ރާއްޖެއަށް ސިއްރުން އެތެރެކުރި ސިގިރޭޓް: މި ތަކެތީގެ އަގު 1.6 މިލިއަނަށް އަރާ ކަމަށް ކަސްޓަމްސް އިން ބުނޭ -- ފޮޓޯ: ކަސްޓަމްސް
29 ޖޫން 2024 - 19:01
ރާއްޖެއަށް މުދާ އެތެރެ ކުރުމުގައި އޮންނަ އިޖްރައާތު ފުރިހަމަ ނުކޮށް، ސިއްރުން ރާއްޖެއަށް އެތެރެކުރި 1.6 މިލިއަން ރުފިޔާގެ ސިގިރޭޓް ކޭސްތަކެއް ކަސްޓަމްސް އިން ހޯދައިފި އެވެ.
ކަސްޓަމްސް އިން މިއަދު ބުނީ ސިއްރުން ސިގިރޭޓު އެތެރެކުރި ކަމުގެ ތުހުމަތު ކުރެވިގެން މި ތަކެތި ހޯދާފައިވަނީ ކޯޓު އަމުރެއްގެ ދަށުން ބަލާ ފާސްކުރެވުނު ހުޅުމާލޭގެ ހަތަރު ތަނަކުން ކަމަށެވެ.
މިގޮތުން ހަތަރު ތަނަކުން 173 ކޭސް ސިގިރޭޓު އަތުލައިގެންފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
މި ތަކެތީގެ އަގު 1.6 މިލިއަން ރުފިޔާއަށް އަރާއިރު، އިމްޕޯޓު ޑިއުޓީޣެ ގޮތުގައި 5.6 މިލިއަން ދިވެހި ރުފިޔާ ދައްކަން ޖެހޭ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
ކަސްޓަމްސް އިން އިތުރަށް ބުނީ ކަސްޓަމްސްގެ މަސައްކަތްތައް ބައްޓަންވެފައިވަނީ ދުރާލާ ލިބޭ އިންޓެލިޖެންސް މައުލޫމާތާއި ޓްރޭޑާ ޕްރޮފައިލްއަށް ބިނާކޮށް މުދަލުގެ ލިޔެކިޔުންތަކާއި މުދާ ބަލައި ފާސްކުރާ ގޮތަށް ކަމަށެވެ.
މިގޮތުން ލިބޭ މައުލޫމާތުތަކަށް ބިނާކޮށް، ގަވައިދާ ހިލާފް މުދާ ކަމަށް ޝައްކު ކުރެވޭ ހާލަތުގައި މުދާ ކްލިއާ ކުރުމަށް ފުރުސަތު ދިން ނަމަވެސް އެ ތަކެތި ގެންދާ ތަނެއް ހޯދުމަށް ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންތައް ކުރިއަށް ގެންދާ ކަމަށް ކަސްޓަމުން ބުންޏެވެ.
"މިގޮތަށް ހިންގޭ އޮޕަރޭޝަންތަކުގެ ތެރެއިން މިފަދަ މުދާ ގެންގޮސް ވައްދާ ތަންތަން ބަލައިފާސްކޮށް އެތަކެތި ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެވެ އެވެ." ކަސްޓަމްސްއިން ބުންޏެވެ.
މި ގޮތަށް އެތެރެކޮށް މުދާ ބޭރުކުރާ މީހުންގެ މައްސަލަތައް ތަހުގީގުކޮށް ކުރިއަށް އޮތް ތަނުގައި ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ވެސް ކަސްޓަމްސް އިން ބުނެފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުލުވަގު
30 June 2024
ވަގެއް ނޫން މީހަކު މި ގައުމުގައި އެބަހުރި ބާވައެވެ. އެކަކު ވަގަށް މަސްތުވާތަކެތި އެތެރެކުރާއިރު އަނެކަކު ވަގަށް ސިގިރޭޓް، އަނެކަކު ކޮންމެވެސް އެހެން އެއްޗެއް. ނޫނިއްޔާ ދެން ހުރި މީހަކު ވަގަށް ނަގައި ކާރު ރަޖިސްޓަރީކުރާނީ. ޖެހިގެން ހުރި މީހާ ވަގުން ވަގަށް ނަގާފައި ހުންނަ ފައިސާއަށް ޖަލަށް މޯބައިލް ފޯނާއި މަސްތުވާތަކެތި ވައްދާނީ. އެމީހަކަށް ވައްކަން ކުރެވުނު ގޮތަކަށް ވައްކަން ނުކުރާ އެކަކުވެސް މިގައުމުގައި ނެތޭ ބުނާ ދަރަޖައަށް މިހާރު ހިނގައްޖެ.
ތެދުވެރިމީހާ
30 June 2024
މިގައުމުގާ ތެދުވެރިން ނާއި ގާނޫނަށް ހުރުމަތްކިށް ހިތާމީހުނަކީބއެންމެ ނިކަމެތި މީހުން.. ދުވަސްކޮޅަކުން ވަކަން ނުކުރާ މީހުންނަށް ނޫޅެވޭވަރުވާނެ
އެކްސްް
30 June 2024
މިއީ ސީދާ ގުޅިގެން ހިންގާފައިވާ ޖަރީމާއެއް. މިކަމުގައި ކަސްޓަމްސްގެ ޑޮކިއުމެންޓޭޝަން، އަދި ކާގޯ ކްލިއަރެންސް މުވައްޒަފުންގެ ބައިވެރިވުން ނެތި ނުދާނެ.
ހުސެއިން ޝާމް
30 June 2024
ވަގަށް ތަކެތި ގެންދިޔަމީހުންގެ ފޮޓޯ އަވަހަށް ނޫސްވެރިންނަށް ދައްކާ އެއިރުން ކޮމެންޓް ކުރަން އެގޭނީ ،ޖިންނީން އެބައުޅޭ،މުނާފިޤުން އެބައުޅޭ.
ރޮލެކްސް
30 June 2024
ދައުލަަތަށް އެކި މީހުންގެ އަތުން ލިބެންވާ ފައިސާ ހޯދަން އެބަޖެހޭ، މިސާލަކަށް ރައީސް ޔާމީނު، ޔާމީނުގެ ފުރަތަމަ މައްސަލަ ސްޕްރީމްކޯޓުން ބާތިލްކުރީ އެންމެ ސަބަބަކަށްޓަކައި، އެއީ ޗެކް ނަންބަރެއް ފަދަ ނަންބަރެއް ނުބައިކޮށް އޮވެގެން، އެހެންވެ ޖިނާއީ ދައުވާބާތިލުވިޔަސް، މަދަނީ ގޮތުން މިމައްސަލާގައި ދައުވާކޮށް ދައުލަތަށް ލިބެންވާ ފައިސާ ހޯދޭނެ، ހޯދަންވާނެ، އިގުތިސާދީ ކާރިސާ މިއަންނަނީ ސިޔާސީ މީހުން ބޭތުލް މާލު ދިރުވާލައިގެން ފިލާތިބެން ޖާގަދޭތީ
ލަސް
30 June 2024
ކަޓު ނުދިނީމަ ފަޅާއަރުވާލީ.
ޟޮމީރު
30 June 2024
ފެށުނު އިރު އޮތީ އިމްޕޯޓުކުރި ވާހަކަ، ނިމުނު އިރު އޮތީ މުދާ ބޭރުކުރާ ވާހަކަ، ސާފެއް ނުވި
ރަދީފްއޮފިޝަލް
30 June 2024
[''މި ގޮތަށް އެތެރެކޮށް މުދާ ބޭރުކުރާ މީހުންގެ''] ހެލޯ ބްރޯ.މިތަނުގަ ''ބޭރުކުރާ'' އެމާނަ ކުރަނީ ކަސްޓަމުން / އެމްޕީއެލްގެ ބެލުމުގެ ދަށުން ނެރެގެން ގެންދާ ދިޔުމަށް. މަނިކްފާނަށް އެސްއެސްސީ ދިވެހި ޕޭޕަރުގެ ދޭހައިން ލިބުނީ ކިތައް މާކްސްތޯ އަހާލަން ބޭނުން. ހެހެހެހެހެހެެ.ވ.ވެދުން
ޖޯޖް
30 June 2024
ސުވާލެއް !!ޤައުމު ހިންގާނެ ފައިސާ ނެތްއިރު ނުވަތަ އިބޫ ދިޔައިރު ދިޔައީ ހަޒާނާ ލޫޓުވާލާފައި ކަމަށް ޚުދު މުޢިއްޒުގެ ސަރުކާރުން ބުނަމުން ގެންދާއިރު، ކީއްވެގެންތޯ ހުވާކުރެއްވުމުގެ ރަސްމިއްޔާތައް 26 މިލިއަން، މުލިޔާގެ މަރާމަތަށް 21 މިލިއަން، ހިލާލީގެ މަރާމަތަށް 15މިލިއަން، އަސްކަރީ ޑްރޯން 500 މިލިއަން، ޢީދު ބޮކި ދިއްލަން 50 މިލިއަން. ކީއްކުރަންތޯ ޤައުމު މިހާލަތުގައި އޮއްވާ 612 މިލިއަން ހަރަދުކޮށްލީ ؟
އަހްމަދީ
30 June 2024
އަދި މިހާރު އަދުރޭހުންނަން އެތައްޔާރުކުރާ ގަނޑުވަރަށްވެސް 15ވަރަކަށް މިލިއަން ޚަރަދުވާނެކަމަށް ބެލެވޭ. ހީވާގޮތުން އެތަން އެހަދަނީ އަދުރޭގެ މުޅިއާއިލާ އެތާއުޅޭ ގޮތަށް. އޭރުން މިހާރު އުޅޭތަން 5 އަހަރަށް ކުޔަށްދެވޭނެ. ނޫސްވެރިއަކު އެތަނަށްވަދެލާބަލަ. މަސައްކަތް ބަލާލަން.
މޯޑް
29 June 2024
ހުރިހާ ދިމާލަކުން ވެސް ވައްކަން. ގައުމް ހަލާކުނުވިއްޔާ ރަފަޅެއްނު
ދެން ކިހިނެތް ވާނީ ތިޔަށް
29 June 2024
ދެން ކިހިނެތް ވާނީ ތިޔަށް؟ އަލުން ވިއްކާނީތަ ފިހާރަތަކަށް ލާފަ؟