އައްޑޫ ގައުކެޑި އާއި މަރަދޫ ގުޅާލުމަށް އެ ދެމެދުގައި އަޅާ ހަންކެޑެ ބްރިޖު.-- ފޮޓޯ: އިންފްރާސްޓްރަކްޗާ މިނިސްޓްރީ
26 ޖޫން 2024 - 13:13
އައްޑޫ ގައުކެޑި އާއި މަރަދޫ ގުޅައިލުމަށް އެ ދެމެދުގައި އަޅާ ހަންކެޑެ ބްރިޖުގެ މަސައްކަތް ނިންމައި އަންނަ މަހު އާންމުންނަށް ހުޅުވާލަން ތައްޔާރުވާން ފަށައިފި އެވެ.
އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނީ، އައްޑޫގެ މަގު ހެދުމާއި ފެން ހިންދާ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއުގައި ހިމެނޭ ޑީޓުއަ ބްރިޖު ނުވަތަ ހަންކެޑެ ބްރިޖުގެ މަސައްކަތުގެ 95 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ.
އެ ބްރިޖުގެ ކުރިއަށް ހުރި މަސައްކަތްތަކުގެ ތެރޭގައި ކްރޭޝް ބެރިއާ އަދި އެކްސްޕޭންޝަން ޖޮއިންޓް ހަރުކުރުމާއި މި މަސައްކަތް ކުރުމަށް ވަގުތީ ގޮތުން އަޅާފައިވާ ވެލިތަށް ބްރިޖުގެ ދަށުން ނެގުން ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.
"އަންނަ ޖުލައި މަހު އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ބްރިޖު ހުޅުވާލުމުގެ ތައްޔާރީތައް ދަނީ ވަމުންނެވެ،" މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓުގައި ބުންޏެވެ.
— Ministry of Construction and Infrastructure (@MoCImv) June 25, 2024
އިންޑިއަން އެގްޒިމް ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން އައްޑޫގެ ހުރިހާ ރަށެއްގައި ފެން ހިންދުމުގެ ނިޒާމު ގާއިމުކުރުމަށާއި މަގުތައް ހެދުމަށް އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށް މަސައްކަތް ފެށީ 2021 ވަނަ އަހަރު އެވެ. އެއީ 77.6 މިލިއަން ޑޮލަރު (1.1 ބިލިއަން) ރުފިޔާގެ ބޮޑު ޕްރޮޖެކްޓެކެވެ. ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި މަސައްކަތް އެއްކޮށް ނުނިމި، އެކި ސަބަބުތަކާ ހުރެ ވަނީ ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފަ އެވެ.
މާލެ ސަރަހައްދުގައި ހަދާ ތިލަމާލެ ބްރިޖުގެ މަސައްކަތް ވެސް ކުރާ އެފްކޮންސް ކުންފުންޏާ ހަވާލުކުރި އެ މަޝްރޫއުގެ ދަށުން ހިތަދޫ ގައުކެޑި އާއި މަރަދޫ ގުޅާލުމަށް އެ ދެމެދުގައި ބްރިޖެއް އަޅަން ވެސް ވަނީ ހަވާލުކޮށްފަ އެވެ.
އެ ބްރިޖު ހަދަނީ ހަންކެޑެ ހިމެނޭ ސަރަހައްދުގައި މިހާރު ބޭނުންކުރަމުން އަންނަ ލިންކް ރޯޑުގެ ހުޅަނގުން ހަންކެޑެ އަށް ނާރާ ގޮތަށް، ހިތަދޫ ގައުކެޑި އާއި މަރަދޫ ގުޅާލެވޭ ގޮތަށެވެ. އެއީ ދިގުމިނުގައި 1.5 ކިލޯމީޓަރު ހުންނާނެ، ހަތަރު ލޭނުގެ ބްރިޖެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދުބެ
27 June 2024
މިކަހަލަ ކުދި ފާލަން އަޅަން ބޮޑު ލޯނު ނެގުމަކީ ވަރަށް ދެރަ ކަމެއް
މުޝައްރަފު
27 June 2024
ތި ބުރިޖުގެ ސަބަބުން ގައުމު މިހާލަތަށް މި ވެއްޓުނީ.. އިބްރާހިމް ބޮޑު ލޯނު ނަގައިގެން އައްޑޫ ގައި ހިންގި ދެކޮޅު ނުޖެހޭ މަޝްރޫއުގެ ބައެއް ތީ.. ދެން ކުރީ މަގު ހެދުމާއި ފެންހިންދުން.. މީ ބޮޑު އިންޓަރެސްޓްގައި ލޯނު ނަގައިގެން ކުރާކަމެއް ނޫން.
އަބްޑޫޅް +
27 June 2024
ހޫނ، ހަންކެޑޭ ބުރިޖު އަޅާ ނިމޭ އިރު ތިބޭނީ ހަންކަނޑުވާލާފަ.
ހށނ
27 June 2024
މުއިއްޒުގެ އައްޑޫ ބްރިޖް ވައުދު އެފުދުނީ. ޢަލްހަމްދުލިއްލާހި.
އޮނަރަބްލް އަފީފު ދީދީ
26 June 2024
ކޯޒްވޭ އެއް ހަދާފައި މީހުން އޮޅުވާލަން ބުރިޖެކޭ ކިޔާނެކަމެއްނެތް. އައްޑޫމީހުން ޑރ މުއިއްޒުއަށް ވޯޓްދިން އެންމެބޮޑު ސަބަބަކީ އައްޑޫ އަވަށްތަކުގެތެރެއިން ވަކިންއޮތް ހުޅުމީދޫއަވަށް ބުރިޖަކުން އެހެންއަވަށްތަކާއި ގުޅާލާނެކަމަށް ވެވަޑައިގަތް ވަޢުދު. # އެކަމަކު ކ.އަތޮޅު މާލޭގެ ހުރިހާކަންކަމަށް ފައިސާހޯދާ ކޮންޓްރެކްޓަރުންނާއިއެކު އެއްބަސްވެ ސޮއިކުރިއިރު އައްޑޫ ކޯއްޓޭ ބުރިޖްގެ ވާހަކަ ދައްކާކަށް މުއިއްޒުގެ ސަރުކާރުން ބޭނުމެއްނުވޭ. އަދި އެހަދާނެއްވެސް ނެތް.
123456789
27 June 2024
ކެމްޕޭން ކޮއްފަ ހޮވާފަ ދެން ކޮން ޝަކުވާއެއް ތިކުރަނީ؟ އެޅި ހައިވޭއެއްވެސް ތިއޮތީ މިދިޔަ ސަރުކާރުން އަޅާފައި. މުއިއްޒުއެއް ބުރިޖެއް ނާޅާނެ. ނުވެސް އެޅޭނެ. ދައުރު ނިމެން ދެދުވަހަށް ވީމާ ސޮއިކޮއްލަފާނެ. - ކ.މާލޭ މީހެއް-
ސަންޓޯ
26 June 2024
އިބޫ ކަޓުވާލީ ވަކިބަޔަކަށް މާބޮޑަށް ހަރަދު ކުރާތީ, އަހަރަމެންނަށް ކީ
ޕީއެންސީ ބެ
26 June 2024
މުއިޒު ގަދަ, 6 މަހުން ނިންމާލީ ހިއްކާގެން މަގުހަދަާލީ
އޮނަރަބްލް އަފީފު ދީދީ
26 June 2024
މީގެ އެތައް އަހަރެއްކުރިންވެސް އައްޑޫގައި އޮތްފަދަ ކޯޒްވޭއެއް ހަދާފައި އެތަނުގެނަމަކަށް މާލޭމީހުން "ހަންކޮޅު ބްރިޖޭ" ތިކިޔަނީ އައްޑޫގައި ކިތަންމެކުޑަކަމެއް ކޮށްފައިވެސް ރާއްޖޭގެ އެހެންރަށްރަށު ރައްޔިތުންނަށް އޮޅުންއަރާގޮތަށް ނުބައިޙަބަރުތައްފަތުރާ ފަދައިން އައްޑޫގައި އެތައް މިލިޔަން ޑޮލަރުގެ ބުރިޖެއް އަޅައިފިކަމަށް އަޑު ފަތުރަންތޯ!؟ ކ.ހުަލުމާލޭ ދެފޭސް ދޭތެރޭ ހިކިފަސް ތާގައި 80މ ޑޮލަރުގެ 5 ބުރިޖް އަޅާފައި މާލޭސަރުކާރުން އެވާހަކަ ނުދައްކަނީ ކީއްވެ؟
ރަދީފްއޮފިޝަލް
26 June 2024
މިއީ ވަރަށް ސަޅި ކަމެއް.
ބޭސްފުޅި
26 June 2024
“ހަންކެޑެ” އޭ ބުނުމުން ހަނދާނައް އަންނަނީ މާލޭން ވަފުދެއްގައި އައްޑޫ އަށް ވަޑައިގެންނެވި ބޭފުޅަކު ހަންކެޑެ އަށް “ހަންކޮޅު” މިހެން ވިދާޅުވި ހަނދާނެވެ.
ރަދީފްއޮފިޝަލް
26 June 2024
ހެހެހެހެހެހެހެ. އައްޑޫ މީދޫގަ އޮންނަ ''އިސްމެހެލާ ހެރަ'' އަށް އެމީހުން ކިޔަނީ ''އިސްމާއީލް ހުރާ''. މަ ހީހީ ހަލާކުވަނީ މިކޮމެންޓް ލިޔާއިރުވެސް.