އައްޑޫ މަތިން ނަގާފައިވާ ފޮޓޯއެއް: ގެއްލިގެން ހޯދަމުން ދިޔަ ބިދޭސީ މީހާ ފެނުނީ މަރުވެފައި އޮއްވައި. -- ފޮޓޯ: ރިޒްނާ ޒަރީރު
26 ޖޫން 2024 - 11:16
އައްޑޫގައި މިއަދު ހެނދުނު ގެއްލިގެން ހޯދަމުން ދިޔަ ބިދޭސީއަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
މީޑިއާތަކަށް ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ފޭދޫގައި މިއަދު ހެނދުނު ކުނި އުކާލަން ދިޔަ ބިދޭސީ ފިރިހެނަކު ހަބަރެއް ނުވެގެން ހޯދާފައިވާ ކަމަށެވެ.
މޫދުގައި އޭނާ އޮއްވާ ފެނިފައިވަނީ ހެނދުނު 09:40 ހާއިރު ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ފޭދޫ ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން އިތުރަށް ބުނެފައިވަނީ އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ.
ފުލުހުން އަންނަނީ މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy