ވިކްޓިމް ސަޕޯޓަށް ހާއްސަކޮށް ނެރުނު ނިއުސް ލެޓާ ލޯންޗް ކުރުމުގެ ރަސްމިއްޔާތުގައި ޕީޖީ ޝަމީމް ވާހަކަ ދައްކަވަނީ: އެ ނިއުސް ލެޓާއަކީ ވިކްޓިމް ސަޕޯޓް ދާއިރާގެ މީހުންނަށް ހާއްސަ ނިއުސް ލެޓާއެއް --- ފޮޓޯ/ޕީޖީ އޮފީސް
04 ޖޫން 2024 - 17:50
ވިކްޓިމް ސަޕޯޓް ދާއިރާއަށް ހާއްސަކޮށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހާއްސަ ނިއުސް ލެޓާއެއް ލޯންޗްކޮށްފި އެވެ.
ޕީޖީ އޮފީހުން ބުނީ "ނިޔާވެހި" ގެ ނަމުގައި މިއަދު ނެރެން ފެށި ނިއުސް ލެޓާއަކީ ވިކްޓިމް ސަޕޯޓަށް ހާއްސަކޮށް، ޖިނާއީ އަދުލުގެ ނިޒާމާއި ކުޑަކުދިންގެ އަދުލުގެ ނިޒާމުގައި މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ނެރެންފެށި ނިއުސް ލެޓާއެއް ކަމަށެވެ.
އެކި ކުށްތަކުގައި އަނިޔާލިބޭ ފަރާތްތައް ހިމެނޭ މައްސަލަތަކުގައި އަމަލުކުރާ އުސޫލުތަކަށް އަންނަ ބަދަލުތަކާއި ކޯޓުތަކުން އެފަދަ މައްސަލަތަކުގައި ނިންމާ ނިންމުންތަކާއި ޕީޖީ އޮފީހުން އަމަލުކުރާ އުސޫލުތައް އެ ނިއުސް ލެޓާގައި ޝާއިއު ކުރާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ޕީޖީ އޮފީހުން ބުނިގޮތުގައި ވިކްޓިމް ސަޕޯޓް ދާއިރާގައި މަސައްކަތްކުރާ މީހުންނަކީ ދުނިޔޭގެ ފެންވަރުގެ ހިދުމަތެއް ދޭ ބަޔަކަށް ހެދުމަކީ އެ އޮފީހުގެ އަމާޒެކެވެ. އެހެންވެ، އެ ދާއިރާއާ ގުޅުންހުރި މުހިންމު އުސޫލުތައް އެންމެންނަށް ފެންނަން ހުރުމަކީ މުހިންމު ކަމެއް ކަމަށް އެ އޮފީހުން ބުންޏެވެ.
ކޮންމެ މަހަކު އެއްފަހަރު ނެރޭ އެ ނިއުސް ލެޓާގައި ލިޔުންތައް ޝާއިއު ކުރުމުގެ ފުރުސަތު އެ ދާއިރާގެ ބޭފުޅުންނަށް ވެސް އޮންނާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު1
05 June 2024
ފަހުގެ ދިވެހި ތާރީހުގައި ފާހަނގަ ކޮއްލެވޭ ޕޖ އެއް. ނެތްދުވަހަކުން ވިސްނޭނެ ގެނައި ރަނގަޅު ބަދަލުތައް. ކޮންމެތަނަކުން އަޔަސް ރަނގަޅު ކަމެއް ވިއްޔާ ބަލައިގަތުން އެއީ އޮތްކަމެއް.
ލައްބަ
06 June 2024
އަދީބުއާއި ޒިޔަތުގެ މައްސަލަަތަށް ގެންދިޔަ ގޮތުން އިނގޭ ރަނގަޅުކަން. އިތުރަށް ރަނގަޅުވާކަށް ދިވެހި ގައުމު ދެކެ ލޯބިވާ ބަޔަކު ނޭދޭނެ!
އަހުމްދު އަލީ އަމް
05 June 2024
ވިކްޓިމްއަށް ކިތައްފަހަރު ދައުވާކޮށްފައި ހުންނަނީ
ގެދާނޯމޮސް
04 June 2024
ލެޓާއަށްް ވުރެން ކުރާކޯލްތަށް ޕީޖީން ރެކޯޑްކުރާގޮތަށް ހެދީމާ ބަޔަކުގެ އިހްމާލުން އަނިޔާލިބޭ ފަރާތްތަކާމެދު ވިކްޓިމް ސަޕޯޓުން ދޭސަޕޯޓް އެނގޭނެތެވެ.