މަޖިލީހުގެ ރައީސް އަބްދުއްރަހީމާއި މެމްބަރު ރިޒާ ޖޭއެސްސީގެ މެމްބަރުކަމުގެ ހުވާ ކުރައްވަނީ: އެ ދެ ބޭފުޅުން މިއަދު ވަނީ އެ މަގާމަށް އައްޔަން ކުރައްވާފައި --- ފޮޓޯ/ރައީސް އޮފީސް
04 ޖޫން 2024 - 12:46
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި މަޖިލީހުގެ މާފުށީ ދާއިރާގެ މެމްބަރު ހުސައިން ރިޒާ މިއަދު އައްޔަން ކުރައްވައިފި އެވެ.
ގާނޫނު އަސާސީގައި ޖޭއެސްސީ އެކުލެވިފައި އޮންނަ ގޮތުން މަޖިލީހުގެ ރައީސާއި މަޖިލީހުން ކަނޑައަޅާ މެމްބަރަކު ޖޭއެސްސީގެ މެމްބަރުންގެ ގޮތުގައި ތިއްބަވާނެ އެވެ. އެގޮތުން، މަޖިލީހުން ޖޭއެސްސީއަށް ކަނޑައަޅާ މެމްބަރު ކަމަށް މެމްބަރު ރިޒާ އައްޔަންކުރަން މަޖިލީހުން އިއްޔެ ވަނީ ފާސްކޮށްފަ އެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމާއި މެމްބަރު ރިޒާ ޖޭއެސްސީގެ މެމްބަރު ކަމަށް އައްޔަން ކުރައްވައި، އެ ބޭފުޅުން އެ މަގާމުގެ ހުވާ ކުރެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ދެ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ހަވާލުކޮށް ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
މަޖިލީހުގެ ރައީސާއި މަޖިލީހުގެ މެމްބަރެއްގެ އިތުރުން ޖޭއެސްސީގައި ދެން ތިއްބަވާނީ ރައީސްގެ މެމްބަރަކާއި ބަންޑާރަ ނައިބާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓުގެ ފަނޑިޔާރެއްގެ އިތުރުން ދަށު ކޯޓުގެ ފަނޑިޔާރަކާއި ވަކީލުންގެ ތެރެއިން އިންތިހާބުކުރާ ވަކީލަކާއި އާންމުންގެ ތެރެއިން މެމްބަރެކެވެ.
ޖޭއެސްސީ މިހާރު އެކުލެވޭ ގޮތް ބަދަލު ކުރުމަކީ ސަރުކާރުގެ ރިޔާސީ ވައުދެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންދަލޫސިޔާ
05 June 2024
ދިވެހިންގެ ޕްރޮފެސަރަށް ދިވެހިން އެވަނީ މަޖުލިހުގެ %70 ވޯޓު ދީފަ. އަދި މިނިވަން ކެނޑިޑޭޓޫން ސޮއިކޮށް މެޖޯރިޓީ %85 އަށް ޖައްސާފަ. މާނައަކީ ޕްރޮފެސަރ އަދުރޭއަށް އަޅުގަނޑުމެން ރައްޔިތުން މި ޤައުމު ވެދުމަށްއެރުވީއޭ!
ތިހާޟް އަލީ
05 June 2024
އަދުރޭ އަކީ ގަދަ މީހެއް. ރިޒާއަކީ ތައުލީމީ ގާބިލް މީހެއް. މަރުހަބާ ދެބޭފުޅުން
ފާތުން ސޯލިހް
05 June 2024
ވަރަށް އުއްމީދީ ދެ ބޭފުޅުން. ވަރަށް ބޮޑު އުއްމީދެއް އެބައޮތް ޖޭއެސްއީ ދެން މިނިވަން ވާނެ ކަމުގެ.
އާބިދާ އަލީ
04 June 2024
ރައީސް މުއިއްްޒް ގެ ރަނގަޅު ދެ ޗޮއިސް މިއީ. މިތަން ހިންގަން
ހަސަން ނިހާމް
04 June 2024
މަރުހަބާ ދެ ބޭފުޅުން. ދެން ޖޭއެސްސީ ދާނީ ރަނގަޅަށް
ރައްޔިތުންނޭ
04 June 2024
މި ދެން ކާކު!
ކަނބިލި
04 June 2024
އުންމީދުކުރަން ރައީސްގެ ވައުދާ އެއްގޮތަށް ޖޭއެސްސީ އެކުލެވިގެންވާ ގޮތަށް ބަދަލުގެންނަވާނެ ކަމަށް. ގިނަ ފަހަރަށް އިދިކޮޚުގައި ތިބޭ އިރު ނޫނީ ކެމްޕޭންތެރޭގައި އިސްލާހުކުރާ ވާހަކައިގެ އަޑު ގަދަވޭ. ފަހުން އާރާއި ބާރު ލިބުމުން ހަނދާންނެތޭ. ރިޔާސީ 4 ދައުރު ނިމުނުއިރުވެސް ކަންއޮތީ އޮތްގޮތަށް. މިދައުރުގައި ބަލަމާ ހިނގާ ވާގޮތް ދެއްތޯ؟
ހުސެއިން ޝާމް
04 June 2024
އަދިވެސް ތަކުރާރުކޮށް އަޅުގަނޑު މިދަންނަވނީ ޖުޑިޝަލް ސަރވިސް ކޮމިޝަން ބާއްވަންފެންނަތޯ ނުފެންނަތޯ ރައްޔިތުންގެ ވޯޓަކަށް ދިޔުން ބުއްދިވެރިއެވެ. ސަބަކީ އެއީ ފަޑިޔާރުންގެ ސުލޫކީ މައްސަލަ ބަލާތަން ކަމަށްވެފަ ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން އެތަނަށް އޮންނަން ޖެހޭތީއެވެ. އަދި މިކަމާ މެދު ފުންކޮށް ވިސްނުމަށް އިލެކްޝަންސްގެ އިސްވެރިންނަށް ދަންނަވަމެވެ.ކޮންމެ ކަމެއްވެސް ކުރަން މިޖެހެނީ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައެވެ.
ޕްރޮފެސަރު
04 June 2024
ދެން ފަނޑިޔާރުގެއަށް އަތްބާނާނީކީނޫން.!
އެމީލިއޯ
04 June 2024
ދައް ކަވަން ހުރި ތަނެއް ދައްކަވާފަ ގެންދަވާނީ.