ޚަބަރު / އޭޑީކޭ ހޮސްޕިޓަލް

އޭޑީކޭ ސެސޭޝަން ކްލިނިކް: ދުންފަތުން ދުރުވުމަށް އެހީވަނީ

އޭޑީކޭ ހޮސްޕިޓަލް ކައިރީގައި ދެ މީހަކު މަޑުކޮށްލައިގެން.--- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

31 މެއި 2024 - 15:39

ރާއްޖޭގައި ފެތުރޭ ގައިންގަޔަށް ނާރާ ނުރައްކާތެރި ބަލިތައް ޖެހުމަށް މަގުފަހިވާ އެންމެ ބޮޑު އެއް ސަބަބަކީ ދުންފަތުގެ އިސްތިއުމާލު ކުރުމެވެ. ދުންފަތުން ކެންސަރާއި، ހިތުގެ ބަލިތަކާއި ފުއްޕާމޭގެ ނުރައްކާތެރި ބަލިތައް ޖެހެ އެވެ. ދުންފަތުގައި އެކުލެވޭ އެޑިކްޓިވް ކެމިކަލް "ނިކޮޓިން"، އާ ހެދި އެކަމުން ދުރުވާން ބޭނުންވެފައި ތިބޭ މީހުންނަށް ވެސް އެކަން ހުއްޓާލަން ބައެއް ފަހަރު ވަރަށް އުނދަގޫވެ އެވެ. އެކަމަށް އޭޑީކޭއިން ވަނީ ހައްލެއް ހޯދައިދީފަ އެވެ.

ދުންފަތުން ދުރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި 2017 ވަނަ އަހަރުން ފެށިގެން އޭޑީކޭ ހޮސްޕިޓަލުން އަންނަނީ އެކަމަށް ހާއްސަ "ޓޮބޭކޯ ސެސޭޝަން ކްލިނިކް" ގެ ހިދުމަތް ދެމުންނެވެ. އެ ފަދަ ކްލިނެއް ހުޅުވައި، ހިދުމަތް ދިނުމުގެ އެންމެ ބޮޑު ބޭނުމަކީ، ދުންފަތުގެ ވަބާއިން ސަލާމަތްވާން ބޭނުންވާ ފަރާތްތަކަށް ނަފްސާނީ ގޮތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، އެކަމުން ދުރުވާނެ ގޮތްތައް ކިޔައިދިނުމެވެ.

އެ ހޮސްޕިޓަލުގެ ސެސޭޝަން ކްލިނުގެ ހިދުމަތް ކޮންމެ ދުވަހަކު ވެސް ލިބޭނެ އެވެ.

ދުންފަތުގެ އިސްތިއުމާ ކުރުން ހުއްޓައިލަން އެކަކު އަނެކަކަށް ހިތްވަރު ދޭން ޖެހޭ.

އޭޑީކޭގެ ނާސް އެޑިއުކޭޓާ އައިމިނަތު ރިޝްފާ ވިދާޅުވީ، ވޭތުވެދިޔަ ހަތް އަހަރު ތެރޭ އެ ކްލިނިކުން 50 އަށް ވުރެ ގިނަ މީހުން ހިދުމަތް ހޯދާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، އެ ކްލިނިކު ހުރި ކަމުގައިވިޔަސް، އެ ހިދުމަތް ހޯދަނީ މަދު ބައެއް ކަން ފާހަގަކުރެވޭ ކަމަށެވެ.

"ވެދާނެ މި ހިދުމަތް ދޭކަން ނޭނގެނީ ކަމަށް ވެސް. ނޫނީ ވެދާނެ މީހުން މިފަދަ ކަމެއްގައި އެހީތެރިކަން ހޯދަން ޖެހިލުން ވަނީ ކަމަށް ވެސް. ވަރަށް ގިނަ ފަހަރު މިފަދަ ހިދުމަތް ހޯދަން އަންނަނީ އައިލާ މީހުންނަށް ސިއްރުން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އަންނަ ޕޭޝަންޓުންގެ ސިއްރު ހިފަހައްޓައިދީ، އެ ހާލަތުގައި ކަންކަން ކުރާނެ ގޮތްތައް ކިޔާދިނުމަށް، އެ ކަމަށް ހާއްސަ ތަމްރީނު ލިބިފައިވާ ނަރުހުން ސެސޭޝަން ކައުންސިލަރުންގެ ގޮތުގައި މަސައްކަތް ކުރާނެ ކަމަށެވެ.

އޭޑީކޭގެ ސެސޭޝަން ކްލިނިކްގެ ކުއިޓް ލައިނަކީ 7967848 އެވެ. އެ ނަންބަރަށް ގުޅައިގެން ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުވަން ބޭނުންވާ ކައުންސިލިންނާއި މެޑިކޭޝަންތައް ކިޔައިދޭނެ އެވެ. ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ހަވީރު 4:00 ހަމައަށް އެ ނަންބަރަށް ގުޅައިގެން ހިދުމަތް ހޯދޭނެ އެވެ. ބަންދު ދުވަސްތަކުގައި ހިދުމަތް ހޯދުމަށް އޭޑީކޭ ހޮސްޕިޓަލަށް ގުޅައިގެން މައުލޫމާތު އޮޅުން ފިލުވޭނެ އެވެ.

އިންޒާރުގެ ފޮޓޯ ހިމެނޭ ސިނގިރޭޓް ފޮއްޓެއް:

ރިޝްފާ ވިދާޅުވީ، އެ ހިދުމަތް ހޯދަން ގުޅާ ހުރިހާ ފަރާތްތަކަށް ވެސް ހިދުމަތްތައް ލިބޭނެ ކަމަށެވެ. އާންމުކޮށް އެ ހިދުމަތް ހޯދަން ގުޅަނީ، 20 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންނެވެ.

"ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާ މީހުންގެ ތެރޭގައި ފާހަގަކުރެވެނީ ގިނަ ފަހަރަށް އާއިލާ އާއި ރައްޓެހިންނަށް ނޭނގި އެކަން ކުރާ މީހުން. އަދި ސިއްހީ ގޮތުން ބޮޑު ބައްޔެއް ނުވަތަ އެފަދަ ހާލަތެއް ދިމާވާ ހިސާބުން ދުންފަތުން ދުރުވާން ބޭނުންވާ މީހުން،" އޭނާ ވިދާޅުވި އެވެ.

މިއަދަކީ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހަށްވާ އިރު މިއަދު ވެސް އެކަމުން ދުރުވަން ބޭނުންވާ ފަރާތްތަކަށް އޭޑީކޭ ހޮސްޕިޓަލަށް ގުޅައިގެން ހިދުމަތްތައް ހޯދޭނެ އެވެ.

އެޑިޓާސް ނޯޓު: މިއީ އޭޑީކޭ ހޮސްޕިޓަލުގެ ޕްރޮމޯޝަނަލް އާޓިކަލެކެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454