ވިޔަފާރި / އޮޑިޓާ ޖެނެރަލް އޮފީސް

މިދިޔަ އަހަރު ހިންގަން 672 ޕްރޮޖެކްޓެއް ކަނޑައެޅިޔަސް ހަރަދެއް ނުކުރޭ: އޮޑިޓް އޮފީސް

ރާއްޖޭގެ ރަށެއްގައި ހިންގާ މަޝްރޫއުއެއް -- ފޮޓޯ: މިހާރު

މިދިޔަ އަހަރު ސަރުކާރުން ހިންގަން ބަޖެޓު ކުރި 672 މަޝްރޫއަކަށް އެ އަހަރު ނިމުނު އިރު ވެސް އެއްވެސް ހަރަދެއް ނުކުރާ ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން ހާމަކޮށްފި އެވެ.

އެ އޮފީހުން އާންމުކުރި މިދިޔަ އަހަރުގެ ބަޖެޓު ރިވިއުގައިވާ ގޮތުން ޕަބްލިކް ސެކްޓަ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ހިންގާ މަޝްރޫއުތަކުގެ ތެރެއިން އެއްވެސް މަސައްކަތެއް ނުކުރާ މަޝްރޫއުތަކުގެ އަގު 1.5 ބިލިއަން ރުފިޔާ އަށް އަރަ އެވެ.

އޮޑިޓަ ޖެނެރަލްގެ އޮފީހުން ބުނީ، ބަޖެޓު ކުރި ގިނަ މަޝްރޫއުތަކަށް ހަރަދު ނުކުރި ނަމަވެސް، ބަޖެޓު ނުކުރާ ގިނަ ޕްރޮޖެކްޓްތަކެއް ހިންގާފައިވާ ކަމަށެވެ. ސަރުކާރުން ވަނީ 501 މަޝްރޫއަކަށް ބަޖެޓުގައި ކަނޑައެޅި އަދަދަށް ވުރެ އިތުރަށް ހަރަދުކޮށްފަ އެވެ. އެއީ ގާތްގަނޑަކަށް 4.6 ބިލިއަން ރުފިޔާ އެވެ.

މިދިޔަ އަހަރު ބަޖެޓުގައި އެއްވެސް ވަރަކަށް ނުހިމަނާ 68 މަޝްރޫއަކަށް 333 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރީ ބިން ހިއްކުމުގެ މަޝްރޫއަށެވެ. އެފަދަ ހަތަރު މަޝްރޫއަކަށް 110 މިލިއަން ރުފިޔާ ހޭދަކޮށްފައި ވެ އެވެ. ބަނދަރު ހެދުމުގެ 8 މަޝްރޫއަކަށް 67 މިލިއަން ރުފިޔާ ހޭދަކުރި އެވެ.

މިދިޔަ އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ އަށް 8.5 ބިލިއަން ރުފިޔާ އޮތީ ކަނޑައަޅައިފަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ އޮކްޓޫބަރުގެ ނިޔަލަށް ހިންގި މަޝްރޫއުތަކުގެ ޖުމްލަ އަގު 9.2 ބިލިއަން ރުފިޔާ އަށް އަރަ އެވެ. މިއީ ކަނޑައަޅާފައިވާ ބަޖެޓަށް ވުރެ 8 ޕަސެންޓު އިތުރު އަދަދެކެެވެ.

މި އަހަރު ޕީއެސްއައިޕީ މަޝްރޫއުތަކަށް 8.9 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މި އަހަރުގެ މިހާތަނަށް 2.1 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

14 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 13%
icon angry icon angry 63%
icon wow icon wow 0%
icon inlove icon inlove 25%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަސްރަފަ

11 June 2024

އެމްޑީޕީ އަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު ދަނީ ގައުމު އެތަށް ގުނައެއް ދަރަނިވެރިކޮށް އެތައް ގެއްލުމެއް ދީފަ

The name is already taken The name is available. Register?

އުލްފާާ

11 June 2024

އެމްޑީޕީގެ މަޖިލީހާ ސަރުކާރުން ކުރިކަމަކީ ރައްޔިތުންނަށް އޮޅުވާލާފައި މި ޕްރޮޖެކްޓްތަކުގެ ފައިސާ އަމިއްލަ ޖީބަށް ކަހާލީ. ހަރަދު ނުކުރާ ޕްރޮޖެކްޓްތަކަކަށް އެތަށް މުވައްޒަފުންނެއްވެސްވަނީ ނަގާފައި. އެމްޑީޕީއަށް ހަމަ ސާބަސް. މިޔަދު ގައުމު މިއޮތް ދަތި ހާލަތުގައި މި ގައުމު ނެތީސް މިމީހުން ހެޔޮ ވެރިކަމެއް ކުރިނަމަ. ރައީސް މުއިއްޒު އިރާދަކުރެއްވިއްޔާ މި ގައުމު ކޮޅަށް ޖަހާނެ.

The name is already taken The name is available. Register?

ފާއިޒް ހަމީދްް

11 June 2024

ރައީސް އިބޫ އަށް ހަމަ ސާބަސް. ޒަމާނަކުން އައި ގމރ ވެރިކަން ހަވާލުކުރީމާ ވާނެ ގޮތް ރައްޔިތުން ދެކެފި. ދުވަހަކުވެސް އެމްޑީޕީއަކަށް ރާއްޖޭގެ ވެރިކަން ލިބެން ބޭނުމެއްނޫން. އެއީ ހީލަތްތެރި މަކަރުވެރި ބައިގަޑެއް.

The name is already taken The name is available. Register?

ވިފާގްް

11 June 2024

ދެން ޕޯޑިޔަމްތަކަށް އަރާ އަބުޅޯ ޝާހިދް އާއި އިބޫ ކީކޭތަ މިކިޔަނީ. ކޮން ކަމެއް އެމީހުންނަށް ގައުމަށް ކޮށްދެވުނީ. އެމްޑީޕީ މި ނުބަި ވަކިތަކުން ސަލާމަތްކުރަންޖެހޭ. އައްނިވެސް އެމްޑީޕީ ދޫކޮށް ދިޔައީ މިސަބަބުތަކަށްޓަކާ.

The name is already taken The name is available. Register?

މުޒްހިރްް

11 June 2024

ސުޕަރ މެޖޯރިޓީ މަޖިލީހަކުން ބަޖެޓެއް ފާސްކޮށްފަ ޕްރޮޖެކްޓްތަށް އިއުލާންކޮށް ހަރަދު ނުކުރީމާ މި އެގެނީ އެމްޑީޕީގެ ހިޔަޅު ވެރިކަމުގެ ހަގީގަތް. އަނެއްކާ އެ ފައިސާ ބޭނުންކުރީ އެހެންކަމަކަށްބާ؟

The name is already taken The name is available. Register?

އަލްސަންް

11 June 2024

އެމްޑީޕީ ސަރުކާރަށް ކުރެވުނީ ކޮންކަމެއްތަ. ރައްޔިތުންނަށް ފޮނި ހުވަފެން ދެއްކުން ނޫން ކަމެއް ނުކުރޭ.

The name is already taken The name is available. Register?

ހޮޓްކިންގ

11 June 2024

މިހާރުވެސް އޮތީ ތިޔަ ހާލުގައި. ސަރުކާރުގެ އޮފީސްތަކަށް ދިން ބަޖެޓްގެ ގިނަ އައިޓަމްތައް ހުރީ ސުމެއްގައި. ސިނާޢީ އެއްވެސް މަސައްކަތެއް މިސަރުކާރުން ނުހިންގައޭވެސް ބުނެވިދާނެ. ރައްޔިތުންގެ ޒަރޫރީ ކަންކަމާއި ގުޅޭ ހުރިހާކަމެއް ހުރީ ހުއްޓިފައި. މިސަރުކާރު އައިފަހުން މިނިސްޓަރުންނާއި ތަންތަނަށް ލީ ސިޔާސީވެރިން ގޮނޑިހޫނުކޮށް އަނގަތެޅުން ނޫންކަމެއް ރައްޔިތުންނަށް ނުފެނޭ. ހިއްކަންފެށިފެށި ބިންތައް ހުއްޓާލައި ރައްޔިތުން މާޔޫސްކުރުވައިފި.

The name is already taken The name is available. Register?

އިބުރާހިމްފުޅު

11 June 2024

އިބުރާހިމަށް ދައުވާކޮށް އޭނަ ދިން ބޮޑެތި ގެއްލުންތަކުގެ ޒިންމާ އޭނަ ލައްވާ ނަގުވަން އެބަ ޖެހޭ

The name is already taken The name is available. Register?

އަސްލުވާންޖެހޭނެ

11 June 2024

ދައުލަތުގެ ފައިސާ ޚަރަދު ކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސް ކުރާ މިންވަރަކަށް ކަމަށް ވާނަމަ، ޤާނޫނާ ޚިލަފަށް ފައިސާ ޚަރަދު ކުރި ބައެއްގެ މައްޗަށް ދަޢުވާކޮށް އަދަބު ދެވެން ޖެހޭނެ. މިކަން ނުކޮށް ދޫކޮށްލާތީ ދައުލަތް ލޫޓުވާ ލެވެނީ.

The name is already taken The name is available. Register?

ޟމމމމމ

11 June 2024

ތިކަން އަދި ބޮޑުވާނީ ނިމުނު އަހަރަކު ނޫން. މިއަހަރު. އޮޑިޓްކުރަން ތިބެބަލަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454