ޚަބަރު / ބިންމާ އިބްރާހީމް ވަހީދު

ބިންމާގެ ކުޑަކުދިންގެ "100 ކުދި ވާހަކަ" ފޮތް ނެރެފި

ކުޑަކުދިންނަށް ހާއްސަކޮށްގެން، ރާއްޖޭގެ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ބިންމާ އިބްރާހިމް ވަހީދު ލިޔުނު ކުޑަކުދިންގެ "100 ކުދި ވާހަކަ" ފޮތް ނެރެފި އެވެ.

ބިންމާ ބުނީ، ޖުލައި 3، 2020 ގައި ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓަށް ލިބުނު އާއްމުންގެ އެތައް ހިޔާލަކާ އެކު، ތައްޔާރުކުރި ފޮތުގައި، ކުޑަކުދިންނަށް ތަފާތު ނަސޭހަތްތަކާއި އިބުރަތްތެރި ކުރު ވާހަކަތައް ހުންނާނެ ކަމަށެވެ.

ހާޑް ކަވަރުގެ 324 ސޮފްހާގެ ފޮތަށް ބިންމާގެ އޮންލައިން ޕޯޓަލް އިން އޯޑަރު ކުރުމުން އަންނަ ހޯމަ ދުވަހުން ފެށިގެން ފޮތް ޑެލިވަރީ ކޮށްދޭނެ އެވެ.

އެ ފޮތަށް އޯޑަރު ދޭނީ inkwellbybinma.com އިންނެވެ. ފޮތުގެ އަގަކީ 329ރ. އެވެ.

ބިންމާގެ ކުޑަކުދިންގެ ފޮތުގައި ލިޔެފައިވާ ވާހަކައެއްގެ ބައެއް.

"މި ފޮތުގެ ހާއްސަ ކަމަކީ އެއީ އެވެ. ކޮންމެ ވާހަކައެއްގައި ގައި ވެސް ކުރެހުމަކާއި ކުޑަކުދިންގެ އުމުރާ ގުޅޭ އިބުރަތްތެރި މެސެޖެއް އޮންނާނެ އެވެ. ކުޑަކުދިންނަށް ބައެއް މެސެޖު ފޯރުކޮށްދިނުމަށްޓަކައި ބެލެނިވެރިންގެ އެހީތެރިކަން ބޭނުންވާނެ އެވެ. މިއީ 100 ވާހަކައިން 100 ފިލާވަޅު ދަސްވާނެ ވާހަކަ ފޮތެކެވެ." އެ ފޮތުގައި ވެ އެވެ.

"ކުޑަކުދިންނަށް ފަސޭހައިން އޮޅުން ފިލާ ބަހުރުވައަކުން ވާހަކަ ލިޔުމަކީ ވަރަށް އުނދަގޫ، ވަރަށް ވަގުތު ނަގާ ކަމެކެވެ. ފޮތް ނިންމަން ލަސްވީ އެހެންވެ އެވެ."

ކޮންމެ ވާހަކައެއް ވެސް ނިންމާފައިވަނީ ދެ ސޮފްހާއިންނެވެ.

ބިންމާ ވާހަކަ ލިޔަން ފެށީ "ހަވީރު" ނޫހުން، ޖެނުއަރީ 31، 1994 ގަ އެވެ. މިހާތަނަށް ޖުމްލަ 1،063 ވާހަކަ ލިޔެ ޝާއިއު ކޮށްފައިވާއިރު، އޭނާ މެދުނުކެނޑި ވާހަކަ ލިޔާތާ 30 އަހަރު ވެއްޖެ އެވެ.

4 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 90%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރާއްޖޭން ބޭރު

29 November 2024

އަޅުގަނޑަކީ ކުޑަކުއްޖެއްހެން. އެކަމު މިވާހަކަ ހާދަ ރީއްޗޭ. ހިތަށްއަރާ މި އޮސްޓްރޭލިއާގަވެސް މިކަމާ ވާހަކަލިޔާމީހުން އުޅޭނޭ ނަމައޭ. ތޭންކްސް ބިންމާ

The name is already taken The name is available. Register?

ވާހަކަ

09 July 2024

ވާހަކައެއް 3.29 ތިން ރުފިޔާ އޮނަތިރީސް ލާރީގެ މަގުން އަގު ރަގަޅު!

The name is already taken The name is available. Register?

މީހާ 2

30 June 2024

ދެން ބިންމާބޭބޭ ތިޔަށްވުރެ އަގުހެޔޮ ކޮށް ހަމަ ނުވިއްކޭނެތަ؟

The name is already taken The name is available. Register?

ދެދ×ެ

24 July 2024

އެވެސް ވަރަށް މަސައްކަތް ދޯ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454