12 ޖޫން 2024 - 12:11
މަސް އެކްސްޕޯޓު ކުރި އަދަދު 60 ޕަސެންޓަށް ދަށަށް ހިނގައްޖެ އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭއިން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މި އަހަރުގެ ފުރަތަމަ ހަތަރު މަހު އެކްސްޕޯޓް ކޮށްގެން ލިބުނީ، 37 މިލިއަން ޑޮލަރު (570 މިލިއަން ރުފިޔާ) އެވެ. މިދިޔަ އަހަރުގެ ހަތަރު މަހުގެ އެކްސްޕޯޓުން 62 މިލިއަން ޑޮލަރު (956 މިލިއަން ރުފިޔާ) ލިބިފައިވެ އެވެ.
މި އަހަރުގެ ފުރަތަމަ ހަތަރު މަހު 28،000 މެޓްރިކް ޓަނުގެ މަސް، ވިޔަފާރިކުރާ ކުންފުނިތަކުން ގަނެފައިވެ އެވެ. އެއީ މިދިޔަ އަހަރަށް ވުރެ 70 ޕަސެންޓް ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި 41،000 މެޓްރިކް ޓަނުގެ މަސް ގަތެވެ.
މި އަހަރު އެންމެ ގިނަ އަދަދަކަށް މަސް ގަތް، ޖެނުއަރީ މަހުގެ ތެރޭގައި 8،700 ޓަނު މަސް ގަނެފައިވެ އެވެ. އެންމެ ދަށް އަދަދެއްގެ މަސް ގަނެފައިވަނީ މާޗް މަހު އެވެ. އެ މަހު 5،200 ޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވެ އެވެ.
މި އަހަރުގެ ފުރަތަމަ ހަތަރު މަހު ޖުމްލަ 19،000 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓު ކުރި އެވެ. އެއީ، މިދިޔަ އަހަރަށް ވުރެ 55 ޕަސެންޓް ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހު 35،000 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓު ކުރި އެވެ.
މަސް ގަންނަ ވަރު އަދި އެކްސްޕޯޓުކުރާ ވަރު ދަށްވެފައިވާ އިރު ދަޅުގައި ބަންދުކުރާ އަދަދު ވެސް ވަނީ 60 ޕަސެންޓް ދަށަށް ގޮސްފަ އެވެ.
މިދިޔަ އަހަރު 78،000 މެޓްރިކް ޓަނުގެ މަސް ވަނީ އެކްސްޕޯޓުކޮށްފަ އެވެ. އެކްސްޕޯޓު އެހާ ބޮޑަށް ދަށްވެފައިވާ އިރު، ރާއްޖޭގައި އެންމެ ފުޅާ ދާއިރާގައި މަސް އެކްސްޕޯޓު ކުރަމުން ދިޔަ އެންސިސް އިން ވަނީ މަސް ފެކްޓްރީ މިދިޔަ އަހަރު ފަހުކޮޅު ބަންދުކޮށް، މަސް ގަތުން ވަނީ ހުއްޓާލައިފަ އެވެ. އެންސިސް އިން މަހުގެ ވިޔަފާރި ދޫކޮށްލީ، ސަރުކާރުން މަސް ކިލޯއެއް ވިއްކާ އަގު 25ރ. އަށް ބޮޑުކުރުމުން، އެ އަގުގައި އެ ވިޔަފާރި ކުރެވެން ނެތުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
12 June 2024
ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު "ފައިދާލިބޭ އަދި އެދާއިރާގައި އިންވެސްޓްކުރާން ބިރު ނުގަންނަ" އިޤްތިސޯދީ މަންފާ ހޯދުމަށާއި ވަޒީފާ އަދާކުރަން ރަނގަޅު ބާޒާރަކަށް ހަދާން ބޭނުން ނަމަ ރާއްޖެ އެބައެއްގެއަތުން އެންމެގިނަ ދަރަނިނަގާ ޗައިނާގެ މަޝްހޫރު އިލްމުވެރިޔާ Chinese philosopher Lao Tzu ވިދާޅުވިފަދައިން ބަނޑުހައިކަން ފިލުވަން މީހަކަށް މަހެއް ދިއްކޮށްލުމަށްވުތެން އެމީހާއަށް މަސް ބާނާނެގޮތް ދަސްކޮށްދިނުން ރަނގަޅުކަން ސަރުކާރަށްވެސް އިގެންވެއްޖެ.