ދުނިޔެ / ފަލަސްތީން

"ހަނގުރާމަ ނިންމާ ވަގުތު ޖެހިއްޖެ،" ޣައްޒާގެ ސުލްހައިގެ އާ ޕްލޭނެއް ބައިޑަން ހުށަހަޅުއްވައިފި

ފަލަސްތީނުގެ ޣައްޒާގައި ސުންނާފަތިވެފައިވާ އިމާރާތެއް: އެމެރިކާ މެދުވެރިވެގެން އިޒްރޭލުން ހުށަހަޅާފައިވާ ސުލްހައިގެ އާ ޕްލޭނުގައި ޣައްޒާ އަލުން ބިނާކުރަން ވަނީ ހިމަނާފައި. --ފޮޓޯ: އޭއެފްޕީ

01 ޖޫން 2024 - 11:38

5 comments

ފަލަސްތީނުގެ ޣައްޒާގައި ދާއިމީ ސުލްހަ ގާއިމުކުރުމަށް އިޒްރޭލުން ކުއްލި ގޮތަކަށް ހުށަހަޅާފައިވާ ޕްލޭން ގަބޫލުކޮށް، ހަނގުރާމަ ނިންމުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ހަމާސް އަށް ގޮވާލައްވައިފި އެވެ.

އިޒްރޭލުގެ ފަރާތުން ހުށަހެޅި އާ ޕްލޭންގެ ތަފުސީލް ދެއްވަމުން ބައިޑަން ވިދާޅުވި ގޮތުގައި އަލަށް ހުށަހަޅާފައިވާ ޕްލޭން ވަނީ ތިން ފިޔަވަސަކަށް ބަހާލައިފަ އެވެ.

ޕްލޭންގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ހަ ހަފުތާ އަށް ހަމަލާތައް ބަދަލުކުރުން ހުއްޓާލުމާ އެކު، ޣައްޒާގައި މީހުން ދިރިއުޅޭ ސަރަހައްދުތަކުން އިޒްރޭލު ސިފައިން ފައިބާނެ އެވެ. ރަހީނުން މިނިވަން ކުރުމާއި ގައިދީން ބަދަލުކުރުން ވެސް އެ ފިޔަވަހީގައި ވަނީ ހިމަނައިފަ އެވެ.

ހަމަލާތައް ހުއްޓާލާފައި އޮންނަ މުއްދަތުގައި، ޣައްޒާ އަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދުވާލަކު 600 ޓްރަކު ވެއްދުމުގެ ފުރުސަތު ދޭނެ އެވެ.

"ހަނގުރާމަ ނިންމާ ވަގުތު ޖެހިއްޖެ، އަދި އާ ދުވަހަކަށް އަލިވިލެން ޖެހޭ،" ވައިޓް ހައުސްގައި ޓީވީ މެދުވެރިކޮށް ސުލްހައިގެ އާ ޕްލޭން އިއުލާނުކުރައްވަމުން ބައިޑަން ވިދާޅުވި އެވެ.

އަންނަ ނޮވެމްބަރު މަހު އޮންނަ އެމެރިކާގެ ރިޔާސީ އިންތިހާބުގެ ކުރިން ފަލަސްތީނުގައި ސުލްހަ ގާއިމުކުރުމަށް ބައިޑަން އަށް ވެސް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ.

ބައިޑަން ވަނީ މި ޕްލޭން ހަމާސްއިން ބަލައިގަތުމަށް ގޮވާލައްވައިފަ އެވެ. މި ދަނޑިވަޅުގެ ބޭނުން ހިފައި، ސުލްހަ ގާއިމުކުރުމުގެ މި ފުރުސަތު ދޫކޮށްނުލުމަށް އިޒްރޭލުގެ ލީޑަރުންނަށް ވެސް ބައިޑަން ގޮވައިލެއްވި އެވެ.

މި އާ ޕްލޭންގެ ދެ ވަނަ ފިޔަވަހީގައި ހިމެނެނީ ހުރިހާ ރަހީނުންނާއި ދެ ފަރާތުން ވެސް ހައްޔަރުކޮށްފައިވާ އަސްކަރީ މީހުން މިނިވަން ކުރުމެވެ. އެ މުއްދަތުގައި ސުލްހަ ގާއިމުކޮށްފައި ބާއްވައިފި ނަމަ، ދާއިމީކޮށް ހަމަލާތައް ހުއްޓައިލުން ދެ ވަނަ ފިޔަވަހީގައި ހިމެނެ އެވެ.

ތިން ވަނަ ފިޔަވަހީގައި ބައިނަލްއަގުވާމީ ބައިވެރިވުމާ އެކު، ޣައްޒާގައި ގެދޮރާއި ސްކޫލްތަކާއި ހޮސްޕިޓަލުތައް އަލުން ބިނާކުރުން ވަނީ ހިމަނައިފަ އެވެ.

މި ޕްލޭން ބަލައިގަނެ، ފަލަސްތީނުގެ މައުސޫމް ރައްޔިތުންނަށް ކުރިމަތިވެފައިވާ ނިކަމެތި ހާލަތު ނިމުމަކަށް ގެންނަން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ވަނީ ދެ ފަރާތަށް ގޮވާލައްވައިފަ އެވެ.

ފަލަސްތީނުގެ ޣައްޒާގައި ސުންނާފަތިވެފައިވާ އިމާރާތެއް: އެމެރިކާ މެދުވެރިވެގެން އިޒްރޭލުން ހުށަހަޅާފައިވާ ސުލްހައިގެ އާ ޕްލޭނުގައި ޣައްޒާ އަލުން ބިނާކުރަން ވަނީ ހިމަނާފައި. --ފޮޓޯ: އޭއެފްޕީ

އަލަށް ހުށަހަޅާފައިވާ ޕްލޭނު "ޕޮޒިޓިވް" ކަމަށް ހަމާސް އިން ވެސް ވަނީ ބުނެފަ އެވެ. އެކަމަކު އެ ޕްލޭން ގަބޫލުކުރުމާ މެދު ނިންމުމެއް ހަމާސް އިން އަދި ހާމަކޮށްފައެއް ނުވެ އެވެ.

އެކަމަކު، އިޒްރޭލުގެ ފަރާތުން ބައިޑަން ހުށަހަޅައިދެއްވި މި ޕްލޭނުގައި ޣައްޒާގެ ދެކުނުން އޮންނަ ރަފަހް ސިޓީގައި އިޒްރޭލުން މިހާރު ކުރިއަށް ގެންދާ އަސްކަރީ އޮޕަރޭޝަންގެ ސީދާ ވާހަކައެއް ނެތެވެ.

ކުއްލި ގޮތަކަށް އާ ޕްލޭނެއް ހާމަކޮށްފައިމިވަނީ، ހަނގުރާ ނިންމުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހު ބުނަމުންދަނިކޮށެވެ. އެހެންކަމުން، މިއީ އެމެރިކާގެ ޕްރެޝަރު ބޮޑުވެގެން، އިޒްރޭލުން އެއްބަސްވާން މަޖުބޫރުވި ހާލަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދަނީ ލަފާކުރަމުންނެވެ.

ދޮޅު މިލިނަހެއްހާ ފަލަސްތީނު ރައްޔިތުން ހިމާޔަތް ހޯދަމުން އަންނަ ރަފަހް އަށް އިޒްރޭލު ސިފައިން އަރައިގަތުމުން، އިޒްރޭލަށް ދޭ ހަތިޔާރާއި އަސްކަރީ އެހީ ދިނުން ހުއްޓައިލަންޖެހިދާނެ ކަމުގެ އިންޒާރު އެމެރިކާއިން ދެމުން އަންނަތާ އެތައް ދުވަހެއް ވެއްޖެ އެވެ.

ފަލަސްތީނުގެ ޣައްޒާގައި ސުންނާފަތިވެފައިވާ އިމާރާތެއް: އެމެރިކާ މެދުވެރިވެގެން އިޒްރޭލުން ހުށަހަޅާފައިވާ ސުލްހައިގެ އާ ޕްލޭނުގައި ޣައްޒާ އަލުން ބިނާކުރަން ވަނީ ހިމަނާފައި. --ފޮޓޯ: އޭއެފްޕީ

ރަފަހް އަށް ވެސް ހުއްޓުމެއް ނެތި ވައިގެ ހަމަލާތައް ދެމުންދާއިރު، މިދިޔަ ހަފްތާގައި ދިން ވައިގެ ހަމަލާއެއްގައި، އެތައް ސަތޭކަ މީހުން ވަގުތީ ހިޔާވަހިކަން ހޯދައިގެން ތިބި ޓެންޓު ކޭމްޕެއްގެ ރޯވެ، 45 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، 200 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.

އެ ހާދިސާއާ ގުޅިގެން ގިނަ ގައުމުތަކުން ކަންބޮޑުވުންފާޅުކޮށްފައިވާ އިރު، އިޒްރޭލަށް ވާގިވެރިވާ ގިނަ ގައުމުތަކުގެ ފިއްތުންތައް ވެސް އިޒްރޭލަށް ވަނީ ބޮޑުވެފަ އެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ހަމާސް ނައްތާލުމުގެ ނަމުގައި އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 35،700 އަށް ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ވަނީ ޝަހީދުވެފަ އެވެ.

5 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 33%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބައި

02 June 2024

އިސްލާމީ ތާރީޚްގެ އެންމެ ފޮތެއް ވެސް ނަގައިގެން ފަލަސްތީން ފަތަހަ ކުރި ވާހަކަ ކިޔާބަލަ ޢަރަބިން ފަލަސްތީންގެ ރަށްތައް ފަތަހަ ކުރިއިރުގައި ސަހަރުތަކުގެ އާބާދީއަކީ 100% ޔަހޫދީން.

The name is already taken The name is available. Register?

މުޙައްމަދު123

03 June 2024

ޢުމަރުގެފާނުންގެ ދުވަސްވަރު މުސްލިމުން ބައިތުލްމަޤުދިސް ފަތަޙަކުރިއިރު (ރޯމަނުންގެ ކިބައިން ސަލާމަތްކުރިއިރު) 100% ޔަހޫދީން އުޅޭނީ ކިހިނެތް؟ ރޯމަނުންނަކީ ޔޫރަޕުގެ ކުރިސްޓިއަނުން.

The name is already taken The name is available. Register?

ހުޝްމް

01 June 2024

ހާ, އެހެންތާވާނީ, ކޮޅަށް ހުރި އެއްމެ ގެޔެއްވެސް ނެތް މިހާރު, ސައުދީން ތިބޭ އަތް ޖަހަން, ސައުދީއާ ދެކޮޅަށް މުޒާހިރަާ ކުރާނަމަ މަ ދާނަން, ފުރަތަމް މުޒާހިރާ އަށް

The name is already taken The name is available. Register?

ދެރަ

01 June 2024

"ހަނގުރާމަ ނިންމާ ވަގުތު ޖެހިއްޖެ، އަދި އާ ދުވަހަކަށް އަލިވިލެން ޖެހޭ،" ތިއަޑު ދުނިޔެއަށް އިވިއްޖެ. ޢިޒްރޭލުން ބޯނުލަބާނެ، ހަޤީގަތަކީ ތިޔައީ އިގިރޭސިންނާ އެމެރިކާނުން މުސްލިމުންނާ ދެކޮޅަށް ކުރުވާ ހަނގުރާމައެއް. ވަށައިގެން ތިިބި މުސްލިމުންނާ އާލްސުޢޫދުގެ ސައުދިއަރަބިއްޔާ، އެމީހުންގެ ވެރިކަމަށްޓަކައި ކަލޭމެން ބުނިކަމެއް ކުރާނެ، އެހެނީ އެމީހުނަށް އުއްމަތަށް ވުރެ ގައުމިއްޔަތު އިސްވެފަ ތިބީމަ

The name is already taken The name is available. Register?

ވާނުވާ23

02 June 2024

ކަލޭ ތީ ތަންދޮރުނުދަނެއް ޖާހިލެއް. ކަންކަން ނޭގުނަސް ކޮމެންޓު ކުރަންޖެހޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454