 2024
އެމެރިކާގަ ދިވެއްސަކު މިކަންކުރިނަމަ 25 އަހަރު ޖަލު ޙުކުމަކާއެކު ހައެއްކަ ލައްކަ ޑޮލަރުގެ ޖޫރިމަނާއެއް އަންނާނެ! ނުވިތާކަށް ނޯ ފްލައި ލިސްޓަށްލާ ދުވަހަކު އެއްވެސް ޤައުމަކަށް ނޭރޭ ވަރު ކުރާނެ!
ކީމިޔާ
31 May 2024
މީ ބިރުކުޑައަލީ ކަހަލަ ގަޓު ސަރުކާރުތަކެއް އޮންނަގައުމެއް
އެންޑެލްސަން
31 May 2024
އެއިއްޔޭ ދިވެހި ރާއްޖޭގެ ތަފާތުކަމަކީ!
މިނާ
30 May 2024
މީ ޓެރަރިޒަ މްގެ އަމަލެއް. އެމެރިކާ މީހެއްވީމަ ނުވަތަ ޔޫރަޕް ރަޝިޔާ ނުވަތަ ޓުއަރިސްޓެއްވީމަ ޓެރަރިސްޓަކަށް ނުވީ މީ ދިވެއްސެއްނަމަ ޓެރަރިޒްގެ ޤާނޫނުން ދައުވާ ކުރީސް.