25 ޖޫން 2024 - 15:26
ބޮލީވުޑް އެކްޓަރު ފަރްހާން އަކްތަރު ޑައިރެކްޓު ކުރާ ފިލްމު "ޖީ ލޭ ޒަރާ"ގެ މަސައްކަތް މި އަހަރު ވެސް ނުފެށޭނެ ކަމުގެ އިޝާރާތެއް ދީފި އެވެ.
"ޖީ ލޭ ޒަރާ" އަކީ އާލިއާ ބަޓް އާއި ކެޓްރީނާ ކައިފް އަދި ޕްރިޔަންކާ ޗޯޕްރާ ލީޑު ރޯލު ކުޅޭ ގޮތަށް ހަމަޖައްސާފައިވާ ފިލްމެކެވެ.
މިފަހުން މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި އާލިއާ ވަނީ މި ފިލްމުގެ މަސައްކަތް ނުފެށި ލަސްވާ ސަބަބު ބުނެފަ އެވެ.
އާލިއާ ބުނި ގޮތުގައި، މި ފިލްމުގެ މަސައްކަތް ލަސްވަނީ ފިލްމުގައި މަސައްކަތްކުރަން ތިބި އެންމެން އެހެން މަސައްކަތްތަކުގައި ބިޒީވެ އަދި ވަގުތު ނުދެވި އޮތުމުންނެވެ.
ފަރްހާން ވެސް މިހާރު އަންނަނީ އާމިރު ހާންގެ ފިލްމެއް ކަމަށްވާ "ޗެމްޕިއަން"ގައި މަސައްކަތްކުރަމުންނެވެ.
ޕްރިޔަންކާ ހޮލީވުޑް ފިލްމުތަކުގައި ބިޒީވުމުން މިދިޔަ އަހަރު އޭނާ ވަނީ މި އަހަރުގެ ތާރީހަކަށް މި ފިލްމުގެ ޝޫޓިން ބަދަލުކޮށްދޭން އެދިފަ އެވެ. ނަމަވެސް މި އަހަރު އާލިއާ އެހެން ވަރަށް ގިނަ ފިލްމުތަކުގެ މަސައްކަތް ކުރަން ޖެހުމުން މި އަހަރު ވެސް މި ފިލްމުގެ މަސައްކަތް ނުފެށޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
2024
25 June 2024
ދެން ތިހާ ބިޒީ މީހުން ލައިގެނެއް ތިކަމެއް ނުވާނެއްނު.... ބޮއިހަލަކި