ރާއްޖޭގެ ރަށެއްގައި ހިންގާ މަޝްރޫއުއެއް. ސަރުކާރުން އަންނަނީ މަޝްރޫއުތަކަށް ކުރާ ހޭދަ ވަރަށް ބޮޑަށް ކުޑަކޮށްފައި -- ފޮޓޯ: މިހާރު
19 ޖޫން 2024 - 10:09
ސަރުކާރުން އުމްރާނީ ބޮޑެތި މަޝްރޫއުތަކަށް ކުރި ހޭދަ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދަށްވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ކެޕިޓަލް ހަރަދުގެ ގޮތުގައި މި އަހަރުގެ މިހާތަނަށް ހޭދަކުރީ 3.5 ބިލިއަން ރުފިޔާ އެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ ގާތްގަނޑަކަށް 50 ޕަސެންޓު ދަށް އަދަދެކެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފަހު އަހަރު، މި މުއްދަތުގައި ދައުލަތުން ކެޕިޓަލް ހަރަދުތަކަށް 6.5 ބިލިއަން ރުފިޔާ ހޭދަކުރި އެވެ.
މި އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގައި ބޮޑެތި މަޝްރޫއުތައް ހިންގުމަށް 13 ބިލިއަން ރުފިޔާ ކަނޑައަޅާފައި ވެ އެވެ. އެކަމަކު، މި އަހަރުގެ މިހާތަނަށް ހަރަދުކުރީ ބަޖެޓުގެ 26 ޕަސެންޓެވެ.
މި އަހަރުގެ އުމްރާނީ މަޝްރޫއުތަކަށް ކުރާ ހޭދަ އެހާ ބޮޑަށް ދަށްވެފައިވަނީ މަގު ހެދުމާއި އެއާޕޯޓު ޕްރޮޖެކްޓްތަކަށް ކުރި ހޭދަ ކުޑަވުމުންނެވެ. މި އަހަރުގެ މިހާތަނަށް އެފަދަ މަޝްރޫއުތަކަށް ހޭދަކުރީ 300 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު ޖޫން މަހާ ހަމައަށް އެފަދަ މަޝްރޫއުތަކަށް ދެ ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
މި ސަރުކާރުން އަންނަނީ ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމަށްޓަކައި އިތުރު ފިޔަވަޅުތައް އެޅުމަށް ތައްޔާރު ވަމުންނެވެ.
މި އަހަރުގެ ޖުމްލަ ހަރަދު ވެސް ވަނީ 2.4 ބިލިއަން ރުފިޔާ މިދިޔަ އަހަރަށް ވުރެ ކުޑަކޮށްފަ އެވެ. ހަރަދުތައް އެންމެ ބޮޑަށް ކުޑަކޮށްފައި ވަނީ ޕްރޮޖެކްޓްތަކުންނެވެ.
ދައުލަތުގެ ޖުމްލަ ބަޖެޓު 49.8 ބިލިއަން ރުފިޔާ އަށް އަރާއިރު، މި އަހަރުގެ މިހާތަނަށް ބަޖެޓުން ވަނީ 18.8 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެކެކެެކެކެކެކެކެ
20 June 2024
ޑޮލަރު ގަންނަން ނުލިބޭ މިހާރަކު!!
ޟމމމމމ
19 June 2024
މަޝްރޫޢުތައް ކުރިއަކަށްނުދޭ. ކުރީ ސަރުކާރުން ފެށި މަމެން ރަށު ބަނދަރު އަޕްގްރޭޑް ކުރުން ރޮކެޓް ސްޕީޑްގައި ކުރިއަށްދަނިކޮށް މިސަރުކާރު އައިފަހުން ހުއްޓިއްޖެ. ފެނާ ނަރުދަމާ ކުރީ ސަރުކާރުން %80 ނިންމާފައިވިޔަސް މިސަރުކާރަށް 7 މަސްވީއިރުވެސް ކުރިއެއްކަމެއްވެސް ނެތް. މިއަހަރު ބަޖެޓްގައި ފެށުމަށް ނިންމި އެއްވެސް މަޝްރޫޢެއްވެސް އަހަރު މެދަން ދިޔައިރުވެސް ނުފެށި.
އަޅުކަލޭ
19 June 2024
ރުހޭލޮލަކަށް އައިބެއް ނުފެންނާނޭ، މުއިޒުގެ ސްޕީޑް ނެތްކަން މިޔަގީންވަނީ، ރައިސް ޔާމިންގެ ހުރިހާ ކުރޑިޓެއް ނަގާގެން، ތިމަންނަ ކުރިކަމޭ ކިޔާގެން ވެރިކަން ލިބުނީމަ، ކޮވިޑްގެ ދަތިހާލުގައި 2 އަހަރު ރާއްޖޭއިން ބޭރުން މުދާ ނުގެނެވީ ލަސްވިކަންލާގެންވެސް އިބޫ އަށް ވީވަރުވެސް ނުވޭ، ޔާމިންގެ ސްޕީޑް ކުރިން ފެނުނީ، ފުލެޓްގަނޑުވެސް ދޭންވާ ބަޔަކުވެސް އަދި ނޭގިގެން އުޅެނީ، އިބޫއެދި އެތި ހަދަން ވިސްގެން އެހެރީ، ކުރިޔަށް އޮތް 5 އަހަރު ޔަގީންތޯ؟ މުވަޒަފުން މަދީތޯ
ގުދުގުދާބެއްޔާ
19 June 2024
ފައިސާ ދޭނެ އެއްވެސް ފަރާތެއްނެތް! ދެން މުއިޒައް ކޮންކަމެއްތަ ކުރެވޭނީ! އަދިވެސް ވެރިކަން މަށައްވާނެޔޭކިޔާފަ އަޚްވާނުންނަށް މަގާމްތައް ހަމަޖެއްސޭތޯބަލާ!
މޮނާ
19 June 2024
ވަރަށް ރަގަޅުކަމެއްތީ. ބޭކާރު މަޝްރޫއުތަށް ހުއްޓާލަންވީ ވަގުތުއައިސް ޖެހިއްޖެއް. ބޭރުމީހުން މަދުކޮށް ދިވެހިން މަސައްކަތްކުރަންވީ އޭރުން ގައުމު ހިގައިގައްނާނީ. އަދި ފުލުހުންގެ އިދާރާ އުވާލާ އެކަން ކުރެވޭވަރުގެ ކުޑަ މުއައްސަސާއެއް ހަދަންވީ. ގާނޫނު ތަންފީޒުކުރެވޭ ވަރުގެ ބަޔަކު މިގައުމުގައި އުފައްދަންވީ.
ސަބޭ
19 June 2024
ޚަރަދު ކުޑަކުރީއޭ ކިޔައިގެން މި ލިޔުއްވަނީ މިހެންވެ ދޯ. އެކަމަކުވާ. ސިޔާސީ މަގާމްތައް އިތުރު، މުސާރަ އިތުރު، ދަތުރު އިތުރު، މަރާމާތު ޚަރަދު އިތުރު، އިދާރީ ޚަރަދު އިތުރު. ތަރައްޤިގެ މަޝްރޫއުތައް އެކަމަކު ހުއްޓިފައި. މިސްރާބު ރަނގަޅެއް ނޫން. އަދި ރަނގަޅު ކުރަން ވެސް ކަމެއްކުރާ ތަނެއް ނުފެނޭ.
އީދު ސައީދު
19 June 2024
މައްސަލައަކީ މަޝްރޫއުތަކަށް ފައިސާ ނުދީ ކޮންމެ ރަށަކުން އެތައް ބަޔަކަށް ސިޔާސީ މަގާމް ބަހާތީ. މިކަމުގެ ސަބަބުން ވަޒީފާ ލިބޭ މީހާއަށާއި އޭނާގެ އައިލާއަށް ރަނގަޅުވި ނަމަވެސް ހުރިހާ ރައޔިތުންނަށް ޖުމްލަ ގޮތެއްގައި ލިބޭ ފައިދާއެއް ނެތް. މަޝްރޫއުތައް ހުއްޓާފަ ހެސްކިޔާފަ ރިކަރަންޓް ޚަރަދު ބޮޑުކުރީމާ ފައިދާތޯ ވަނީ؟
އަދި ކިރިޔާ މިސްރާބު ހަމަ މަގަށް
19 June 2024
ޑރ. މުޢިއްޒުއަކީ ޙިކުމަތްތެރި ބޭފުޅެއް. ވޭތުވެދިޔަ ވަޅޯ ސަރުކާރުން ކަންކޮށްފަ އޮތްގޮތުން އިޤްތިޞާދު ހަމަޔަކަށް އަޅުވަން ވަގުތުކޮޅެއް ބޭނުންވާނެ. ކަންތައްތައް ހިނގައިގަތީމަ ކަންކަން ދާނީ އިރާދަކުރެއްވިއްޔާ ފަތުއަޑުކިޔާފަ ހަމަ މުޢިއްޒު ސްޕީޑްގަ. އިރާދަކުރެއްވިއްޔާ ދިވެހިންނަށް އެ ކަން މި ދައުރު ތެރޭގައި ފެނިގެންދާނެ
ނާޑުވާ
19 June 2024
އިގްތިސޯދު ހަމަޔަކަށް އަޅުވަން ތަރައްޤީގެ މަޝްރޫޢުތައް ހުއްޓާލާފަ ހާހުން ސިޔާސީ މަޤާމް އިތުރުކޮށް އެބައި ގާތްމީހުންނަށް ބަހާލަނީ.
123456789
19 June 2024
މިސަރުކާރުން އެއްވެސް މެގަ ޕްރޮޖެކްޓެއް ފަށާނެޔޭ ހިތެއް ނުބުނެ
ލިއުނާ
19 June 2024
ރަނގަޅު. މަޝްރޫތައް ހިންގަން ވާނީ ދެކޮޅު ޖެހޭ ގޮތައް. ހަމަ މަޝްރޫއެއް ހިންގިޔަސް ނުވާނެ
ޔާސީން.
19 June 2024
ކުރީ ސަރުކާރުން މަގުހެދުމުގެ ނަމުގަ ފައިސާ އިސްރާފު ކުރީ. އެތަފާތު އެއީ.