ބަންޑާރަ ނައިބު އަހުމަދު އުޝާމް
10 ޖޫން 2024 - 14:05
ގާނޫނުއަސާސީ އަށް ގެންނަ އިސްލާހުތަކަކާ އެކު، ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގައި 37 ބިލެއް ހުށަހަޅަން ސަރުކާރުން ނިންމައިފި އެވެ.
މަޖިލިހުގެ ގަވައިދުގައި ބުނާ ގޮތުން، ކޮންމެ ދައުރަކަށް ހުށަހަޅަން ނިންމާ ބިލްތަކުގެ ލިސްޓެއް ސަރުކާރުން މަޖިލިހަށް ފޮނުވަން ޖެހެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން، ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އެ ލިސްޓު މަޖިލީހަށް ލިބިފައިވާ ކަމަށާއި މި ދައުރަށް ހުށަހަޅަން ސަރުކާރުން ގަސްދުކުރާ 37 ބިލެއް ހިމެނޭ ކަމަށެވެ.
- ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމުގެ ބިލު
- ސޮވަރިން ޑިވެލޮޕްމަންޓު ފަންޑުގެ ބިލު
- ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ބޯހިޔާވަހިކަމުގެ ބިލު
- ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު
- އާބަން ޕްލޭނިން އަދި އާބަން ތަރައްގީކުރުމާ ހިންގުމުގެ ބިލު- ބިނާވެށި ޕްލޭންކުުރުމާއި ތަރައްގީކުރުމާ ހިންގުމުގެ ބިލު
- ބިމުގެ ބިލާއި ދަތުރު ރާވައި ހިންގުމުގެ ހިދުމަތް ދިނުމާބެހޭ ބިލް
- ނަފްސާނީ ސިއްހަތު ބިލު
- ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލު
- ދައުލަތުގެ ދަރަންޏާ ގުޅޭ ބިލު
- ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ދިވެހިރާއްޖޭގެ ގާނުނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު
- ޖިނާއި މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ބިލު
- ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- އެންޓި-ޑިފެކްޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ފޮރިން އިންވެސްޓްމަންޓް ބިލު
- މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސް އޮތޯރިޓީގެ ބިލު
- ޑިޕްލޮމެޓިކް އިމްތިޔާޒުގެ ބިލު
- އިންޝުއަރެންސާބެހޭ ބިލު
- މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- އިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ހެއްކާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- އެޓާނީ ޖެނެރަލްގެ އޮފީހުގެ ބިލު
- ޖަނަވާރުގެ ސިއްހަތާބެހޭ ބިލު
- ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ތައުލީމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ބްރޯޑްކާސްޓްކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- މޯލްޑިވްސް މީޑިއާ ކައުންސިލްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
މީގެ ތެރޭގައި މިދިޔަ ދައުރުގައި ހުށަހަޅަން ނިންމި ބައެއް ބިލުތަކާއި މިދިޔަ ދައުރުގައި ހުށަހެޅި ބިލުތަކުގެ ތެރެއިން ދައުރު ނިމުމުން އަނބުރާ ފޮނުވާލި ތިން ބިލެއް ވެސް ހިމެނެ އެވެ. މީގެ ތެރޭގައި ހިމެނޭ ސޮވަރިން ޑިވޮލޮޕްމެންޓް ފަންޑުގެ ބިލާއި ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މިއަދުގެ ޖަލްސާގައި ވަނީ ފުރަތަމަ ކިޔުން އިއްވައިފަ އެވެ.
ގާނޫނުއަސާސީއަށް ގެންނަ އިސްލާހުތަކާ ގުޅިގެން "މިހާރު" އިން ސުވާލުކުރުމުން ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ އޭގެ ތެރޭގައި ހިމެނެނީ އެހެނިހެން ބިލްތަކަށް ގެންނަން އިސްލާހުތަކާ ގުޅުން ހުރި ޖުމްލަ އިސްލާހުތަކެއް ކަމަށެވެ. އެގޮތުން ޖޭއެސްސީގެ ގާނޫނަށް ގެންނަން ސަރުކާރުން ބޭނުންވާ އިސްލާހުތަކާ ގުޅުން ހުރި އިސްލާހުތައް ގާނޫނުއަސާސީ އަށް ގެންނަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގާނޫނުއަސާސީ އެކިއެކި އިސްލާހުތައް ގެނެސްގެން ނޫނިއްޔާ އިސްލާހު ނުކުރެވޭނެ ގާނޫނުތައް އެބަހުރި. އެހެންވެ، ގާނޫނުއަސާސީ އަށް ތަފާތު އިސްލާހުތައް ގެންނަން ސަރުކާރުން ބޭނުންވޭ،" ބަންޑާރަ ނައިބު ވިދާޅުވި އެވެ.
އުޝާމް ވިދާޅުވީ، އެ އިސްލާހުތަކުގެ ދިރާސާތައް މިހާރު ކުރިއަށް ގެންދާ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯ ތަންފީޒުކުރަން 200 އަށް ވުރެ ގިނަ ބިލު ފާސްކުރަން ގެންނަން ޖެހޭ ކަމަށް އެމަނިކުފާނު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަމްޖަދްް
11 June 2024
ކުރީގެ މަޖިލީހަށް ކަންކަން ނުވިޔަސް މި މަޖިލީހުން ފުރިހަމަޔަށް ރައްޔިތުންނަށް ބޭނުންވާ ކަންކަން ކުރާނެ.
ޖީހާންް
11 June 2024
ދިވެހީންގެ މަޖިލީސް ތަފާތުދައްކާނެ.
ރިޔާޒްް
11 June 2024
ރާއްޖޭގެ ކަންކަން އިސްލާހުކުރުމަށް މަޖިލީހުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް ބެލެވޭ.
އިމްދާދްް
11 June 2024
އަސްލު މަޖިލީހެއް އޮޕަރޭޓް ކުރާ ގޮތަށް މިފަހުގެ މަޖިލިސް އޮޕަރޭޓް ކުރާނެކަން ކަށަވަރު.
މާޖިދް ސަލީމްް
11 June 2024
ޕީއެންސީ މަޖިލީސް ތަފާތުވާނެ. ހެހެހެހެހެ ތަފާތު
ނިޒާމީ ވޯޓް
10 June 2024
ކޮބާ ރައްޔިތުން މަޖިލިސް މެމްބަރުންގެ އަދަދު މަދުކުރާ ބިލް. މަޖިލިސް މެމްބަރުން އަދަދު އިތުރުވުން ހުއްޓުވަން އެބަޖެހޭ.
މާކަސް ސިސެރޯ
10 June 2024
ގައުމެއް ވެއްޓުމާ ގާތްވާ ވަރަކަށް އެގައުމުގެ ގާނޫނުތައް ހަމަނުޖެހެއެވެ.
ެއެލޮކޮސް
10 June 2024
މަޖިލިހަށް 47 ބިލިއަން ދިވެހި ރައްޔިތުންނަށް 2 ބިލިއަން. ތީކޮންކަމެއްކުރާބައެއްތަ؟ ކޮނަފައިދާތަކެއްވީ ތިމަޖިލިސް އޮވެގެން. ތީފިތުނައިގެ އައްޑާ އަދި ކޮރަޕްޝަން ހާލި. ތިތަން އުވާލަން މުޒާހަރާ ކުރުމަކީ ބުއްދިވެރިކަމެއް. ތަޢުލީމިލިބިފައިތިބި ގާބިލު 20 މީހުންނަށް ތިކަންކުރެވޭނެ. އަދި 30 ހަކަށް މިލިއަނުން ފުއްދާލެވޭނެ.
ހޮޓްކިންގ
10 June 2024
ކޮބާ ސަރުކާރުގެ ބައެއް އިދާރާތައް މިނިވަންކުރުމާ ބެހޭ ބިލް؟ ހިރުވާތަން ކަހާވެސް ނުލިދޯ؟ ޖަނަވާރުގެ ސިއްޙަތު ބިލް އޮތީ ވަރަށް ކުރީގަ. ދެން ވޯޓް ދޭނީވެސް ޖަނަވާރުން.
އެނެލިސްޓް
10 June 2024
ޖޭއެސްސީއަށް އިސްލާހު ގެނައުން ޖެހޭނެ އެންމެ ފުރަތަމަ ކަމަކަށް ކުރަން. ފަނޑިޔާރުގޭގެ ހިންގުން ހަލުވިނުކޮށް ގައުމުގެ ހިންގުން ހަމަ މަގުންނުދާނެ. އަވަހަށް އެކަން ކުރަންޖެހޭނެ. އެހެންނޫނީ ގައުމުގެ ހާލު ރަނގަޅެއްނުވާނެ.