އައްޑޫ މަގެއްގައި ހުރި ކާރުތަކެއްގައި ރޯވި، އަލިފާން ނިއްވާލުމަށް އެމްއެންސީއެފުން މަސައްކަތްކުރަނީ.-- ފޮޓޯ: އެމްއެންޑީއެފް
09 ޖޫން 2024 - 11:22
އައްޑޫ ހިތަދޫގެ މަގެއްގައި ޕާކުކޮށްފައި ހުރި ބާ ކާރުތަކެއްގައި މިއަދު ރޯވެ، އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާ ހިނގީ ހިތަދޫ އުސްގަނޑު ސަރަހައްދުގައި އޮތް ބާ ކާރުތަކެއްގައި ރޯވެގެން ކަމަށެވެ.
އައްޑޫ މަގެއްގައި ހުރި ކާރުތަކެއްގައި ރޯވި އަލިފާންގަނޑު ނިއްވާލާފައި.--
އެ ހާދިސާ ހިނގި ކަމުގެ ރިޕޯޓު ލިބުނީ މިއަދު ހެނދުނު 7:30 ހާއިރު ކަމަށާއި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔާ ސްޓޭޝަންގެ ފަޔާ ފައިޓަރުން ހަރަކާތްތެރިވެ، 8:00 ހާއިރު ނިއްވާލާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
ރޯވި އެއް ކާރު އަލިފާން ނިއްވާލާފައި.--
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށް އެމްއެންޑީއެފުން ބުނި ނަމަވެސް އެއީ ކިހިނެތް ހިނގި ހާދިސާއެއް ކަމެއް ނުބުނެ އެވެ.
ދައުރުވަމުންދާ ފޮތޯތަކުން ފެންނަނީ އަލިފާން ނިއްވައިލެވުނުއިރު، އެ ކާރުތައް ވަރަށް ބޮޑަށް އަނދާފައިވާ ތަނެވެ. އެ ސަރަހައްދުގައި އޮތް ތިން ކާރެއްގެ އިތުރުން އެ ސަރަހައްދުގައި ހުރި ގަސްތަކަށް ވެސް ވަނީ އަލިފާނުގެ އަސަރުކުރި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެކެކެ
09 June 2024
ސައިކަލު ރޯކޮއްލާ ސޮރު ހިތަދޫ އަށް އަރުވާލީބާ؟
ސްސި.
09 June 2024
ހިވާ ގޮތުން ސިސްޓަމްގެ ތެރެއިން ތިޔަ ސާމާނު ނައްތާނުލެވޭތީ ވާކަމެއްހެން
ޓެރޭދް
10 June 2024
ތިހީވާގޮތް. ކައުންސިލުން ފާސްކޮށްލައިގެން، ނޫނީ އޮފީހަކުން އުސޫލެއް ނެރިލައިގެން ތިތަކެތި ނައްތާލުމަކީ އެއްވެސް ކަމެއްނޫން. މީހުންގެ އަމިއްލަ މުދާ ވެސް ދައުލަތަށް ނެގޭނެ ބޭނުމިއްޔާ