ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ
24 ޖޫން 2024 - 20:55
ހަރަދު ކުޑަކުރުމާއި އާމްދަނީ އިތުރުކުރުމުގެ ސިޔާސަތު އަދި މީޑިއަމް ޓާމް ރެވެނިއު ސްޓްރެޓެޖީއެއް އެކުލަވާލައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް މިގޮތަށް ނިންމެވީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓްރީން ހުށަހަހެޅި ކަރުދާހާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ އޮފީހުން މިއަދު ބުނި ގޮތުގައި އިގުތިސާދު ސިންދަފާތު ކުރުމަށާއި އާމްދަނީ އިތުރުކުރުމަށް އިތުރަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ ބަލައި، އެކަންކަމާ ގުޅޭ ގޮތުން ކުރަންޖެހޭ ކަންކަން ވަޒީރުންގެ މަޖިލީހުގެ ސަބް-ކޮމިޓީއަކުން ކުރިއަށް ގެންގެންދަން ވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމައިފަ އެވެ.
ފިނޭންސް މިނިސްޓްރީން މިހާރު ވެސް ވަނީ ދައުލަތުގެ ހަރަދުތައް ކުޑަ ކުރަން ބައެއް ފިޔަވަޅުތައް އަޅައި، ބައެއް ކަންކަން ތަންފީޒު ކުރަން ހުށަހަޅައިފަ އެވެ.
ރާއްޖޭގެ އިގުތިސޯދީ ހާލަތާ ގުޅޭ ގޮތުން ކަންބޮޑުވުން އޮތުމުން، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ ދައުލަތުގެ މާލީ ހާލަތާއި އިގްތިސާދީ ހާލަތާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީގެ މުވައްޒަފުންނާ ބައްދަލު ކުރުމަށް ނިންމައިފަ އެވެ.
މިއަދު އެކަމަށްޓަކައި ބޭއްވި ކޮމިޓީ ބައްދަލުވުން ކުރިއަށް ގެންދިޔައީ ސިއްރުންނެވެ. މި ބައްދަލުވުމަކީ އީދު ބަންދުގެ ކުރިން ބޭއްވި މާލިއްޔަތު ކޮމިޓީގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ އިސްނެންގެވުމުގެ މަތިން ރާއްޖޭގެ އިގްތިސާދީ ހާލަތު ދެނެގަތުމަށްޓަކައި ބޭއްވި ބައްދަލުވުމެކެވެ.
އެ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އޭނާ ވަނީ ރާއްޖޭގެ މިވަގުތުގެ މާލީ ހާލަތާ ގުޅޭ "ހިތި ބޭސް ސިޓީއެއް އޮތިއްޔާ" އެ ކަން ނުފޮރުވައި، ރައްޔިތުންގެ މަޖިލީހަށާއި ރައްޔިތުންނަށް ހާމަކޮށްދިނުމަށް ސަރުކާރުގައި އެދިވަޑައިގެންފަ އެވެ.
އަންނަ އަހަރުގެ ބަޖެޓު ފާސްކުރަން ނޮވެމްބަރު މަހާ ހަމައަށް މަޑުނުކޮށް، މިހާރުން މިހާރަށް ރާއްޖޭގެ އިގުތިސާދީ އަދި މާލީ ހާލަތު ތެދުބަހުން ކިޔައިދޭން ނާޒިމް ވަނީ ފިނޭންސް މިނިސްޓްރީއަށް އިލްތިމާސް ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢައްޔަސ
25 June 2024
އެއްވެސް މީހަކު ނުދައްކާ ވާހަކައެއް ޢިބޫ ސަރުކާރުގެ ފަހު ދައުރުގަ ޓީޗަރުންނާ ނަރުހުންގެ މުސާރަ ބޮޑުކޮށްގެން އެއްޗެހީގެ އަގުތައް ފިހާރަވެރިން ބޮޑު ކޮށްލި މިހާރު ފިހާރައަކަށްވަދެ ދެތިން އެއްޗެއް ގަނެލާއިރަށް 500 އަރާފަ ހުންނަނީ. ޥަކި ބައެއްގެ މުސާރަ ބޮޑު ކުރިއްޔޭ ކިޔާފަ އެއްވެސް ޓެކްސްއެއް ނުނަގާ އިރު މިހެން އެއްޗެހީގެ އަގު ބޮޑު ކުރެވިޔަ ދީގެން ނުވާނެ. މިކަން ރަނގަޅު ކުރަންވެސް އެއްކަމެއްވެސް ނުކުރޭ. މުއިއްޒުވެސް ބޮޑު ތަނުން ފެއިލް.
ޟައިދހ
25 June 2024
ޙައު؟ ރަށްރަށުގަ އެބަ ތިބި މެޖިސްޓްރޭޓުން އަގަމަށްޗަށް ޖަހާއިން ކުރާނެ މަސެއްކަތެއް ނެތިފަ، މައްސަލައެއް ބަލަން ނުޖެހޭތާ ހައެއްކަ މަސް ދިޔަޔަސް 40،000 އެބަ ލިބޭ. މީ މިސަރުކާރު އާ ފަހުން މުސާރަ ބޮޑު ކުރި ބައެއް. ޢެކަމް މާލޭގަ ހަތަރެއް ފަހެއް ޖަހަންދެން މަސައްކަތް ކުރިއަސް ޑޯންޓްގެޓް އަ ގުޑް ސެލަރީ
އައްސަދުު
25 June 2024
ގައުމު މިހާލަތަށް ވައްޓާލީ އެމްޑީޕީގެ 2 ވެރިކަމުގައެވެ. ވ ސާފު
ލުފްޝާން
25 June 2024
މަ ކިތަންމެ މުއިއްޒުދެކެ ހިތްހަމަ ނުޖެހުނަސް ރަނގަޅު ކަމެއް ކޮއްފިނަމަ އެކަމަކައް ތާއީދު ކުރާނަން.. މީ ހަމަ 100 ކައިގެ ކަމެއް
ރިފާން
25 June 2024
ގައުމުގަ ހުރި މައްސަލަތައް ހައްލުކުރަން މުއިއްޒު ކުރައްވާ ބުރަ މަސައްކަތަކީ ތައުރީފު ހައްގު މަސައްކަތެއް
ފާއިދް
25 June 2024
ދުވަހަކުވެސް ގައުމު ނުވެއްޓޭހާ ދައް ހާލަތަކަށް ގައުމު ވެއްޓިފަ މިއޮތީ.. ނަމަވެސް ރައީސް މުއިއްޒުގެ ދުރުވިސްނުމާ ހިކުމަތްތެރި ކަމުން މި ގައުމު އިރާދަކުރެއްވިއްޔާ މި އަޑިގަނޑުން ސަލާމަތް ވާނެ
***)
25 June 2024
އޮފީސްތަކުގެ ފައިނޭންސް އެގްޒެކެޓިވުން ލާފަ އެމީހުންގެ މައްޗަށް މިނިސްޓރުންނާ ކޮންމިޝަންތައްތަމަ މެންބަރުން ތިބޭތީ ފައިސާއާބެހޭ ނިންމުންތަށް އަސްލުނިންމަނީ މަތީގަ ތިބޭ ދައުލަތަށް ތެދުވެރިނޫން ސިޔާސީ ބޭކާރު މީހުން. އެފްއީން ފިނޭންސް މިނިސްޓރަށް މަހަކު އެއްފަހަރު ރިޕޯޓްކުރަންޖެހޭ މިނިވަން ބައެއްގެ ގޮތުގަ އޮފީސްތޚުގަ މަސައްކަތްކުރަން ތިބޭގޮތަށް ހެދޯމަ ދަޔުރުތަކަށްކުރާ ބޭކާރު ޚަރަދާ ރިސޯސް ޑްޕްލިކޭޓްކުރުމާ މަރާމާތަށް ކުރާ ޚަރަދު ބޮޑުތަނުން ކުޑަވާނެ.
ޖޖޖޖޖ
25 June 2024
އިތުރުގަޑީގެ ފައިސާ އުވާލުމަކީ ވަރަށް މުހިންމު ކަމެއް. 15 ހާސް ރުފިޔާގ މުސާރަ ލިބޭ މީހުން އީދު ބންދުގަ ކކންމެ ދުވަހަކު 8 އަޑިއިރު އިތުރުގަޑީގެ ގޮތުގަޖަހާލައިގެން 10 ހާސް ރުފިޔާ އިތުރަށް އެބަނގާ. ބޭސިކް 7 ހާހަށްވުެެ މަތިނަމަ އެއްވެސް ގޮތަކަށް އިތުރުގަޑީގެ ފައިސާ ނުދޭގޮތަށް ހަދާލާ.
12347
25 June 2024
ގާނޫނު އަސާސީއާ ގާނޫނުތަކަށް ބަދަލުގެނެސް ކޮންސްޓިޓިއުޝަނަލް ބޮޑީޒްއާ ގާނޫނަކުން އުފައްދާފަަހުރި އިންސްޓިޓިއުޝަންތަކަށް 7 މެންބަރުންނާ5 މެންބަރުން އައްޔަންކޮށްފަ ހުރިތަންތަން އައިކޮމް ގޮތަށް 1 މެންބަރު ލައިގެން އެކުލަވާލަންވީ. މިހާރު އެތަންތަން ހުރިގޮތުން މެންބަރުންނާ އެމީހުންގެ އަނބިދަރިންގެ އޖންސުއަރަންސްއަށްވެސް ތިން ހަތަރު ލައްކަ އަހަރަކު އެބަޖެހޭ ދައްކަން. ބަޖެޓަށް އެކަށީގެންވާ އަދަދުތަކެއްނޫން އެއީ.
އަސްނާދްް
25 June 2024
މި ހާލަތަށް ދައުލަތް ވައްޓާލާފައި އެމްޑީޕީއިން އިންނަނީ އަތްޖަހަން. އެމީހުން ހީކުރީ އެމީހުންގެ އަމަލުތަކުން މި ގައުމު ބަނގުރޫޓްކޮށްލާ އޭގެ ބަދުނާމް ރައީސް މުއިއްޒުގެ އިސްތަށިފުޅުގައި އެޅުވިދާނެކަމަށް. މިކަން އެގޮތަށް ދިވެހި ރައްޔިތުން ބަލައެއްނުގަންނާނެ.