ސަލްޓަންޕާކް ކައިރީގައި ބޮލާޑު ހަރުކޮށްފައި.-- ފޮޓޯ: ސިޓީ ކައުންސިލް
13 ޖޫން 2024 - 13:55
ދުވާރުމަތީގައި ވެހިކަލް ޕާކްކުރުން ހުއްޓުވަން ބޮލާޑް ޖަހަން ފަށައިފި އެވެ.
މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވީ، ކާރު ފަދަ އުޅަނދުތައް ޕާކްކުރުން ހުއްޓުވަން މާލޭގެ އެކި ހިސާބުތަކުގައި ބޮލާޑް ނުވަތަ ޕާކް ނުކުރެވޭ ގޮތަށް ދަގަނޑު ޖަހަމުން އަންނަ ކަމަށެވެ. އެކަން ކުރާނީ ދުއްވަން އަދި ހިނގަން ވެސް ދަތިނުވާ ތަންތަނުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ލިލީމަގު، ސަލްޓަންޕާކު ފަޅި ދުވާރުމަތީ ވެހިކަލް ޕާކު ކުރުން ހުއްޓުވުމުގެ ގޮތުން، ދުވާރުމަތީ ބޮލާޑް ޖެހުން pic.twitter.com/aqYH35upLS
— Malé City Council (@MaleCitymv) June 13, 2024
ކައުންސިލުން މިހާރު އަންނަނީ ސަލްޓަންޕާކު ކުރިމަތީގައި އޮންނަ ދުވާރުމަތީ އަދި ލޮނުޒިޔާރަތް މަގުގައި ބޮލާޑް ޖަހަމުންނެވެ.
މާލޭގެ އެކި ހިސާބުތަކުގައި ބޮލާޑް ޖަހަން ފެށިއިރު، މަގުމައްޗާއި ދުވާރު މަތީގައި ކާރާއި ޕިކަޕް ޕާކްކުރުމުގެ މައްސަލަ ވަނީ ބޮޑުވެފަ އެވެ. އެހެންވެ، އާއްމުންނަށް ހިނގައިބިނގާވެ އުޅުމުގައި ދަތިތައް ކުރިމަތިވެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބިސްހަސަން
15 June 2024
ތި އެއްޗެހިތައް އެތެރެވިޔަނުދީބަލަ ތިބުނާހާ ބާރާ އާރާ ހުރިއްޔާ. ބޮލާޑު ޖެހިދާނެ ލާރިހުރިއްޔާ.
ބޮކިބެއްޔާ
14 June 2024
ހިތްވަރެއް ހުރިއްޔާ އަމީނީމަގު ބިލަބޮންގް ސްކޫލްކުރިމަތީ ޖަހާލަބަލަ
ހަންޕު
14 June 2024
މާލޭ މީހުން އެގޮތަށް ޕާކު ކުރަނީ. މާލޭ މީހުންނަށް ކާރު ނުދުއްވޭ ގޮތް ހަދަންވީ
ސަލިމާ
16 June 2024
މާލޭ މީހުން ނޫޅޭ މާލެއަކުއެއް. ކަލޭމެންނަށް ކުއްޔައްދީފަ ވީ ޔޫރަޕްގަ
ބޮކިއަލިބެ
14 June 2024
މިގައުމުގެ އަދަބު އަހުލާ ގެންގުޅޭ މިންގަޑުން ބަލާއިރު ބޮލާޑު ވަކި ޖަހާފަ ނުޖަހާ ދޫކޮށްލެވޭކަށް ތަނެއްނެތް. ގޭގެދޮރުމަތީގަ ޖަހަންއެބަޖެހޭ. ގޯޅިކަންމަތީ މަގުހުރަސްތަކު މިސްކިތް ސުކޫލް ހޮސްޕިޓަލްކައިރި ނުޖަހާ ދޫކޮށްލެވޭކަށްނެތް. ދުއްވާތަކެތި ވަގަށްނަގައިގެންގޮސް ސަރުކާރުގެ މިނިސްޓަރަކު ހިންގަހުރި މިނިސްޓްރީއެއްގެ ގަވާއިދުގެ ދަށުން ވައްކަން ހަލާލު ކުރަމުން ކުރަމުން ގޮސް ކުރަމަގާލި ވެފައި ތިބިބަޔަކު މަގުމަތީ ޖަހާފަހުރި ދަޑިބުރިއަކަށް ބޯލަބާނެބާ.
މަންނު
14 June 2024
ރަނގަޅު ވާހަކަ އެއް. ދެފައި ފެގޯޅީ ގަވެސް ބޮލާޑް ޖަހާ ވަރަށް ކަންތައް ގޯސް ވެއްޖެ.
ކިލަރސޫޕް
14 June 2024
ޕާކިން ގަރާޖަށްވުރެ އިސްކަން ދޭންވީ އެކްސެސް ބެގޭޖު ނައްތާލަން
އިފްރާހު
14 June 2024
ނުޖެހޭނެ، ދައްކާކަށް. ސަރުކާރުން މަގުތަށް ރީތިކޮށް ހަދަނީ، މިބައިމީހުންގެ ކާރު ޕާކު ކުރާކަށް ނޫން. ތިއިން ކޮންމެ މީހަކު ތިޔަ ކާރު ވައްދާ ގަރާޖެއް އޮންނާނެ ރަޖިސްޓްރީ ކޮށްފަ. އެތަނަށް ގޮސް ވައްދަބަލަ. އިހަކަށް ދުވަހު ހެދި ހުޅުމާލޭ، ފޭސް 2 ބަލާބަލަ. ތިޔަ ކާރު ތަކާއި، ހެދި ކޮންމެ މަގެއްގަ ވެސް އެއްފަޅި މިހާރު ބޭނުން ކުރެވެނީ. މުޅި ފޭސް 2 ފުރިފަ. ބޮޑު އުނދަގުލަކަށް ވެއްޖޭ ތިކަންތައް.
ސަމްސާ
14 June 2024
ދުވާރުމަތީ ޕާކްކުރާ އުޅަނދުތަށް ޤަވާއިދަށް ފައްތަން ދުވާރު ނަގަންވީނު؟!
ފއލސޓޓ
13 June 2024
މިރޭ މަޖީދީމަގަށް ދަވާދު ފާޓާއެއް ވެއްޓިގެން މުޅިމަގުގައި ދަވާދު.. ދަވާދުތަކަށް އުޅަނދުތަށް އެރުނަނުދޭން އެވަގުދު މަގުގެ ޓްރެފިކް ބަލަހައްޓަންތިބީ ސިޓީކައުންސިލްމީހުން. ފުލުހަކު ނެތްފެންނަންވެސް، މިއީ ޤައުމުގެ އަދުގެ ހާލަތު.
އަލީބެ
13 June 2024
އަސްލުމައްސަލައަކީ ފަސޭހައިން ޚިދުމަތްލިއްބައިދިނުމަށް ސަރުކާރުން އެއްކަމެއްވެސް މިހާތަނަށް ކޮށްފައިނެތުން. އަލަށް އާބާދުވާ ތަންތާނގަވެސް ސްކޫލުބަސް ދުއްވޭނެގޮތް ނެތުން. ސަރުކާރު އޮފީސްތައް ފަސޭހައިން ދެވޭނެ ބަސްރޫޓާ ކައިރި ހިސާބުތަކަށް ބަދަލުނުކުރުން. މާލޭގަ ބިޒްނަސް އޭރިޔާތަކެއް ތަރައްގީނުކުރުން. އާންމުގޯތިތަކުގާ ވިޔަފާރިއާ މަސައްކަތް ހިންގަން އިންތިހާއަށް ދޫކޮށްލުން. އަދިވެސް އާންމުން އުޅެނީ އަރާނެ ޓެކްސީއެއް ނުލިބިގެން.
ބޭކޮޅު
13 June 2024
ތިކަހަލަ އެއްޗެއްސަށް ދިވެހިން ކިޔަނީ މުޑި.