ފުލުހުން، މީގެ ކުރިން އަތުލައިގަތް ވޭޕްތަކެއް.-
10 ޑިސެމްބަރ 2025 - 16:19
ރާއްޖެއަށް ވޭޕް ގެނައުން މަނާކުރި ފަހުން، އެ ތަކެތީގެ އެންމެ ބޮޑު ޝިޕްމަންޓު އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން މިއަދު ބުނީ ކަނޑުމަގުން ގެނައި ޝިޕްމަންޓެއްގައި ގާނޫނާ ގަވައިދާ ހިލާފު ތަކެތި ހުރެދާނެ ކަމަށް ފާހަގަކުރެވިގެން މިދިޔަ ބުރާސްފަތި ދުވަހު ޝިޕްމަންޓެއް ފާސްކުރި ކަމަށެވެ.
އޭގެ ތެރެއިން 10،800 ވޭޕް ކާޓްރިޖް ހޯދައި ކަސްޓަމްސްގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.
އެ ތަކެތީގެ އަގު 2.7 މިލިއަން ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
ރާއްޖެއަށް ވޭޕާއި އެއާ ގުޅުން ހުރި އާލާތްތައް އެތެރެކުރުން މަނާކޮށްފައިވަނީ ނޮވެމްބަރު 15، 2024 ގަ އެވެ.
ކަސްޓަމްސް އިން ބުނިގޮތުގައި، މިއީ ފާއިތުވި އެއް އަހަރުގެ ތެރޭގައި ކަސްޓަމްސް އިން ހިފެހެއްޓި ވޭޕްގެ އެންމެ ބޮޑު ޝިޕްމަންޓެވެ. އަދި އެކި އޮޕަރޭޝަންތަކުން މިހާތަނަށް 66،000 އަށްވުރެ ގިނަ ވޭޕް އަތުލައިގެންފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "މިހާރު"ން ފޮނުވި ސުވާލުތަކަށް އެ އިދާރާއިން މިދިޔަ އޮގަސްޓް މަހު ދިން ޖަވާބުގައި ބުނީ ވޭޕް އެތެރެކުރުން މަނާކުރި ދުވަހުން ފެށިގެން މިދިޔަ ޖޫން މަހުގެ 15 އާ ހަމައަށް 69 މީހުން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
އެ މުއްދަތުގެ ތެރޭގައި ކުރި ޖޫރިމަނާގެ ގޮތުގައި 400 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަރާ ކަމަށް އެ އިދާރާއިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބަޑިތަކުރު
11 December 2025
އަތުލައިގަނެވުނަކަސް މިހާރަކު ނުނިމެއެވެ. ތިޔަ ތަކެއްޗަށްވާނެގޮތަކާމެދު ސުވާލު އުފެދެއެވެ. މާލަސްނުކޮށް ހާމަކަންބޮޑު ސުވާލު ނުއުފެދޭނެ އިންތިޒާމެއްގެ ދަށުން ތިޔަތަކެތި ނައްތާލަންޖެހެއެވެ.
އަޅެ
10 December 2025
400 މިލިއަނުގެ ޖުުުރިމަނާ ކޮށްގެން ކިތައް މިލިޔަން ދައްކާފަ ވަނީ މިހާރު؟
ހިޝާމް
10 December 2025
ދެން އަބަދުވެސް ހަބަރު ތަކަށް އަރަމުންދާނީ ވޭޕް އަތުލައިފި ކަމަށް، ވަގަށް ވޭޕް އެތެރެ ކުރުން އަވަހަށް ރީތި ކޮށް ހުއްޓާލާ، ތިޔަކަން ކުރަން މިސަރުކާރުގަ ފަސޭހައެއް ނުވާނެ، މިކަން ކުރާ މީހުނަށް ނަސޭހަތްތެރިވަން މިކަން ހުއްޓާލުމަށް
އަލިފާންފޮށި
11 December 2025
ބައްލަވާ…ވޭޕް ބޭނުންކޮށް އެތެރެކުރުން މަނާކުރީ މި ސަރުކާރުން ކުރިކަމެށްކަން ދައްކަންވެގެން. ޢެއްވެސް ހެޔޮ ނިޔަތެއް އޮވެގެނެއްނޫން. މަނާކޮށް މިއަދާ ޖެހެންދެން ވީ ރަގަޅެށް އެބައޮތްތަ. ވޭޕްގެ ޓީޗަރުންނަށް އަނިޔާކުރީ ވޭޕް ބޮއެގެންތަ؟
ފިރާގު
10 December 2025
ޒުވާނުން ހަލާކު ކުރަން މިތާ ކޮމެންޓު ނުކުރުން ބުއްދި ވެރީ، މިސަރުކާރުން ވޭޕް މަނާ ކުރީ ވަރަށް މާތް މަގްސަދެއްގައި ޒުވާނުންނަށްޓަކައި، މި ސަރުކާރުގައި ވޭޕް އެތެރެ ކުރަން އުނދަގޫވާނެ، ކިތަންމެ މަތީ ލެވެލްއެއްގެ މީހަކު ވޭޕް އެތެރެ ކުރިޔަސް މިސަރުކާރުން އެކަމަށް ފިޔަވަޅު އަޅާނެ
ނިހާދު ހަސަން
10 December 2025
ގެނައި ބަޔަކުވެސް ހާމަ ކުރާނެ، އެކަން ކުރަންވެސް މިސަރުކާރުން ފަހަތަކަށް ނުޖެހޭނެ، އެކަން ތަހުގީގު މަރުހަލާގައި ހާމަ ކުރަން ޖެހޭ ހިސާބުން އެކަންވެސް ކުރާނެ، މިސަރުކާރަކީ ބިރުން ސިއްރުން އުޅޭނެ ސަރުކާރެއް ނޫން ކަން މި ހަބަރު ތަކުން ޔަގީންވޭ
ސަހީމް
10 December 2025
އެތެރެ ކުރާ ހުރިހާ ވޭޕެއް އަތުލާނެ. އަދި އެ ނައްތާވެސް ލާނެ، އެކަމާ ދެކޮޅު ފުލުހެއް ހުއްޓަސް ކަސްމަރު އޮފިސަރެއް ހުއްޓަސް އެމީހަކާ ދޭތެރޭ ފިޔަވަޅު އަޅާކަށް މިސަރުކާރުން ފަހަތަށް ނުޖެހޭނެކަން މިވަނީ ސާފުކޮށް ދައްކާފަ
ސަހީދާ
10 December 2025
ވޭޕް މަނާކުރީވެސް މިސަރުކާރުން، އެތެރެ ކުރާ ވޭޕް އަތުލާނީވެސް މިސަރުކާރުން، ކަރަށް ނާރު އަރުވާފަ ކިތައްމެ ދޮގެއް ފެތުރިޔަސް މިސަރުކާރުން ވޭޕް ހުއްޓުވާނެ
ހޮޓްކިންގ
10 December 2025
ކަނޑުމަގުން އޮޔާތޯއައީ؟ ކީއްވެތަ އެތެރެކުރާބަޔަކު ސިއްރުކުރީ؟
ފަޅުމަސް
10 December 2025
މިހާރު ތިޔަ ތަކެތި ކޮބާ؟ ކޮންޓޭނަރު ހުރި ގޮތަށް ގެއްލޭ އިރު، ތިވަރު ކުޑަ އެތިކޮޅެއް ގެއްލުވާލާކަށް މާ އުނދަގުލެއް ނުވާނެ އެއްނު.. ބަލާބަލަ ހުރިތޯ..
ބަސްމާ
10 December 2025
ދިވެހިންގެ ތެރޭގައި ތިބި ކަންކަން އިސްލާހު ނުކޮށް ފާޑު ކިޔާ މީހުނޭ ރަނގަޅަށް ވިސްނާ ކޮންސަރުކާރަކުންތޯ މިފަދަ ކަންކަން ހަމަ މަގަށް އަޅުވަން މަސައްކަތް ކުރަނީ