މީހެއްގެ ބޮލުގައި މި މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ މަރުތޭލަކުން ޖެހުމަށް ފަހު ފިލައިގެން މެލޭޝިއާ އަށް ދިޔަ އަރީޝް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި.---ފޮޓޯ: މިހާރު
13 ފެބުރުއަރީ 2025 - 17:51
މާލޭގައި ސިލްސިލާ މާރާމާރީތައް ހިންގާ ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި ފަސް މީހަކު ކްރިމިނަލް ކޯޓުން އިއްޔެ ދޫކޮށްލައިފި އެވެ.
އެ މީހުން ދޫކޮށްލީ ތަހުގީގު ބޭނުމަށް ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ގެންދިއުމުންނެވެ. މައުލޫމާތު އެނގޭ މީހަކު ބުނިގޮތުގައި ދޫކޮށްލި ފަސް މީހުންގެ ތެރޭގައި ނުރައްކާތެރި ކުށްތަކުގެ ކުށުގެ ރެކޯޑް އޮންނަ މީހުން ވެސް ހިމެނެ އެވެ.
އެނގިފައިވާ ގޮތުގައި މާލޭގައި މިހާރު މާރާމާރީތައް ހިންގަމުން ދަނީ ދެ ގޭންގެއްގެ ހަމަނުޖެހުމެއްގެ ތެރެއިންނެވެ.
އެ ސިލްސިލާ މާރާމާރީގެ ތެރެއިން މި މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ އައިޖީއެމްއެޗު ކައިރިން މީހެއްގެ ބޮލުގައި މަރުތޭލަކުން ޖެހި މައްސަލާގައި ހިމެނޭ އިސް މީހަކު ފިލައިގެން މެލޭޝިއާ އަށް ދިއުމުން، އެ ގައުމަށް އެތެރެވިޔަ ނުދީ ހުއްޓުވުމަށް ފަހު މިއަދު ހެނދުނު ފުލުހުން ވަނީ ރާއްޖެ ގެނެސްފަ އެވެ.
ފުވައްމުލަކު، ބަނަފްސާގޭ ހުސައިން އަރީޝް، 31 ފުރައިގެން ދިޔައީ އޭނާ ހައްޔަރު ކުރުމަށް ކޯޓު އަމުރު ހޯދާފައި ވަނިކޮށް ކަމަށް ފުލުހުން މިއަދު ބުންޏެވެ.
މަރުތޭލަކުން މީހެއްގެ ގައިގައި ޖެހި މައްސަލައިގެ ތުހުމަތަށް ފުލުހުން މިއަދު ހައްޔަރުކުރި އަރީޝް.
އޭނާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރު ކުރުމަށް ފަހު، ފުލުހުން ބުނީ އެއީ ނުރައްކާތެރި ކުށްތައް ކުރުމުގެ ކުށުގެ ރެކޯޑު އޮންނަ ނުރައްކާތެރި މީހެއް ކަމަށެވެ. އަދި އެއީ މާފަންނުގައި އޮޕަރޭޓްކުރާ ގޭންގެއްގެ އިސް މީހެކެވެ.
އަރީޝްގެ ކުށުގެ 26 ރެކޯޑެއް އޮންނަ ކަަމަށް ފުލުހުން ބުންޏެވެ. އެއީ:
1- މާރާމާރީގެ 15 ރެކޯޑެއް
2- މަސްތުވާތަކެތީގެ ހަ ރެކޯޑެއް
3- މީހުންގެ މުދަލަށް ގެއްލުން ދިނުމުގެ ތިން ރެކޯޑެއް
4- ތޫނު ހަތިޔާރު ގެންގުޅުމުގެ ދެ ރެކޯޑެއް.
ހުޅުމާލޭގެ ރެހެންދި ޓާފް ދަނޑު ކައިރިން މި މަހުގެ 8 ވަނަ ދުވަހުގެ ރޭ މީހަކަށް ހަމަލާދީ ޒަހަމްކޮށްލުމަށް ފަހު، ފިލަން މާލެ އަންނަނިކޮށް ވެސް ދެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
ހުޅުމާލޭގެ ޓާފް ދަނޑު ކައިރިން މީހަކަށް ކޯރާޑިއަކުން ހަމަލަދިން މަައްސަލައިގެ ތުހުމަތަށް ހައްޔަރުކުރި ދެ މީހުން: މީގެ ތެރެއިން ސައިފުﷲ ބަންދު ކޮށްފައި ވަނީ ތަހުގީގާއި ޝަރީއަތް ވެސް ނިމެންދެން.
ހުޅުމާލޭ ބޯގަންވިލާ މަގުގައި ހުންނަ ރެހެންދި ޓާފް ދަނޑުގެ ހުޅަނގު ފަަޅީގައި މަޑުކޮށްގެން ހުރި މީހަކަށް ކޯރާޑިއަކުން ހަމަލާދިން އެ މައްސަލާގައި ހައްޔަރުކުރީ ގދ. ފިޔޯރީ، ހީނާމާގޭ ރުސްތުމް އިބްރާހިމް، 25 އާއި ބ. ގޮއިދޫ ފިނިފެންމާގޭ ސައިފުﷲ ފައިސަލް، 19 އެވެ. އޭގެ ތެރެއިން ސައިފުﷲ ބަންދުކުރީ އެ މައްސަލައިގެ ތަހުގީގާއި ޝަރީއަތް ނިމެންދެންނެވެ. ރުސްތުމްގެ ބަންދަށް މި މަހުގެ 10 ގައި ކޯޓުން ދިނީ ތިން ދުވަހެވެ.
ދެ ގޭންގެއްގެ ދެމެދުގައި މާރާމާރީ ހިންގާ ސަބަބެއް އަދި ފުލުހުން ނުބުނެ އެވެ.
މާރާމާރީތައް މި ދުވަސްކޮޅު އިތުރުވާތީ، ހެލްމެޓް އެޅުން ލާޒިމް ނޫން ތަންތަނުގައި ހެލްމެޓް އަޅައިގެން ތިބޭ މީހުންގެ ތެރެއިން ޝައްކުވާ މީހުންނާ ސުވާލުކޮށް ފާސްކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗޫޤީ
14 February 2025
ޤާޟީން ސައިޒުވީތޯއެވެ. ނުވަތަ ވެރިން އަންގައިގެން ތޯއެވެ. ނުވަތަ އިޖުރާއަތްތައް ފުރިހަމަ ނުވީތޯއެވެ. އަހަރެން ދޭންއޮތް ނަސޭހަތަކީ "إتق ﷲ".
ނާޑުވާ
14 February 2025
ކޯޓުތަކުން ތިޔަ ހައްދަވަނީ ހަމަ ދިވެހިން ބޭނުންވާ ގޮތަށް. ތިޔަގޮތަށް ކޯޓުން ދޫކޮށް އިތުރު މީހަކު މަރާލައިގެން އެކަން ބަލައިގަންނަން އުނދަގޫވެ ޣާޒީ ހައްޔަރު ކުރީމަ ވައްޓާލީ ވެރިކަން.
މާރާމާރީ ހުއްޓުވޭނީ ވެސް ހަމަ އެކުދިންނަށް
13 February 2025
އެއްބަޔަކު އަނެއްބަޔަކާއި ތަޅާނުފޮޅައި ޞުލްވުމުން ނޫންގޮތަކަށް އެކަމެއް ނުހުއްޓުވޭނެ އެވެ.
ތެލި
13 February 2025
ތިއީ މިގައުމުގަ ސަލާމަތްކަން ލިބިގެންވާ ބައެކެވެ.
ހަމާކް
13 February 2025
އިއްޔެ ބުނީ އަދުލުއިންސާފު މެކުހަށް ޖަހާ ވާހަކަ.މިއަދު އެކަން ފެނިގެން މިދިޔައީ..ކޯޓްތައް ކުދިވެ ޖާގަ މަދުވީމަ ވާގޮތް..ފުލުހުން އެމެރިކާއަށް ކޯސްހަދަން ފޮނުވާލެއްވެސް މަދީ..
ކުރީގެ ފުލުހެއް
13 February 2025
މިކަމާ ހެދި އަހަރެން ފުލުހުން ވަކިވީ. ކުރާ ބުރަ މަސައްކަތް އެއްވެސް ހައްގަކާ ނުލާ ކޯޓުން ބޭކާރު ކޮއްލަނީ. ހުރިހާ ބްލޭމެއްވެސް ނަގަން ޖެހެނީ ފުލުހަށް. އެންމެނައްސް ހީވަނީ ފުލުހުންނޭ މި ދޫކޮއްލަނީ
ރާއްޖެ
13 February 2025
ގޯސް ވާނީ އެއްކަލަ ފުލުސް މީހާ.
ސަފާލް
13 February 2025
މިމީހުން ހައްޔަރުކުރާ ބަޔަކަށް ދެން ފިޔަވަޅު އަޅާބަލަ..އަދިވެސް ފުލުހުންނާއި ކޯޓް ތަކުން މޮޅުވާހަކަ ދައްކާނެ...ކޮބާ ހޯމް މިނިސްޓަރ؟؟ގޭންގްތަކުގެ މީހުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ހަދައި ރައީސްއާއި މިނިސްޓަރުންނަށް އޮންނަ ސެކިއުރިޓީ ދޭންޖެހޭ..
ކޮރަލް
13 February 2025
ކޯޓް ތަކުން ކުއްވެރީން ދޫކުރާ މީޙުންގެ މައްސަލަ ސަރުކާރުން ބަލަން ބޭނުން ނަމަ ބެލޭނެ އެވެ. ބަލަން ވީ އެވެ. އެއޮތީ މަޖްލީހުގެ މެޖޯރިޓީ ބާރުވެސް ރައީސް އަތުގަ އެވެ.
ރާވެރިބެ
13 February 2025
ދެން މިނިސްޓަރު ބުނާނީ ކީކޭބާ؟ ކޮބަޔޯ މައްސަލައަކީ؟ ގޯސްވާނީ ގާޒީބާ ނޫނީ ފުލުހުންބާ ނޫނީ ޕީޖީބާ ނޫނީ ކުޅިބަލާ މީހުންބާ؟ ކުޅިބަލާ މީހުން ދޯ؟