ޕީޖީ ޝަމީމް: މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް ޕީޖީ ހާޒިރުކުރަން ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
24 ޖޫން 2024 - 15:37
ޖިނާއީ އަދުލުގެ ނިޒާމާ ބެހޭގޮތުން މައުލޫމާތު ހިއްސާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެދުމުން ޕީޖީ ހުސައިން ޝަމީމް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އަށް ހާޒިރުކުރަން އެ ކޮމިޓީން މިއަދު ނިންމައިފި އެވެ.
ޖިނާއީ އަދުލުގެ ނިޒާމާ ބެހޭ މައުލޫމާތު ހިއްސާ ކުރުމަށާއި އެ ނިޒާމާ ބެހޭގޮތުން މަޖިލީހުގެ ވިސްނުން ހުރި ގޮތް ބެލުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާ ބައްދަލުކުރަން ޕީޖީ އޮފީހުން ދާދި ފަހުން ވަނީ ސިޓީއެއް ފޮނުވައިފަ އެވެ.
ޖުޑިޝަރީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުުވުމުގައި ބައިވެރިވެވަޑައިގަތް ހުރިހާ މެމްބަރުންގެ އިއްތިފާގުން ނިންމީ ޕީޖީއަށް އެ ފުރުސަތު ދިނުމަށް އެ ކޮމިޓީ އަށް ހާޒިރު ކުރުމަށެވެ.
ކްރިމިނަލް ކޯޓަށް ދިމާވެފައިވާ ޖާގައިގެ މައްސަލައާ ގުޅޭގޮތުން ކްރިމިނަލް ކޯޓާއި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ވެސް އެ ކޮމިޓީ އަށް ހާޒިރުކުރަން މިއަދު ނިންމި އެވެ.
މީގެ އިތުރުން ޖުޑިޝަރީ ކޮމިޓީއާ ގުޅުން ހުރި ދައުލަތުގެ އެހެން އިދާރާތަކުގެ މަސައްކަތްތަކާބެހޭ މައުލޫމާތު ވެސް ހޯދުމަށްޓަކައި ކޮމިޓީން ކަނޑައަޅާ ތަރުތީބުން އެ ފަރާތްތަކާ ބައްދަލު ކުރުމަށް ވެސް ޖުޑިޝަރީ ކޮމިޓީން މިއަދު ނިންމި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެއިްނ ޝާމް
25 June 2024
ﷲއަކްބަރު، ﷲއަކްބަރު، މަޖިލީހުގެ މަސައްކަތް ބާރަށް ކުރިއަށްދާނަމަ ތައުފީޤުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގާ އިލެކްޝަން ކޮމިޝަނުން ބޭރުކޮށްލަފާނެ.މަނިކުފާނު އެއްގޮތަކަށްވެސް މާލީ ބަަޔާނާ ބެހޭ ގޮތުން އެއްވެސް ބަހެއް ނުބުނެ ބަޤަރާ ސޫރަތް ކިޔަވަން މިސްކިތުގަ ބަސް އަހައިގެން އިންނަވާތި.އަދި އެއިންނަވާ ވަގުތު ދަރިފުޅަށް ޖަންނަތުލް ފިރުދައުސް ލިބޭތޯ ދުޢާ ކުރާތި.އަޅުގަނޑުވެސް ދުޢާކުރާނަން.މަނިކުފާނު ދުޢާ ކުރާތި މަޖިލިސްމެމްބަރުްނަށް ހެޔޮވިސްނުން ދެއްވާތޯ
ކުޑަވަކީލު
25 June 2024
މަދަނީ މައްސަލަތައް ލަސްވުމުގެ މައްސަލަވެސް ބަލަންޖެހޭ. ތަރިކަ މައްސަލައެއް ނިންމަން ދެއަހަރު ތިންއަހަރު. ޙިބަ މައްސަލައެއްވެސް އެވަރު. މައްސަލަ ހުށަހަޅައިގެންގޮސް ކޯޓަށް ސިޓީ ފޮނުވާ ކައުންޓަރު ދޮށުގަ ހަޅޭލެވީމަ ކިރިޔާ ހިރިލަނީ
ުލުލު
24 June 2024
ސުއްބޫހުން. މިއީ އެއްކަލަ އެކްޓަރު، ހާދަ ހީވޭ މި ޖަހަނީ ބޯޅައެއްހެން.
ގެސްމާ
24 June 2024
ހަރާންހުކުމޭބުނީ ކާކު ތޯ. ފުރަތަމަ އެކަންބަލާ. ބުނުމަކީ ގާނޫނީ ކުށެއް ނޫންތޯ
ރަދީފު ބިން ރަފައިދާ
24 June 2024
މަޖުލީހުގެ ކުޅިވަރު ކޮމެޓީއަށްވެސް އޭނާ ގެންދަންވާނެ. އެއީ ކަނޑެއް ފަތައިގެން ހުރަސްކޮށްފާނުވާތީ މިއިންދުވަހަކު.
އީޖީ
24 June 2024
ޕީޖީ ބައްދަލުވުމަކަށް އެދުމުން، ޕީޖީ "ހާޒިރުކުރަން" ނިންމީތަ ނުވަތަ އޯޑިއެންސެއް ދޭން ނިންމީތަ؟