ޝަހީދު ހުސެއިން އާދަމް ބިލްޑިން: ރޭގެ މާރާމާރީއާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
16 ޖޫން 2024 - 10:06
ދަރުބާރުގޭ ކައިރީގައި ރޭ ހިންގި މާރާމާރީއާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި ރޭ 10:30 ހާއިރު ދަރުބާރުގޭ ކައިރީގައި މާރާމާރީ ހިންގުމުގެ ސަބަބުން އަނިޔާވި މީހާއަށް ސެނެހިޔާ ހޮސްޕިޓަލުގައި ފަރުވާދިން ކަމަށާއި އޭނާގެ ހާލު ސީރިއަސް ނޫން ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކުރި ކަމަށް ފުލުހުން ރޭ މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައިވެ އެވެ.
އެކަމަކު އެ މައްސަލާގައި ހިމެނޭ އިތުރު ދެ މީހަކު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އެ އެންމެނަކީ ވެސް ދިވެހިންނެވެ.
އެ މައްސަލަ އިތުރަށް ބަލަމުންދާ ކަމަށް ބުންޏަސް އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. އެހެންވެ، މާރާމާރީ ހިންގަން މެދުވެރިވި ސަބަބެއް ސާފެއް ނުވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޫސް
18 June 2024
ހިންގާން. ބޮޑު މުސާރަ ނަގައިގެން ފުލުހުން ރަނގަޅު ކަމެއް ނުކޮށް ތިބެނީ އޮފީސް ތެރޭގެ ގަނޑު ޖަހަން. ޓްރެފިކު ކޮންޓްރޯލް ކުރަން މީހަކު ހުންނަނީކީ ނޫން. މަގުމަތި ބަލަހައްޓަން ބަޔަކު އުޅެނީކީ ނޫން. ކަނޑުމަތި ބަލަހައްޓަން ބަޔަކު އުޅެނީކީ ނޫން. ބަޔަކު އުޅޭ ގޮތެއް ބަލަނީކީ ނޫން. މޮޅު ވާހަކަ ދައްކައިގެން ސިޔާސީ މީހުން ހައްދައިގެން އުޅޭ ބައެއް މިނޫނިއްޔާ ނޫޅޭނެ
ޙެލޮ
16 June 2024
ފޮޓޯ ވެސް ލާބަލަ ދޯ
ސަބުނަމު
16 June 2024
ކިހާ ދެރަ. އެ ގެއްލުނީ އީދު.
އޮނަރަބްލް އަފީފު ދީދީ
16 June 2024
ސަބަބެއް މެދުވެެރިވެގެންވެސް މާރާމާރީ ހިންގާ އެހެން މީހެއްގެ ޖިސްމަށް ނަފުސަށް ގެއްލުން ދިނުމަކީ އެއްވެސް ހާލެއްގައި ހުއްދަ ކުރެވޭނެ ކަމެއްނޫން. އެހެން ކަމުން މާރާމާރީ ހިންގާން މެދުވެރިވި ސަބަބު ބަލައިގެން ތިއީ ނުހިގާ ކަމެއްކަމަށް ހަދާން މަސައްކަތް ކޮށްގެން ނުވާނެ. # މިފަދަ ބޮޑެތި ޖަރީމާތަކާއި ގުޅިގެން ފުލުހުންދޭ ބަޔާންތަކާއި ޕްރެސް ބްރީފިންގތަކުގައި ކުށްކުރިފަރާތުން އެކަންކުރީ ނުބައި މަޤުސަދެއްގައިނޫންކަން ހާމަވާގޮތަށް ވާހަކަދައްކާފައި އެބަހުރި.