ރަސްމީ ފާލަން، އިއްޒުއްދީން ފާލަން މަރާމާތުކުރުމަށް އެ ސަރަހައްދު ފިލާ ޖަހައިގެން ބަންދުކޮށްފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
29 ޖޫން 2024 - 17:14
ދައުލަތުގެ މާލީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ މި ދަނޑިވަޅުގައި ވެސް މާލޭގެ ރަސްމީ ފާލަން ނުވަތަ އިއްޒުއްދީން ފާލަން މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާތީ ބައެއް މީހުންގެ ކިޔަމުންދާ ފާޑުކިޔުންތަކަށް އިންފްރާސްޓްރަކްޗަ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ރައްދު ދެެއްވައިފި އެވެ.
އިގުތިސާދީ ދަތި ދަނޑިވަޅުގައި ބޮޑު ހަރަދެއް ކޮށްގެން "ވަރަށް ވަރުގަދަ އަށް" ހަދާފައިވާ ތަނެއް އެހެން ޑިޒައިނަކަށް ބަދަލު ކުރުމުގެ ބޭނުމާ ގުޅޭ ގޮތުން އެކި ފަރާތްތަކުން އުފައްދާ ސުވާލުތަކަށް އެކްސްގައި ދެއްވި ޖަވާބުގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ، ރަސްމީ ފާލަން މަރާމާތު ނުކޮށް އެތައް އަހަރެއް ވުމުން، އެ ފާލަމުގެ މަތީބައި ހަލާކުވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާ ކަމަށެވެ.
އެހެންވެ، އަލުން އެ ފާލަން ހަދަން ނިންމައި އެމްޓީސީސީއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓް 14 ގައި ކަމަށް އޭނާ ވިދާޅުވި އެވެ.
އެއީ ކުރީގެ ރައީސް އިބްރާހިމް މުހައްމދު ސޯލިހުގެ ސަރުކާރުގެ ފަހު ދުވަސްކޮޅު ނުވަތަ އޭރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރެވެ.
"ރަސްމީ ފާލަމަކީ ވަރަށް ގިނަ ޓޫރިސްޓު ރިސޯޓުތަކުން ފީ ދައްކައިގެން ދައުލަތަށް އާމްދަނީ ލިބޭ ގޮތަށް ބޭނުންކުރާ ފާލަމަކަށް ވުމާ އެކު މި ފާލަން ރަނގަޅު ފެންވަރަކަށް ހެދުމަކީ ވަރަށް މުހިއްމު ކަމެކެވެ،" މިނިސްޓަރު މުއްތަލިބުގެ ޕޯސްޓުގައި ވެ އެވެ.
ރަސްމީ ފާލަން މަރާމާތުނުކޮށް އެތައް އަހަރެއްވުމުގެ ސަބަބުން ފާލަމުގެ މަތީބައި ހަލާކުވެ ނުރައްކާތެރި ހާލަތަކަށް ދިއުމާ ގުޅިގެން ފާލަމުގެ މަތީ ބައި އަލުން ހެދުމަށް ނިންމައި އެމްޓީސީސީ އާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ *14 އޮގަސްޓް 2023* ގައެވެ. ރަސްމީ ފާލަމަކީ ވަރަށް ގިނަ… pic.twitter.com/fFfyHd4XdL
— Abdulla Muththalib (@muththo) June 29, 2024
ރަސްމީ ފާލަން އަލުން މަރާމާތުކޮށް އަދި އާ ޑިޒައިނަކަށް އެ ތަން ހެދުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ އަގަކީ 11.7 މިލިއަން ރުފިޔާ އަށެވެ. އެ ކުންފުނިން އެ މަސައްކަތް ކޮށްދެނީ ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ.
މި ފަހަރު ރަސްމީ ފާލަމަށް ގެންނަ ބަދަލުގެ ފަރުމާ އަށް ބަލާއިރު، ފާލަމުގެ މަތީގައި މިހާރު ރިޔަލެއް ގޮތަށް ހުރި ހުދު ކުލައިގެ ސަތަރިތައް ނަގައި ލަކުޑި ފުރާޅެއް ލާނެ އެވެ. އެ ލަކުޑި ފުރާޅު ފަރުމާކޮށްފައި ވަނީ ކުރީގެ ރައީސް މުހައްމަދު އަމީންގެ ދައުރުގައި މި ފާލަމުގެ ފުރާޅު ހުރި ގޮތަށެވެ.
ރަސްމީ ފާލަމަކީ ވަރަށް ގިނަ ޓޫރިސްޓު ރިސޯޓުތަކުން ފީ ދައްކައިގެން ދައުލަތަށް އާމްދަނީ ލިބޭ ގޮތަށް ބޭނުންކުރާ ފާލަމަކަށް ވުމާ އެކު މި ފާލަން ރަނގަޅު ފެންވަރަކަށް ހެދުމަކީ ވަރަށް މުހިއްމު ކަމެކެވެ،"--- މުއްތަލިބު
ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި އިއްޒުއްދީން ފާލަން ރަސްމީކޮށް ހުޅުވީ ޖުލައި 26، 2015 ގަ އެވެ. އެ ފާލަން ހުޅުވުމަށް ފަހު ދެ ފަހަރެއްގެ މަތިން އެތަން މަރާމާތުކުރި އެވެ. އެންމެ ފަހުން މަރާމާތުކުރީ 2017 ވަނަ އަހަރުގެ ތެރޭގަ އެވެ.
މިނިސްޓަރު މުއްތަލިބު ވިދާޅުވީ، އެ ފާލަން މަރާމާތު ނުކޮށް ގިނަ ދުވަސްތަކެއް ވުމުން ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށެވެ.
އިއްޒުއްދީން ފާލަމުގެ ނަމުގައި އެތަން ރަސްމީކޮށް ހުޅުވުމުގެ ކުރިން ވެސް އެކި ވެރިކަންތަކުގައި ވަނީ އެ ފާލަމަށް ބަދަލުތައް ގެނެސްފަ އެވެ. މިނިސްޓަރު ކުރިން ވިދާޅުވި ގޮތުގައި މިފަހަރު ބަދަލު ގެނެސް މަރާމާތު ކުރަނީ ފާލަމުގެ މަތީބައި އެކަންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުނެދޭން އެނގޭނެބާ
30 June 2024
މަހެއްގެ މައްޗަށް ކިތައް މިލިއަން އާމްދަނީއަށް ލިބޭ ފާލަމެއްބާ ތިއީ؟ އިބޫ ސަރުކާރުން ސޮއިކޮށްފަ އޮތް ހުރިހާ ކަމެއް މިސަރުކާރުން އެބަ ކުރިއަށް ގެންދޭތަ؟ އެ ސަރުކާރުން ކުރަން ރާވާފަ ހުރި ބޭކާރު ޚަރަދުބޮޑު ކަންކަން ނުކުރުމުގެ ދުރުވިސްނުމާ ހެޔޮވިސްނުން މިސަރުކާރުގަ ހުރިހެން ހިއެއްނުވޭ. ޚަރަދުތައް ކުޑަކުރަންޖެހިފަ އޮތް ދުވަސްވަރެއްގަ ތި މަސައްކަތް އިހަށް ޕާކްކޮށްފަ ބާއްވައިގެން ދައުލަތަށް ވާނެ މާލީ ގެއްލުމަކީ ކޮބައިބާ؟
ބޯގޯސް2
30 June 2024
ރާއްޖޭގެ އިކޮނޮމިކް ހާލަތު ރަނގަޅަށް ފަހުމް ކުރެވޭ ވަރުގެ މީހުން ސަރުކާރުގައި ތިބެމެ، ނާޒުކު ފައްތަރެއްގައި ގައުމުގެ ހާލަތު ގޮސްފައި އޮތުމުންވެސް، ސަރުކާރުގެ ހަރަދުތަކަށް ބަދަލު ނުގެނެސް، 100 އިން ނާގާބިލު ޑެޕިއުޓީ މިނިސްޓަރުން ނެގުމާއި، ފާލަން މަރާމާތު ކުރުމަށާއި، މިނޫންވެސް ބޭކާރުކަމަށް ސަރުކާރު ހޭދަކުރަމުން ދާކަމީ ވަރަށް ދެރަވަރު ކަމެއް. ފާލަމެއް އެޅިދާނެ އެކަމަކު ގައުމުގެ އިކޮނޮމިކް ފާލަން މާ މުހިންމު. ބުއްދި އިސްކުރައްވާ.
އ އަހްމަދު
30 June 2024
މުއްތަލިބު އަމިއްލަޚަރަދުގަކުރާކަމެއްނަމަ އެހައިމުހިންމެއްނުވީސްކަންނޭގެ ރައްޔިތުންގެ ޓެކްސް ފައިސާގަ ކުރާމިބާވަތުގެކަންކަން ކުރަންވާނީ ކެރިފޯރުން ތެރިކަން ހުރިމިންވަރަކުން މިދަނޑިވަޅުގަ ބޮޑު ޚަރަދެއްކޮށްގެން ތިކަންކުރުން ރައްޔިތުންނައް މުހިންމެއްނޫން
އާދަންފުޅު
30 June 2024
ތިޔަ ތަން އަންނަންވާނީ މުހިއްމު ކަންކަމުގެ ލިސްޓް ގެ އެންމެ ފުލަށް ، ތިޔަ ފައިސާ އަށް އައިޖީ އެމް އެޗް ގެ މެޑިކަލް ވާޑަށް ބެޑުޝީޓް ކޮޅޭއް ހޯދިއްޔާ މާތާހިރު ވީސް.
ހޭމަމްބޯ
30 June 2024
މައްސަލަ އަކީ މިހާލަތުގައި ވެސް މި ކަހަލަ ޚަރަދުތައ ކުރަން އުޅޭތީ. އެއްވެސް ޕްލޭނެއް ދުރުވިސްނުމެއް ނެތްކަން ދޭހަވަނީ. ބަޖެޓުގައި ނެތް ކަންކަން ނުކުރުން މުހިއްމު. އަދި މި އުޅެނީ ބަޖެޓަށް ފައިސާ ނުހޯދިގެން. މުހިއްމު ކަންތައް ބައިވަރު. އެންމެ މުހިއްމީ ބަނގުރޫޓު ނުވުން. ބަނގުރޫޓު މި ވަނީ ފުއްދުންތެރިކަމަށް ބެލުމެއް ނެތި ޚަރަދުކުރުމަށް ހިފާލާފައިހުރިވަރުން.
އަނީޣާ
30 June 2024
މި ފާލަން ހަދަން އޭރު އެއްބަސްވީ މިގޮތަކަށް ނޫން. މީހުންނަށް ކަންކަން އޮޅުވާނުލާ. މަރާމާތު ކުރުމަށް އޭރު އެމްޓީސީސީއާއި ހަވާލުކުރީ
މައިސަރް
30 June 2024
އެމްޑީޕީ ސަރުކާރު އައިސިއްޔާ އަބަދުވެސް ކުރާ ކަމަކީ ބަޔަކު ކިތަންމެ ރީޗަކަށް ތަނެއް ހަދާފަ ހުއްޓަސް އެތަނެއް މަރާމާތެއް ނުކުރާނެ، ވީރާނާވާން ދޫކޮށްލާނެ، ދެން ކުރާ ހަރަދު ބޮޑުތަނުން ބޮޑުވެގެންދަނީ
ނިހާދް
30 June 2024
ގިނަމީހުން ހިދުމަތް ހޯދަމުންދާ ތަންތަން މަރާމާތުކޮށްފަ ރީޗަށް ބަހައްޓަން ޖެހޭ، އެއީ އަދި ކޮންމެ ބަޔަކު ކުރިކަމުގައިވިޔަސް
ައާދަންފުޅު
30 June 2024
އެހެންވީމަތާ އައިޖީ އެމް ހޮސްޕިޓަލްގެ ފާހާނާ އެހާ ތާހިރުވެގެން އެ އުޅެނީ
ޝިއުނާޒް
30 June 2024
ޓޫރިސްޓުން ހިދުމަތް ހޯދަމުން އަންނަށް ތަންތަން ވާނެ ރަނގަޅު ފެންވަރުގަ ހެދިފަ ހުންނަން. މީ ކޮންމެހެން ކުރަންޖެހޭ ކަމެއް
ޕޮލްސް
30 June 2024
އިކޮނޮމީ ފުނޑުނީމަ ތިޔަ ރީތިކުރަން އަޅާ ފާލަމަށް ނާންނާނެ މީހަކުވެސް. ފުރަތަމަ ގައުމު އޮތް މިސްރާބު ހަމަ މަގަށް އަޅުވަން މަސައްކަތް ކުރަންވީ.
ރަސްތަ
30 June 2024
މަސްވެރިން ކިރާ މަހަށް ފައިސާ ދިނުމަކީވެސް މުހިއްމުކަމެއް