އިދިކޮޅު އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: އިގްތިސާދު މެނޭޖްކުރަން މި ސަރުކާރަށް ނޭނގޭ ކަމަށް އޭނާ ވިދާޅުވި --- ފޮޓޯ/އެމްޑީޕީ
29 ޖޫން 2024 - 18:44
ގައުމުގެ އިގުތިސާދީ ހާލަތު މިހާރު ވެސް އޮތީ 2019 ވަނަ އަހަރު އޮތް ހާލަތަށް ވުރެ ރަނގަޅު ހާލަތެއްގައި ކަމަށާއި ދިމާވެގެން އުޅެނީ މި ސަރުކާރަށް އިގްތިސާދު މެނޭޖުކުރަން ނޭނގުމުގެ މައްސަލައެއް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ މާލީ ހާލަތާ ގުޅިގެން އިދިކޮޅު އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ ގިނަ ބަޔަކަށް އޮޅިފައި ވީ ނަމަވެސް ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތީ ރަނގަޅު ހާލަތެއްގައި ކަމަށް ފޯކާސްޓުތަކުން ދައްކާ ކަމަށެވެ. އެގޮތުން އެމްޑީޕީން 2024 ވަނަ އަހަރަށް ބަޖެޓު ހުށަހެޅުއިރު އިގްތިސާދީ އުފެއްދުންތެރިކަން 5.5 ޕަސެންޓް އިތުރުވާނެ ކަމަށް ވާނެ ކަމަށް އަންދާޒާ ކޮށްފައިވާނެ ކަމަށާއި ނަމަވެސް މިހާރު އެ އަދަދު 4.9 ޕަސެންޓަށް ދަށްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ މާލީގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތައް ދިމާވީ ކޮވިޑް-19 އާ ގުޅިގެން އެޅި ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ގަބޫލުކުރާ ކަމަށާއި ނަމަވެސް މިހާރު އެ މައްސަަލަ ކުރިމަތިވީ މި ސަރުކާރުން އިގްތިސާދު މެނޭޖުކުރަން ނޭނގުމުގެ ސަބަބުން ކަމަށް އަމީރު ސިފަ ކުރެއްވި އެވެ.
"ސަރުކާރުގެ މިސްޓޭކްތަކާއި އަދި މިދިޔަ ހަތް މަސް ދުވަސް ތެރޭގައި އިގްތިސާދު މެނޭޖް ކުރުމާއި މާލީ ކަންކަން މެނޭޖު ކުރުމުގައި ސަރުކާރުގެ ނާގާބިލްކަމުން ރާއްޖޭގެ އިގްތިސާދު އަދި މާލީ ކަންކަން ވެއްޓިފައި އޮތް ހާލަތު ފޮރުވުމަށް އޮޅުވާލަމުން މިދަނީ،" އަމީރު ވިދާޅުވި އެވެ.
އަމީރު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ސަރުކާރުން އޭރު ފިޔަވަޅުތައް އެޅީ ކޮވިޑް-19 އާ ގުޅިގެން ކޮންމެހެން އަޅަން ޖެހިގެންނެވެ. އޭރު ވެސް ދަރަނި އިތުރުވާނެ ކަން އޭރު ވެސް އެނގޭ ކަމަށާއި ނަމަވެސް އެ ހާލަތު ރަނގަޅު ކުރާނެ ގޮތުގެ ޕްލޭނެއް އޭރުގެ ސަރުކާރުގައި އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
އިދިކޮޅު އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ފޮޓޯ": އެމްޑީޕި
"ޕްލޭން ހެދީ 2023 ގައި އޮންނަ އިންތިހާބުން މޮޅުވާނެ ކަމަށް ބަލައިގެން. އަދި މިސާލަކަށް ބަލި ވިޔަސް ދެން އަންނަ ސަރުކާރަކުން މި ކަންކަން ކުރިއަށް ގެންދާނޭ ގޮތުގެ ޕްލޭނެއް ނެތި ނާގާބިލް ބަޔަކު އަންނާނެ ކަމަށް ބަލައިގެނެއް ނޫން އެ މަސައްކަތް ކުރީކީ،" އަމީރު ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ އެ ހާލަތު ރަނގަޅު ކުރާނެ ގާބިލްކަން މި ސަރުކާރުގައި ހުންނަން ޖެހޭނެ ކަމަށާއި ނަމަވެސް ނެތް ކަމަށެވެ. އޭގެ ސަބަބުން އެ ކަންކަން އޮޅުވާލުމަށް އެމްޑީޕީ ސަރުކާރާ ގުޅުވައި ހަގީގަތާ ހިލާފު ވާހަކަ ދައްކަމުން އަންނަ ކަމަށް އަމީރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވގ ރިދޫހުން.
01 July 2024
މި މީހުން ލަދު ނުގަންނަނީބާ ހިތައްއަރާ، ކޮން އަދުނެއް އަޅުވާކަށް، 15 މިލިޔަނަށް ކުރެވޭ ކަމެއް ވެއްޖިއާމު 60 މިލިއަނަށް ކުރީ. ދެން 45 މިލިއަން މި ރީނދޫ ބަނގަޑު އެޕްރޮޖެކްޓުން ބައި އެޅީ. މިގޮތަށް ކޮންމެ ޕްރޮޖެކް ހިންގަން ރާއްޖޭގެ ނުކަތާ ވަރަށް ބިލިއަނުން ލޯނު ނަގާގެން ޕްރޮޖެކްޓް ކަޓް ނަގައިގެން ހިންގީ ކުޑަރަށެއް ބޮޑެރަށެއް ތަފާތު ކުރުމެއް ނެތޭ ކިޔާފައި. ބިލިއަނުން ކަޓް ނަގާގެން ހުރި ... ތިއީ. ނުވީތާކަށް ނެވާ ހޮޅިން ވައްކަން ކުރި.
ތިޖޫރީ ލިބުނަސް މެނޭޖް ކުރަން ނޭނގޭނަމަ
30 June 2024
މަވެސް ބަޔަކު ކަމެއް ކުރާ ތަން ފެނުނީމަ، ތިމަންނައަށް ވާނޭ ކިޔައިގެން ނިކުތީމަ އަސްލު އިނގޭނީ އެމީހުން ވެސް ކުރި މަސައްކަތް، ކަންކަން ވާނެއޭ ކިޔާފަ ދެންވެސް ކޮންމެ ތާކަށް ބޯނުކޮށްޕާތި.
މީނަ ކުމާރީ
30 June 2024
މިނިސްޓަރ ކަމުގައި ހުރެ އަޑިނޭގޭގޮތަށް އަމީރުގެ ކްލާސްމޭޓް ގެ ނަމުގައި މަސްދޯނިވެސް ގަނެދެވުނެއްނު
ތުނޑުހަސަނު
30 June 2024
މިއީ ވެސް މައްސަލަ ބަލާފާނެތީ މަޖުލިހަށް ވަންނަންއުޅެ ނުވަދެވުނު ގޮލައެއް.
ށިހާމް
30 June 2024
އެއްވެސް ކަމެއް ކޮށްނުދެވުނީމަ ވެރިކަމަށް އަންނަން ވެގެން، ފަހުވަގުތު މާލޭގައި ހުރި އަގު ބޮޑެތި ބިންތައް ހިލޭ ބަހާ، ފައިސާ ޗާޕް ކޮށްގެން ޓީޗަރުންގެ މަުސާރަ ބޮޑުކޮށް، މަސް ގަންނަ އަގު ބޮޑުކޮށްފަ އެމީހުންނަށް ފައިސާ ނުދީ، ގައުމު މިފެންވަރަށް ވައްޓާލީ.
ނާޑުވާ
30 June 2024
ވަރަށް ރަނގަޅު ވާހަކައެއް. ކޮވިޑްގެ ސަބަބހން މުޅިދުނިޔެ ހުއްޓުނުއިރުވެސް ނުދާ ދަރަޖައަށް މި ވެރިކަން އައިފަހުން ވެއްޓިގެން މިދަނީ. ސަރުކާރު ހެޑިންގ އެޅުން ނޫންކަމެއް ނުކުރޭ
ޗޯރު
30 June 2024
ގައުމު މިހާލަތައް ވައްޓާލާފަ މޮޅު ވާހަކަ އެބަދައްކައެއްނުން. ތީ މިހާރު މިގައުމުގަ ކައުންޓު ކުރާބައެއްނޫން
އައިމިނާ
30 June 2024
މިއީ މިވެރިކަމުގެ 7 މަސްތެރޭ ހިގައިގެން އުޅޭ ކަންކަން؟ އަމީރޫޫޫ.
5 އަހަރު ގެރެންޓީ ވެފަ
30 June 2024
ރަނގަޅު ވާހަކަ އެއް، އިބޫ ސަކަރާތް ކޮށް ގެންދިޔައީ އޭ ކިޔަމުން ވެސް ވޯޓް ހޯދަން ވީ ވައުދުތަށް ވަޒީފާ އިން ދައްކަން ޖެހޭ، ދެން މިހާރު ކަނޑަން ފެށިޔަަސް މައްސަލައެއް ނެތް ތާ، މިބައިގަނޑަށް ވެރިކަމަށް އާދެވި މަޖްލިސް ވެސް ލިބިއްޖެތާ.
ހުމާމް
30 June 2024
ކަލޭމެން މޮޅަށް ކުރީ ކޮންކަމެއްތަ؟. އިންޑިޔާއިން ލޯނު ނަގައިގެން ގައުމު ދަރުވާލީ. ގައުމުގެ މިނިވަންކަން ގެއްލޭ ހިސާބުގަ އޮތީ