ވޯލްޑް ބޭންކުގެ އާ ކަންޓްރީ ޑައިރެކްޓަރު ޑޭވިޑް.--- ފޮޓޯ: ވޯލްޑް ބޭންކް
20 ޖޫން 2024 - 13:29
ވޯލްޑް ބޭންކުން ރާއްޖެ އާއި ނޭޕާލް އަދި ސްރީ ލަންކާ އަށް އާ ކަންޓްރީ ޑައިރެކްޓަރެއް ހަމަޖައްސައިފި އެވެ.
ވޯލްޑް ބޭންކުން ބުނީ، އަންނަ މަހުގެ އެއް ވަަނަ ދުވަހުން ފެށިގެން އެ ތިން ގައުމުގެ އާ ކަންޓްރީ ޑައިރެކްޓަރަކީ ޑޭވިޑް ސިސްލަން ކަމަށެވެ.
މީގެ ކުރިން އެ މަގާމުގައި ހުންނެވީ ފާރިސް ހަދާދް ޒާވޯސް އެވެ.
އާ ކަންޓްރީ ޑައިރެކްޓަރު ޑޭވިޑަކީ އެމެރިކާ އާއި އިޓަލީ އަށް ނިސްބަތްވާ ރައްޔިތެކެވެ.
އޭނާ ވޯލްޑް ބޭންކާ ގުޅިވަޑައިގަތީ 2001 ވަަނަ އަހަރު އެވެ. އެ ބޭންކުގައި އެންމެ ފުރަތަަމަ މަސައްކަތް ކުރެއްވީ އާބަން ކްލަސްޓާ ޔުނިޓުގެ އިކޮނޮމިސްޓެއްގެ ގޮތުގަ އެވެ.
އެންމެ ފަހުން އޭނާ ހުންނެވީ ލެޓިން އެމެރިކާ އާއި ކެރީބިއަން ރީޖަންގެ ވޯލްޑް ބޭންކްގެ މެނޭޖަރަކަށެވެ.
ޑޭވިޑް ސިސްލަން ވިދާޅުވީ އާ މަގާމާ ހަވާލުވެ، އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ސަރުކާރުތަކާ ގުޅިގެން ތަރައްގީގެ މަޝްރޫއުތައް އަވަސް ކުރުމަށް ކަމަށެވެ. އާ މަގާމާ ހަވާލުވެ ރާއްޖެ އާއި ނޭޕާލް އާއި ލަންކާގެ 4.8 ބިލިއަން ރުފިޔާގެ މަޝްރޫއުތައް އޭނާ ބަލަހައްޓަވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބްރިކްސް
21 June 2024
ބްރިކްސް ބޭންކާ ގުޅެން ފެނޭ.
އިއްޒަތްތެރި މެމްބަރު
20 June 2024
މިކަހަލަ އެޖެންޑާ އެޖެންޓުން ރާއްޖެ ނުވައްދާތި.