ވިޔަފާރި / ރާއްޖޭގެ އިގްތިސާދު

ޖުމުލަ ރިޒާވް 21 ޕަސެންޓަށް ދަށްވެއްޖެ

މަރުކަޒީ ބޭންކް އެމްއެމްއޭ. ޖުމްލަ ރިޒާވްގައި ހުރި އަދަދު ވަނީ ދަށަށް ގޮސްފައި -- ފޮޓޯ: މިހާރު

ދައުލަތުގެ ޖުމުލަ ރިޒާވް 21 ޕަސެންޓަށް ދަށަށް ގޮސް، ރިޒާވްގައި ހުރި އަދަދު 492 މިލިއަން ޑޮލަރަށް އަރައިފި އެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭއިން އާންމުކުރި އިކޮނޮމިކް އަޕްޑޭޓުގައިވާ ގޮތުން މިދިޔަ މެއި މަހުގެ ޖުމްލަ ރިޒާވް ހުރީ 622 މިލިއަން ޑޮލަރުގަ އެވެ. މިދިޔަ އަހަރުގެ އެއްވެސް މަހެއްގައި ރިޒާވް މިހާ ބޮޑަށް ދަށަށް ގޮސްފައެއް ނުވެ އެވެ. މިދިޔަ އަހަރު އެންމެ ބޮޑަށް ގްރޮސް ރިޒާވް ދަށްވި، އޮކްޓޫބަރު މަހުގައި ރިޒާވްގައި 552 މިލިއަން ޑޮލަރު ހުއްޓެވެ.

މިދިޔަ މެއި މަހުގެ ރިޒާވް ވަނީ މިދިޔަ އަހަރުގެ މެއި މަހަށް ވުރެ 34 ޕަސެންޓް ދަށަށް ގޮސްފަ އެވެ. މިދިޔަ އަހަރުގެ މެއި މަހު ރިޒާވްގައި 748 މިލިއަން ރުފިޔާ ހުއްޓެވެ.

ރިޒާވް އެހާ ބޮޑަށް ދަށަށް ގޮސްފައި މިވަނީ، މާލީ ހާލަތު އިންތިހާއަށް ދަށަށް ގޮސް، ސަރުކާރުން ވެސް ހަރަދު ކުޑަ ކުރުމަށްޓަކައި ފިޔަވަޅުތައް އަޅަން ނިންމާފައި ވަނިކޮށެވެ.

ޖުމްލަ ރިޒާވް ދަށްވި އިރު މިދިޔަ އޭފްރީލް މަހުގެ ޔޫޒަބަލް ރިޒާވް ހުރީ 114 މިލިއަން ޑޮލަރުގަ އެވެ. މި އަހަރު ފެށި އިރު ރިޒާވް ހުރީ 110 މިލިއަން ޑޮލަރަށް ދަށްވެފަ އެވެ.

މެއި މަހުގެ ޔޫޒަބަލް ރިޒާވްގެ ތަފްސީލު އެނގޭނީ އެމްއެމްއޭ އިން ކޮންމެ މަހަކު އާންމު ކުރާ ތަފާސްހިސާބުތައް އާންމު ކުރުމުންނެވެ. މެއި މަހުގެ ރިޒާވް އަދި މިހާތަނަށް އާންމުކޮށްފަ އެއް ނުވެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި މެއި މަހުގެ ޔޫޒަބަލް ރިޒާވް ވަނީ 100 މިލިއަން ޑޮލަރަށް ވުރެ ދަށަށް ގޮސްފަ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޔޫޒަބަލް ރިޒާވްގައި 179 މިލިއަން ޑޮލަރު ހުއްޓެވެ.

އެ ފައިސާ އިތުރުވި ނަމަވެސް އެއީ ސަރުކާރުގެ ބޭނުންތަކަށް އިމްޕޯޓަށާއި ދަރަނި ދެއްކުމަށް ބޭނުން ކުރެވޭނެ ފައިސާއެއް ނޫނެވެ. އެހެންވެ، ރަސްމީ ރިޒާވުގެ އަދަދު ބޮޑުވިޔަސް، އެކަމުން ދައުލަތުގެ ހަރަދުތައް ހަމަޖައްސަން ފައިދާއެއް ނުކުރާނެ އެވެ.

33 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 56%
icon angry icon angry 19%
icon wow icon wow 19%
icon inlove icon inlove 6%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސުޖާބެ

01 July 2024

ޢެއްކޮޅުންގޮވަނީ، އާސަންދަ ކުޑަކުރާށޭ ކުރީ މެމްބަރުންނަށްދޭ އިނާޔަތް ކަނޑާލާށޭ ކިޔާފަގޮސް މުލިއާގޭން މިނަގަނީ މަހަކު 50ހާސް، އެބައި ބޮޑު ކުރަން ދޯ އާސަންދަޔާ ކުޅެން މިއުޅެނީ، އޭރުން މުލިއާގޭން ލިބޭބައި ލައްކައަށް ބޮޑުވާނެ ސާބަހޭ ސުޖައްކޯ

The name is already taken The name is available. Register?

ޜޮކުޒީ

29 June 2024

އަދި10 ބިލުޔަން ލޯނު ނަގާފަ ރަސްމާލެ ހިއްކާފަ 39 އެއަޕޯޓު އަޅަފަ ކަނޑުފަޅު ހިޢްކާފަ ކަށިމަތި މާލޭ ބޭފުޅުންނަށް ހިލޭ 20000 ގޯތި ބަހާލަ! ޢަދި 77 މެމްބަރުންގެ 5000 ޅިޔަން ފަހަރިން އެމްބަސީތަކަށް ފޮނުވާލާ! މަސްކިލޯއެއް 100ރުފިޔާއަށް މިފްކޯ އަށް ގަންނަން ފަށާ! ސާބަހޭ! ސާބަހޭ!

The name is already taken The name is available. Register?

ލކޖހ

29 June 2024

ގައުމު މިހާލަތަށް ދުއްވާލާފަ ވެރިކަން ނުލިބިގެން ފޭބި މީހުން ބުނާނެ، ގައުމުގެ ހާލަތުގެ ވާހަކަ ދައްކާ ނިމުނު ވެރިކަމޭ ނުކިޔާށޭ. އެމީހުން އެހެން ބުނަން ލަދު ނުގަންނަކަން. ޔާމީން ވެރިކަމުގައި އިގްތިސާދީގޮތުން ވަރުގަދަވެ ރިޒާވް މަތިކޮށްފަ އޮއްވާ ޖާހިލެއް ވެރިކަމަށްލައިގެން ހާއިނެއް އިކޮނޮމިކަށް ލައިގެން ލޯނު ނަގައިގެން އެކައި ގުޔަށް ހެދުމުގެ ސަބަބުން މިގައުމު މިއޮތީ ބޭންކްރަޕްޓް ވުމާ ގަތުގައި. އެމީހުން ގައުމަށް އެދިން އަނިޔާ ދިވެހިން ހަނދާންކުރަންވާނ

The name is already taken The name is available. Register?

ހހ

29 June 2024

އަދި އިތުރަށް ސިޔާސީ ވަޒީފާއުފައްދައި އިތުރުކޮށްފަ ކުރީ ސަރުކާރުގެ ބޮލަށް ކަނޑާލާ.

The name is already taken The name is available. Register?

ފފފފފފ

29 June 2024

ސިޔާސީ ފަސްހާސް މަގާމު އުފެއްދިއަސް ގައުމުގެ އިގްތިސާދު ހަމަމަގުގަ އޮތްނަމަ ގައުމަށް ގެއްލުމެއްނުވާނެ. ޑިމޮކްރަސީއެއްގައި ވެރިކަން ލިބޭނީ ސަޕޯޓަރުން ތިބެގެން. ސަޕޯޓަރުން އަންނަނީ ވަޒީފާގެ ބޭނުމުގައި. ޑިމޮކްރަސީ ނެތިކޮށްލާ ރަސްކަމަކަށް ބަދަލުކޮށްލީމަ ސިޔާސީ މަގާމެއް ނޯންނާނެ. އެގޮތަށް ރެފަރަންޑަމްއެއް ނަގަންވީތަ؟ ގައުމު މިހާލަތަށް ދުއްވާލީ ނިމިދިޔަ ވެރިކަމުގައި ނާގާބިލް ބައެއް ތިބުމުން. ރުހުނަސް ނުރުހުނަސް އެއީއެކަން އޮތް ގޮތަކީ.

The name is already taken The name is available. Register?

އެމްބަސީ

29 June 2024

އެމްބަސީތަކަށް އަދި 150 ސިޔާސީ ކެނާން ފޮނުވާލާ! އެ މީހުންނަށް ޑޮލަރު ފޮނުވާފަ ޤައުމަށް އެއްޗެއް ނެތް!

The name is already taken The name is available. Register?

ިު87

29 June 2024

މިގައުމަށް ލިބޭ ހުރިހާ ފައިސާއެއް ދޭންޖެހެނީ ކުރީ ސަރުކާރުން ނެގި ލޯނުތައް ދައްކަން. އެލޯނު ތަކުގެ ސަބަބުން ގައުމުގެ އިގްތިސާދަށް އެއްވެސް ފައިދާއެއް ކޮށްފައި ނެތުމުގެ ސަބަބުން މިގައުމު މިހާލަތުގައި މިއޮތީ. ލަދު ކުޑަވީމަ ކުރީ ސަރުކާރުގެ ވިޔާނުދާކަން ފޮރުވަން ދިވެހިން ނުކުންނަނީވެސް. އެއީ ގައުމަށް ގައްދާރުވި ހާއިނުންތަކެއް.

The name is already taken The name is available. Register?

ފާއިޒް މޫސާ

29 June 2024

އެމްޑީޕީއިން ހޭވި ހުރިހާ ހަޑިއެއް ސާފުކުރަން މިޖެހެނީ މިސަރުކާރުން. ކޮންފަދަ މުސީބާތެއްމީ

The name is already taken The name is available. Register?

ކާކުހެ ބުނީ

29 June 2024

ކާކު ބުނީ ހަވާލުވާން، އެމްޑީޕީ ވެރިކަމުގައި ގައުމަށް މި މުސީބާތެއް ނުޖެހޭ، ކޮވިޑްގައިވެސް

The name is already taken The name is available. Register?

ބާބް

29 June 2024

އެމްޑީޕީ ވެރިކަމުގައި ގައުމަށް މިމުސީބާތް ނުޖެހޭކަމަށް ހީވަނީ ފައިސާ ޗާޕްކުރަމުން ދިޔައިމަ. އޭގެ ދުއްތުރާތައް މިހާރު މިކުރިމަތިވަނީ.

The name is already taken The name is available. Register?

ކޖކޖކ

29 June 2024

މޑޕ ގެ ހުރިހާ ބޮޑުންގެ ވޭތުވެ ދިޔަ 5 އަހަރުގެ މާލީ އޮޑިޓެއް ހައްދާފަ އެމީހުން ނުހައްގުން ހޯދާފަ ހުރި ހުރިހާ މުދަލެއް ދައުލަތަށް ނަގަންވީ. ގައުމަކަށް ބަޔަކު ނުދޭނެ މޑޕ އިން ދިންވަރުގެ އަނިޔާއެއް. 945 މިލިއަނުގެ ރިޒާވެއް 5 އަހަރު ތެރޭ 67 މިލިއަނަށް ހަދާލާ، ދަރަނި ކުރިން ހުރި އަދަދުގެ 120 ޕަސެންޓަށް އިތުރުކޮށްލީ އިގްތސާދީގޮތުން ބަލިކަށިކުރަމުން. ނުބަޔަސް މޑޕ ވަރުގެ ބަޔަކު މަނުދެކެން.

The name is already taken The name is available. Register?

އަމީންް

29 June 2024

މީގެންވެސް މި އެނގެނީ އެމްޑީޕީއަށް ވެރިކަން ލިބިއްޖެއްޔާ މުޅި ގައުމު ދަވާލާނެ ކަން. ޕިސްޕިސް

The name is already taken The name is available. Register?

ނިޔާޒްް

29 June 2024

މިގައުމު މިހާލަތަށް ވެއްޓުމުގެ ހުރިހާ ޒިންމާއެއް ނަގަން ޖެހޭނީ ސޯލިހު

The name is already taken The name is available. Register?

އަފްރާސިޔާބު

29 June 2024

ކަލޭމެން ދައުލަތް ލޫޓުވަމުންދާއިރުވެސް ޒިންމާވާން ޖެހޭނީ އިބްރާހީމް މުޙައްމަދު ސާލިޙުތަ؟ ނުވަންޏާ ފައިބައިގެން ހުރި އެތިކޮޅުވެސް ކަހާލައިގެން ގެންދަންވީނުން.

The name is already taken The name is available. Register?

ދޮން

29 June 2024

ރިޒާވް ބޮޑުވަނީޔޭ ކިޔައިގެން ރައްޔިތުން ގުބޯހެއްދީ 1މިލިޔަން ފަތުރުވެރިން އައި އިރުވެސް މިވީގޮތެއް ނޭގޭ ، ދައުލަތް ލާރި ހުސްވެގެން ތެޅެނީ ކޮވިޑަށް ވުރެ ގޯސްވެއްޖެ އިސްތިޢުފާ

The name is already taken The name is available. Register?

މުހޮރޭ 69

29 June 2024

އެއްކަލަ އެމްޑީޕީ ގުރޫޕޫ އެގޮވަން ފެށީ އިސްތުއުފާއަށް. ބޮޑު ލޯނުތަށް ނަގައިގެން ގައުމު ދަރުވާލި ގުރޫޕު.

The name is already taken The name is available. Register?

ހާލަތުބެ

29 June 2024

އެމްޑީޕީ އޮތްއިރު ވެސް ހާލަތު އޮތީ މިހެން އެމީހުން ދޮގު ހަދަމުން ހާލަތު ރަނގަޅޭ ކިޔައިގެން އޮޅުވާލީ ގިނަ ރައްޔިތުންނައް އިނގޭ

The name is already taken The name is available. Register?

ބސބސބ

28 June 2024

200 މިލިޔަނުން ދަށުގައި ހުރީ މިދިޔަ އަހަރު މިހާ ހިސާބުގައި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454