ގޯ އެއާގެ މަތިންދާބޯޓެއް: އެ އެއާލައިނުން ދިވެހި ދައުލަތަށް 3.5 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ ކަމަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފައި --- ފޮޓޯ/މިހާރު
09 ޖޫން 2024 - 18:09
ރާއްޖެއަށް ކުރިން ދަތުރުކުރި އިންޑިއާގެ "ގޯއެއާ" އިން ދިވެހި ދައުލަތަށް 3.5 މިލިއަން ޑޮލަރު (53 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ދައްކަން ޖެހޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ގޯ އެއާގެ މައްޗަށް އެ ހުކުމް އައީ އޭޕްރީލް، 2022 އިން ފެށިގެން މާޗް، 2023 އާ ހަމައަށް އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސް އާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭ ފައިސާ ހޯދުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދައުވާ ކުރުމުންނެވެ.
ސިވިލް ކޯޓުން މިދިޔަ ހަފުތާގައި ހުކުމުގައިވަނީ މީރާއިން ހޯދުމަށް އެދިފައިވާ 3.5 މިލިއަން ޑޮލަރަކީ ގޯއެއާއިން ދިވެހި ދައުލަތަށް ދައްކަންޖެހޭ ފައިސާއެއްކަން ސާބިތުވާތީ އެއް މަސް ތެރޭގައި އެ ފައިސާ ދައްކަން އެ އެއާލައިންގެ މައްޗަށް އަމުރުކުރާ ކަމަށެވެ.
އެ ހުކުމްކުރީ އެ އެއާލައިންގެ ޣައިރު ހާޒިރުގަ އެވެ.
ގޯއެއާއިން ރާއްޖެއަށް ދަތުރުތައް ފެށި ނަމަވެސް މާލީ ދަތިތަކާ ހެދި އެ ކުންފުނިން މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން ވަނީ ރާއްޖެއަށް ދަތުރުކުރުން ހުއްޓާލައިފަ އެވެ. އޭރު އެ އެއާލައިނުން ވަނީ ރާއްޖެ އާއި އިންޑިއާގެ ވެރިރަށް ނިއު ދިއްލީ އާއި މުމްބާއީގެ އިތުރުން ބެންގަލޫރާ ދެމެދު ސީދާ ދަތުރުތައް ކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަކުޑިބޯ
10 June 2024
3.5 ބިލިއަން ދައްކަން ޖެހޭނެ ކަމަށް ހުކުމް ކުރި ނަމަ އަހަރެން ކަހަލަ ގަމާރުން ހާދަ އުފާވާނޭ!
އުދުހޭ
10 June 2024
ބޭރު ކުންފުނިތަކުން ޓެކްސް ނުދައްކާ ބަޗަނީ. ދިވެހި ކުންފުންޏަކަށް ނޯވޭ ބެޗޭކަށް. ގާނޫނު ހަދާމީހުންނާއި ތަންފީޒުކުރާ މީހުން ބަރާބަރަށް މުސާރަ ނަގާ. މުސާރަ ދެނީ ރައްޔިތުންގެ ޓެކްސް ފައިސާއިން. ކޮބާ އިންސާފު؟
ޒިއްމާ އޮޅިއްޖެ
10 June 2024
ފިނޭންސް މިނިސްޓަރު ޒިންމާ ނަގާކަށް ނުޖެހޭނެތަ؟؟
އޮނަރަބްލް އަފީފު ދީދީ
09 June 2024
ދައުލަތުގެ މުއައްސަސާތަކުގެވެރިން އެމީހުންގެ މަޤާމްގެމުއްދަތުގައި މަޤާމްގެމަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެފައިވާނަމަ އޭނާގެމައްޗަށް އެކަމުގެ ދަޢުވާނުކުރާނަމަ ދުވަހަކުވެސް މިފަދަކަންކަން ނުހުއްޓުވޭނެ އިގޭތޯ. # ތިކަމުގައި ދައުލަތުގެ ޓެކްސް އޮފީހުގެ ވެރިޔާ Commissioner General of Taxation ގެ މަޤާމްގައި ތިދެންނެވި މުއްދަތުގައި "ރައްޔިތުންގެ ޓެކްސް ފައިސާއިން ބޮޑު މުސާރަ ނަގައިގެން ޒިންމާ އަދާނުކޮށް ހުރިމީހާގެ މައްޗަށްވެސް" ދަޢުވާ ކުރާންޖެހޭ.