ވޯލްޑް ބޭންކްގެ ކަންޓްރީ އިކޮނޮމިސްޓް އާޑަމް އޭޓަސް ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭ ގޮތުން ޕްރެޒެންޓޭޝަނެއް ދެއްވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު
27 ޖޫން 2024 - 12:13
ހަމައެކަނި އިގްތިސާދު ކުރިއަރުވައިގެން ނުވަތަ އިތުރު ފައިނޭންސިން ހޯދައިގެން ރާއްޖޭގެ އިގުތިސާދު ރަނގަޅު ނުކުރެވޭނެ ކަމަށް ވޯލްޑް ބޭންކްގެ ކަންޓްރީ އިކޮނޮމިސްޓް އާޑަމް އޭޓަސް ވިދާޅުވެއްޖެ އެވެ.
އޭނާ އިއްޔެ ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ހާލަތު ބަދަލު ކުރުމަށްޓަކައި ހަރަދުތައް ވަރަށް ބޮޑަށް ކުޑަކުރަން ޖެހޭނެ ކަމަށެވެ. އަދި ބަޖެޓް ޑެފިސިޓާއި ކަރަންޓް އެކައުންޓް ޑެފިސިޓް ކުޑަ ކުރުމަށް ފިޔަވަޅުތައް އަވަސް ކުރުމަށް އޭނާ ގޮވާލެއްވި އެވެ.
ރާއްޖޭގެ ދަރަނި އެހާ ބޮޑަށް އިތުރުވީ، ވޭތުވެދިޔަ 10 އަހަރުގެ އިހުމާލުން ކަމަށާއި އެ މުއްދަތުގެ ތެރޭގައި ބަޖެޓު ޑެފިސިޓާއި ކަރަންޓް އެކައުންޓް ޑެފިސިޓް ވެސް ބޮޑުވެފައި އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
The economic vulnerabilities that Maldives face now is a combination of debt stock accumulation in the last 10 years, as well as continuously high fiscal & current account deficits over the same period. Economic growth or additional financing cannot resolve this issue.
— Erdem Ataş (@ataserd) June 26, 2024
އާޑަމް އޭޓަސްގެ ޓްވީޓް
މިދިޔަ މަހު ވޯލްޑް ބޭންކް އިކޮނޮމިކް އަޕްޑޭޓު ރިޕޯޓާ ގުޅޭ ޕްރެޒެންޓޭޝަން ހުށަހަޅައިދެއްވަމުން ވެސް އޭނާ ވިދާޅުވީ، މިއީ ފަހަތަށް ފިޔަވަޅެއް އަޅައި، ހަރަދުތައް ކުޑަ ކުރަން ޖެހޭ ވަގުތު ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން އެކުލަވާލައިފައިވާ ރިޕޯމްތަކަށް އަމަލުކުރަން ފެށި ނަމަވެސް، މެދު ރާސްތާގައި ރާއްޖޭގެ ބަޖެޓު ޑެފިސިޓް ބޮޑު ވާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރެ އެވެ. ބަޖެޓު ޑެފިސިޓް ގާތްގަނޑަކަށް 11 ޕަސެންޓަށް އުފުލޭނެ ކަމަށް ލަފާ ކުރާ އިރު މި އަހަރު ސަބްސިޑީ ދޭ ގޮތްތައް ބަދަލު ކޮށްފި ނަމަ، އަނެއްކާ ވެސް ބަޖެޓް ޑެފިސިޓް އިތުރަށް ބޮޑުވުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެން ދައްކުވައިދެނީ ހަރަދުތައް ހަމަޖައްސަން އިތުރު ރިފޯމްތައް ބޭނުންވާ ކަން ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ކަރަންޓް އެކައުންޓް ޑެފިސިޓް ވެސް އިތުރަށް މައްޗަށް ދާނެ ކަމަށް ލަފާ ކުރެވެ އެވެ. ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް ގައުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން ވެސް އިގްތިސާދީ ހާލަތު ބަދަލު ކުރުމަށް އިތުރަށް ރިފޯމް ބޭނުންވާކަން އެނގޭ ކަމަށް އާޑަމް ވިދާޅުވި އެވެ.
އާޑަމް ވިދާޅުވީ، ދަރަނި އަދާ ކުރަން އެހާ ބޮޑު އަދަދުތަކެއް ހުރި އިރު، އިތުރު ކާރިސާއެއް ކުރިމަތިވެއްޖެ ހާލަތެއްގައި ގައުމަށް އިތުރު އުނދަގޫތަކާ ކުރިމަތިވާނެ ކަމަށެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހަރަދުތައް ބޮޑުވެ، ސަރުކާރުން އެ ކުންފުނިތަކަށް ކުރާ ހޭދަ ބޮޑުވުމާއި، ޕްރޮޖެކްޓްތައް ހިންގާވަރު އިތުރުވުމަކީ ވެސް މާލީ ގޮތުން ގައުމަށް އޮތް އިތުރު ދަތިތަކެއް ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔައްޓޭ
27 June 2024
ޓެކްސް ބޮޑު ކުރާކަށް ނުޖެހޭ ރަށްޔިތުން ފެލާކަށް ނުޖެހޭ ޕާޓީ ކުދިންނަށް އެކަނި ތިޔަދޭ ވަޒީފާތައް ދިނުދިނަސް އިގުތިސޯދު ހަމަ މަގައް އެޅުވޭނެ ....
އައްޑޫ123
27 June 2024
ރާއްޖޭގެ ހަރު މުދާ މޯގޭޖު ކޮއްފަ ލޯނު ނަގަަފަ ބޮންޑު ވިއްކަަފަ ލިބުނު ލާރިން ހެދި ގޮތެއް ބަލަން ޖެހޭ.. އެމްޑީޕީ ހިންގިޖަރީމާތަ ބަލަން ޖެހޭ
ހައްގުބަސް.
27 June 2024
އެމްޑިޕީ ސަރުކާރުން މީހުންގެ މުސާރަ ބޮޑުކޮއްދީފަ ލޯނު ނަގައިގެން މުސަަރަދޭން ފެށީ. ގައުމަ ވާނެ ގެއްލުމަކަ ނުމަލަަ.
ޖަގޭ
27 June 2024
ހުރިހާ ސަރުކާރަކުންވެސް މަސައްކަތް ކުރަނީ އާންމު ރަށްޔިތުމީހާ ބުރަމަސްކަތުން ދާހިއްލައިގެން ހޯދައިސާ ފައިސާ ކޮޅު ގާނޫނެއްގެ އެހީ ހޯދައި ފޭރި ގަނެގެން ސަރުކާރު ލިބުމާއެކު އެތައްހާސް ބަޔަކަށް ބޮޑެތި މުސާރަލިބޭ މަގާމްތައްދީ ހިތުހުރި ގޮތަކައް ބަހާ ހުސް ކުރަން މިކަމަށް ރަށްޔިތުން ވަރަށް ބޮަޑައް ވިސްނަން ވެއްޖެ...
ސަލީމު އިދުރީސް
27 June 2024
ކަނޑު ހުރަސްކޮއް 19 ކިލޯމީޓަރު ބުރިޖަކާ ކަނޑު އަޑިން 20 ކިލޯމީޓަރު ވަރުދިގު ބިއްލޫރި ޓަނަލެއް އަޅަން އުޅޭނީ ހާދަ މާލީހާލަތު ރަނގަޅު ގައުމަ ކުންނޭ! މަމެއް ހާސްނުވޭ އަރަބިން ކެއްޔާ ދިވެހިން ތިބޭނީ ކައިހެންކަމުގަ ގެރެންޓީ ވަނީލިބިފަ
މޮޅު ވާހަކަ
27 June 2024
ތި ވޯލްޑް ބޭންކުން ތިއުޅެނީ ރާއްޖެއަށް ހެޔޮ އެދިގެން ކަމަކަށް ނުފެނޭ. މިތާ އިސްލާމީ ވެރިކަމެއް އޮތަތީ ވެރިކަމުގަ ހުރި މީހާގެ ތާއީދު ގެއްލުވާލާ ކަމެއް ވިޔަނުދޭން އެމީހުން ބިރުދައްކަނީ
ކިރުސައި
27 June 2024
އަރަބިން ތިބިއްޔާ އަހަރުމެން ތިބޭނީ ކައިގެން. ދެން ލަލަލާ އިގިއްޖެ!
ކިބުރުވެރި ސަޙީމު
27 June 2024
ދޯ ސަހީމު! ސަހީމު އަދިވެސް މަމޮޅުހެދިގެން މަތިހަށި ނަގާފަ ނުކުމެ އަނގަ ފުޅާކުރާތި!
ރައީސް ޔާމިން
27 June 2024
ރައީސް ޔާމިން ވެރިކަމުގަ ނެގިި ލޯންތަކުން އެފެއްދި އެސެޓް ތަކާއި، ކޮށްފަ ހުރި މަސައްކަތް ފެންނަން އެބަހުރި. އިބުރާހިމް ދިވެހި ތާރީހުގަ އެންމެ ގިނަ ލޯން ނެގާގެންވެސް އުފައްދާފަ ހުރި ހަރުމުދަލެއް، ހޯދި ކުރި އެރުމެއް ނެތް
ފައިނޭންސް
27 June 2024
ވޯލްޑުބެންކުން އެ ހަދަނީ ހުސް ދޮގު! ހިނގާ އަދި 20 ބިލިޔަނުގެ ލޯނު ނަގައިގެން އެއާޕޯޓު އަޅާފަ ނިކަން ބައިވަރު ބިން ހިއްކާ ހިލޭ ގޯތި ބަހަމާ! އޭރުން ނިކަން ރަގަޅަށް ރާކަނިމަސް ކެވޭނީ
ލިހް
27 June 2024
މުޢިއްޒު ފަކީރުގެ ތަރައްޤީގެއް ޕްރޮޖެކްޓްތައް ކުރިއަށް ނުގެންދެވި ވެރިކަން ނިމޭނީ. އެއްގޮތަކީ އިޤްތިސާދު ކޮޅަށް ޖަހަން ހަރުދާނާ ފިޔަވަޅުތައް އެޅުން، އަނެއް ގޮތަކީ އިބޫ ސޯލިހު ހެދިހެން ދަރަނި ނަގައިގެން ޕްރޮޖެކްޓްތައް ހިންގައި ޤައުމު ބަގުރޫޓްކޮށްލުން. ހިކުމަތްތެރި ނިންމުމެއް ނިންމަންޖެހޭ ދަނޑިވަޅެއް.
އަފްރާސިޔާބު
27 June 2024
ހިކުމަތްތެރި ނިންމުމެއް ނިންމަން 5 ވަޒީރުން ދުނިޔޭގެ އެންމެ ދުރު ބިތުގައި ތިބެ އާމްދަނީ ބިލިއަނުން ފޮނުވަނީ.