މުހީތުގެ މަރުގެ މައްސަލާގައި މަރަން ހުކުމް ކޮށްފައިވާ ދެ މީހުން: އެ މައްސަލާގެ އިސްތިއުނާފް ނުފެށި އަނެއްކާވެސް ވަނީ ފަސްވެފައި
06 ޖޫން 2024 - 15:03
މީގެ 12 އަހަރުން ކުރިން މާލޭގައި މަރާލި އަބްދުލް މުހީތު (ބޮބީ) މަރާލި މައްސަލާގައި ދެ މީހަކު މަރަން ހުކުމްކުރި މައްސަލާގެ އިސްތިއުނާފް އަޑުއެހުންތައް ހައި ކޯޓުގައި ނުފެށި އަނެއްކާވެސް ފަސްވެއްޖެ އެވެ.
ފެބްރުއަރީ، 2012 ގައި ފިނޭންސް މިނިސްޓްރީ ކުރިމަތީގައި އޮންނަ ގޯޅި ތެރޭގައި ގ. ވޭރު އަބްދުލް މުހީތަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރި ތިން މީހުންގެ ތެރެއިން 2019 ވަނަ އަހަރު ކްރިމިނަލް ކޯޓުގައި ކުށް ސާބިތުވެ، މަރުގެ ހުކުމް އިއްވީ ޅ. ނައިފަރު ޒައިތޫނިގޭ މުހައްމަދު މައިމޫނާއި ގދ. ގައްދޫ އަބްލައީގޭ މުހުޖަތު އަހުމަދު ނާސިހުގެ މައްޗަށެވެ. އެ މައްސަލަ އިސްތިއުނާފް ކުރަން އެ ދެ މީހުންގެ ފަރާތުން ހައި ކޯޓުގައި އޮތީ އިސްތިއުނާފްކޮށްފަ އެވެ.
އެ މައްސަލާގެ ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އެ ދެ މީހުންގެ ވަކީލުން އެދުނީ އެ މައްސަލާގެ އިސްތިއުނާފް ފޯމް އިސްލާހު ކުރުމަށް އިތުރު ފުރުސަތެއް ދިނުމަށެވެ. ނަމަވެސް ފަނޑިޔާރުންގެ ބެންޗުން ނިންމެވީ އެ ފުރުސަތު ނުދިނުމަށެވެ.
އިސްތިއުނާފް ނުކުތާތައް މިއަދު ހުށަހަޅަން ތައްޔާރު ނުވެވޭ ކަމަށް ވަކީލުން ވިދާޅުވުމުން ފަނޑިޔާރުންގެ ބެންޗުން ވަނީ ދެން އޮންނަ އަޑުއެހުމެއްގައި އެކަމަށް ތައްޔާރުވުމަށް ފުރުސަތު ދެއްވައިފަ އެވެ. ނަމަވެސް ދެން އޮންނަ އަޑުއެހުމެއްގައި ނުކުތާތައް ހުށަހަޅަން ޖެހޭނެ ކަމަށް ބެންޗުން ވިދާޅުވި އެވެ.
އެ މައްސަލަ ކުރިން ނުފެށި އޮތީ މައިމޫނާއި މުހުޖަތުގެ ވަކީލުން ބަދަލުވުމުންނެވެ.
ހައި ކޯޓުގައި އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު އަބްދުލްމާނިއު ހުސައިނާއި އިސް ފަނޑިޔާރު ހުސައިން ޝަހީދުގެ އިތުރުން ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު އަބްދުލްމާނިއު އެވެ.
މުހީތުގެ މަރުގެ މައްސަލާގައި އިތުރު ދެ ކުއްޖެއްގެ މައްޗަށް ވެސް ޖުވެނައިލް ކޯޓުން 2013 ވަނަ އަހަރު މަރުގެ ހުކުމް އިއްވި އެވެ. އެ މީހުންގެ މަރުގެ ހުކުމް ހައި ކޯޓުން ދަމަހައްޓާފައިވާއިރު، އެ މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަނީސައިޑްބޮންޑް
06 June 2024
ތިބައިގަނޑު ގެންގޮސް ޕަޕުއާނިއުގިނީ ނުވަތަ އެމެޒަން ޖަންގައްޔަށް އަޅާލަބަލަ. ތިބިސިފައިން ހީވަނީ ތިވެރިންއެންމެ އުޅޭހިތްވާނީ އެފަދަމާހައުލެއްގަހެން.
ތިމީހުން ދޫވާނެ
06 June 2024
ތިވާނީ ޑީލްހަދަން ވަޤުރު ހޯދަނީ ކަމަށް
ހުކުން
06 June 2024
ހުކުމް ކުރާ ތާރީޚަކީ 2050 ވަނަ އަހަރަށް ހައްދަވައި ދެއްވާ!
2024
06 June 2024
ތި އެންމެން ގެންގޮސް ފަޅުރަށެއްގަ ބައިތިއްބަބަލަ ވަށައިގެން ފާރުނާރާ އޭގެ ވަށައިގެން ކަށިނަރުދަމާ ފުޅިތޮޅިހަރުކޮށް 24 އަވާސް ކެމެރާބަހައްޓާ ފޯރިމެރީމާނިމުނީ އެރަށުން ކެވުނުގޮތަކަށް ކައިގެން ތިބެދާނެނު.... ބޮއިހަލަކި
ކަނީރުމާ
07 June 2024
ތިޔާހެން ހެދީމާ އަމެރިކާއާއި ޔޫރަޕުން މިގައުމަށް ދަތިކުރަން ވަރަށް ފަސޭހަވާނެ، އިޒުރޭލު މައްސަލާގައި އެވެރިން ތިބީ ވަރަށް ރުޅިގަދަ ވެފައި