ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވާކް ފޯރަމް 2024ގެ މަތީ ފަންތީގެ ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ.
14 ޖޫން 2024 - 23:39
ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރުގެ އިސް ވަފުދެއް ކުރެއްވި ދަތުރުފުޅަށް 3.8 މިލިއަން ރުފިޔާ ހަރަދުވި ކަމަށް ރައީސް އޮފީހުން މިރޭ ބުނެފި އެވެ.
ކޮންމެ 10 އަހަރުން އެއް ފަހަރު ބާއްވާ ސިޑްސް ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަތުމަށް ކެރީބިއަންގެ ގައުމެއް ކަމަށްވާ އެންޓީގާ އެންޑް ބާބިއުޑާ އަށް ރައީސް މުއިއްޒު ވަޑައިގަތީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ. ހަތް ދުވަހުގެ އެ ދަތުރުފުޅުގައި ރައީސާ އެކު 16 ބޭފުޅުންގެ ވަފުދެއް ބައިވެރިވި އެވެ.
ރައީސް އޮފީހުން އާންމުކުރި އެ ދަތުރުފުޅުގެ ތަފްސީލުގައިވާ ގޮތުން 16 ބޭފުޅުންގެ ޓިކެޓަށް 2.6 މިލިއަން ރުފިޔާ ހަރަދުވިއިރު، އެކޮމޮޑޭޝަނަށް ހަ ލައްކަ ރުފިޔާ އަދި ދަތުރުފަތުރުގެ ހަރަދަށް 271،000ރ. ހަރަދުވި އެވެ. ޕޮކެޓް މަނީގެ ގޮތުގައި 141،000ރ. ހަރަދުވި އެވެ. ވަފުދުގެ ހުރިހާ ބޭފުޅުންގެ ފަރިއްކޮޅަށް 164،000ރ. ހަރަދުވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. އަދި ސްޓޮޕް އޯވާ އާއި އިންސިޑެންޝަލްގެ ގޮތުގައި ހަރަދުވި 23،000ރ. މިލިއަން ރުފިޔާއާ އެކު، ޖުމްލަ 3.6 މިލިއަން އެ ދަތުރުފުޅަށް ހަރަދުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނިގޮތުގައި ރައީސްގެ އެ ދަތުރުފުޅުގެ ތެރެއިން ދުނިޔޭގެ ޖަމާއަތްތަކާއި މާލީ އިދާރާތަކުގެ އިސްވެރިންނާ ބައްދަލު ކުރައްވައި، އެ އިދާރާތަކުގެ އެހީތެރިކަން ރާއްޖެއަށް ލިބޭނެކަމުގެ ޔަގީންކަން ހޯއްދެވި އެވެ. އޭގެ ތެރޭގައި ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކްގެ ނައިބު ރައީސާއި އދ. ގެ ސެކެޓްރީ ޖެނެރަލްގެ އިތުރުން ކޮމަންވެލްތުގެ ސެކެޓްރީ ޖެނެރަލް ވެސް ހިމެނިވަޑައިގަންނަވަ އެވެ. އަދި އެ ދަތުރުފުޅުގެ ސަބަބުން ރާއްޖޭގެ ތަރައްގީ އާއި ތިމާވެށްޓަށް އިންވެސްޓަރުންގެ އެހީ ލިބޭނެކަމުގެ ޔަގީންކަން ލިބުނު ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
މި ފަހަރުގެ ކޮންފަރެންސްގެ ވައިސް ޗެއާއެއްގެ ގޮތުން ހަމަޖައްސާފައި އޮތީ ރާއްޖެ އެވެ. އެ ކޮންފަރެންސްގައި ރައީސް މުއިއްޒު ވަނީ ރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރެއްވުމަށް ކުރާނެ ބައެއް މުހިންމު ކަންކަން ވެސް އިއުލާން ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުފޯރާފޮތިން ފޫގެޅުން
17 June 2024
ތީ ރާއްޖެއިން ކޮންމެހެންވެސް ބައިވެރިވާންޖެހޭ ސަމިޓެއް. އެކަމަކު ރަސްމީކޮށް އެތާ ކުރަންޖެހޭ ކަންކަމަށް ކޮންމެހެން ބައިވެރިވާންޖެހޭ ވަރަށްވުރެ އިތުރަށް މީހުން ވަފުދުގައި ހިމެނުމަކީ ބޭކާރު ކަމެއް. ހީއެއްނުވެ އެހެން އެއްވެސް ޤައުމްކުން 16 މެންބަރުންގެ ވަފުދެއް ސަމިޓަށް ދިޔަހެނެއް. ތި އެންމެންގެ ޓިކެޓަށް ތިއޮތީ ބޮޑު ހޭދައެއްވެފަ. ތި 16 މީހުންގެ ދައުރަކީ ކޮބައިބާ ސަމިޓްގަ. ހަމަ ރާއްޖޭގެ ހައިބަތު ދައްކާލުންބާ. ޢަދަދު މާގިނައީ
ފަހުދު.
15 June 2024
ގައުމު ފަރައް އަރުވާލާނެ މިފަހަރު. ދެން އަތްޖަހާ. ބާރަށް އަތްޖަހާ
އިކޮނޮމިސްޓް
15 June 2024
ކާން ދީފަ އެކަމޮޑޭޝަން ދީފަ ފަސްޓް ކްލާސްޓިކެޓް ދީފަ ދަތުރުގައި ތިބޭ ދުވަސްތަކަށް އޮފީހުން މުސާރަ ދީފަ ދެން ކޮން ޕޮކެޓް މަނީއެއް ދޭކަށް.. ކީއްކުރަން ދޭ ޕޮކެޓް މަނީއެއްހޭ؟؟؟؟ ނޫސް ވެރިން ވެސް މިކަހަލަ ސުވާލެއް ނުކުރާނެ..
މަރުޖާނު
15 June 2024
އެވެސް ޕޮކެޓްމަނީ ކެއިންބުއިމުގެ ހަރަދާ ގާތްގަޑަކަށް އެއްވަރު???
ޕޮކެޓް މަނީ
16 June 2024
ބްރޯ، ޕްކެޓް މަނީ އަކީ ވެސް މާލިއްޔަތު ގަވާއިދުގަ އިންނަ އެއްޗެއް. އެ ދީފަ އެހެރީ ގަވާއިދާ އެއްގޮތަށް ތޯ ބަލަންޏާ ބަލަންވީ
ބަންގާޅީ
15 June 2024
އަދި ސްޓޮޕް އޯވާ އާއި އިންސިޑެންޝަލްގެ ގޮތުގައި ހަރަދުވި 23،000ރ. މިލިއަން ރުފިޔާއާ އެކު، ޖުމްލަ 3.6 މިލިއަން އެ ދަތުރުފުޅަށް ހަރަދުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. 23،000ރ. މިލިއަން ރުފިޔާއާ އެކު، ޖުމްލަ 3.6 މިލިއަން އެ ދަތުރުފުޅަށް މީކޮންވައްތަރު ހިސާބު. މުއިއްޒު އިބްރާހީމް ބޯސަކަރާތް ހުންނަނީދޯ؟
ސަންޓޯ
15 June 2024
ކީނކުރާނީ, ރުހުމުގެ ލޮލަށް އައިބެއް ނުފެންނާނާ,
ކަޑަބޮއް ސައީދު
15 June 2024
ކީއްކުރަން އެންމެނަށް ފަސްޓް ކުލާހުގަ ޓިކެޓު ދޭންވީ ކީ އެއް؟ ހަމަ އެކަނި ރައީސަށާއި މިނިސްޓަރަށް މޮޅު ޓިކެޓު ދީފައި ދެންތިބި ބޭކާރު ޓުރިޕު އަޅަން ދިޔަ އައުވާނުންނަށް އިކޮނޮމީ އިން ނެގިނަމަ ދަތުރުގެ ހަރަދުގެ ދެބައި ކޮށްފަ އެއްބައި ސަލާމަތް ވާނެ. ގައުމު ދިފާއު ކުރަން ރައްޔިތުން ނިމުމޭ.
އަލްހާން މުހައްމަދު
15 June 2024
ގެންދިޔަ ވަފުދު މިހާރު ވަރަށް ކުޑަ. މީގެ ސަބަބުން ބޮޑު އެއްޗެއް ސޭވްމިވީ. ރަނގަޅު ނިންމުމެއް.
މަސްއޫދު ޝަރީފް
15 June 2024
ސަރުކާރު ދެފުއް ފެންނަ ގޮތަށް ހިންގާތީ ވަރަށް އުފްވޭ
އާމިނަތު ޝިފްލީން
15 June 2024
3 މިލިޔަނަކަށް ވުރެ މާ ގިނައިން މި ދަތުރުގެ ސަބަބުން ލިބެން އެބަހުރި. އެ ޔަގީންކަން ދީފަ މިހުރީ ވަރުގަދަ ތަންތަނުން.
މަހްމޫދު ސައީދު.
15 June 2024
ހަރަދު އެހާ ބޮޑެއް ނޫން. މިދިޔަ ސަރުކާރުން މި ސަރަހައްދުގެ ގައުމަކަށް ދާންވެސް މިގަރު ހަރަދު ކުރި