ފުލުހުން ކުރިން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަނެފައިވާ ވޭޕާއި އެއާ ގުޅުން ހުރި އާލާތްތަކެއް.-- ފޮޓޯ: ޕޮލިސް
11 ޑިސެމްބަރ 2025 - 10:59
ވޭޕްކުރަން ބޭނުންކުރާ ތަކެތި، ރާއްޖެ އަށް އެތެރެކުރުން މަނާކުރި ފަހުން ވަގަށް އެތެރެކުރި އެންމެ ބޮޑު ޝިޕްމެންޓް ގެނައީ ޑިޓާޖެންޓް ފުޅިތަކެއްގައި ބަންދު ކޮށްގެން، ޑިޓާޖެންޓްގެ ނަމުގައިކަން އެނގިއްޖެ އެވެ.
ކަސްޓަމްސް އިން އިއްޔެ ބުނި ގޮތުގައި މި ތަކެތި ފެނުނީ ކަނޑުމަގުން ގެނައި ޝިޕްމަންޓެއްގައި ގާނޫނާއި ގަވާއިދާ ހިލާފު ތަކެތި ހުރެދާނެ ކަމަށް ފާހަގަކުރެވިގެން މިދިޔަ ބުރާސްފަތި ދުވަހު އެ ޝިޕްމަންޓް ފާސްކުރި އިރު ކަމަށެވެ.
މިކަމާ ބެހޭ ތަފްސީލު ކަސްޓަމްސް އިން އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް މައުލޫމާތު އެނގޭ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި ވޭޕް ކުރުމަށް ބޭނުންކުރާ ތަކެތި ފޮރުވާފައި ހުރީ ޑިޓާޖެންޓް ފުޅިތަކެއްގަ އެވެ. އަދި އެ ޝިޕްމަންޓުގައި ނެޕީ ފަދަ އެހެން ބައެއް ބާވަތްތައް ވެސް ހުރި ކަމަށްވެ އެވެ.
މި ތަކެތި ރާއްޖެއަށް އިމްޕޯޓްކޮށްފައިވަނީ "ސެރެނިޓީ ބްލޫ" ކިޔާ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްގެ ނަމުގަ އެވެ. މިއީ 2020 ވަނަ އަހަރު ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރިއެކެވެ.
ކަސްޓަމްސް އިން ބުނެފައިވާ ގޮތުގައި މި ޝިޕްމަންޓުގެ ތެރެއިން 10،800 ވޭޕް ކާޓްރިޖް ހޯދައި ކަސްޓަމްސްގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ. އެ އިދާރާ އިން ބުނި ގޮތުގައި މި ތަކެތީގެ އަގު ރާއްޖޭގައި މިހާރު މި ބާވަތުގެ ތަކެތި ކަޅު ބާޒާރުގައި ވިއްކާ ރޭޓުން ބަލާއިރު 2.7 މިލިއަން ރުފިޔާއަށް އަރާނެ އެވެ.
ރާއްޖެ އަށް ވޭޕާއި އެއާ ގުޅުން ހުރި އާލާތްތައް އެތެރެކުރުން މަނާކުރީ ނޮވެމްބަރު 15، 2024 ގަ އެވެ.
ކަސްޓަމްސް އިން ބުނި ގޮތުގައި، މިއީ ވޭޕް މަނާކުރި ފަހުން އެއް އަހަރުގެ ތެރޭގައި ކަސްޓަމްސް އިން ހިފެހެއްޓި ވޭޕްގެ އެންމެ ބޮޑު ޝިޕްމަންޓެވެ. އަދި އެކި އޮޕަރޭޝަންތަކުން މިހާތަނަށް 66،000 އަށް ވުރެ ގިނަ ވޭޕް އަތުލައިގެންފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "މިހާރު" އަށް ކަސްޓަމްސް އިން އޯގަސްޓް މަހު ދީފައިވާ މައުލޫމާތުގައިވާ ގޮތުން މިދިޔަ ޖޫން މަހުގެ 15 އާ ހަމައަށް 69 މީހަކު ވަނީ ވޭޕް އެތެރެކޮށްގެން ޖޫރިމަނާކޮށްފަ އެވެ. އެ ޖޫރިމަނާގެ ޖުމްލަ 400 މިލިއަނަށް ވުރެ މައްޗެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
1828
11 December 2025
ނަމުގައި ވޭޕް މަނާކޮށްފައި. އެކަމަކު ވަގަށް އެތެރެކުރާވަރު މަދެއްނުވޭ. ބްލެކް މާކެޓްގައި ވިއްކާވަރު މަދެއްނުވޭ. ބްލެކް މާކެޓްގައި ގަންނަވަރު މަދެއްނުވޭ. ރިސޯޓްތަކުގައި ވޭޕް ބޭނުންކުރާވަރު މަދެއްނުވޭ. ހުރިހާ ޝުކުރެއް ހައްޤުވަނީ މިހާރުގެ ރައީސް ޑރ.މުޙައްމަދު މުޢިއްޒަށް. މަރުހަބާ ދިވެހީންގެ ދިވެހިރާއްޖެއަށް. މަރުހަބާ މޯލްޑިވްސް 2.0-އަށް.
1828
11 December 2025
މިކަން މިގޮތަށް ކުރަނީ ކީއްވެ؟ ސަބަބު ބަޔާންކުރޭ. (10 މާކްސް) މިކަން މިގޮތަށް ކުރަނީ އެތެރެކުރުން މަނާކުރުމުން. ސަބަބަކީ އަދިވެސް ވޭޕްކުރުމަށް އޮތް ޑިމާންޑް ދަށަށް ނުދާތީވެ. ބްލެކް މާކެޓްގައި އަދިވެސް މިތަކެތި ވިއްކާ / ގަނެހަދާތީވެ. ބްލެކް މާކެޓްގައި ވޭޕް އަދި ވޭޕް ކާޓްރިޖް ވިއްކާކަން ދިވެހި ފުލުހުންގެ ޚިދުމަތަށް އިނގޭއިރުވެސް އެކަންކަން ހުއްޓުވަން މަސައްކަތްނުކުރާތީވެ، ވިއްކާމީހުން އެތަކެތި ވަގަށް އެތެރެކޮށްގެން އެ ވިއްކަނީ.
ފޫހި
11 December 2025
މަނާކޮށްބަލަ މިނަރަލް ވޯޓާ ފެން. އޭރުން އަލިފާން ނަމުގަ ނަމަވެސް އެ އެތެރެކުރާނެ. ފޯރި ހުރިކަމެއްތީ. ގާނޫނު މަނާކުރުމުން އެއާ ދުރަށްދޭބަލަ. ދެރަކަމެއްނު
ވޭޕްޑެޑީ
11 December 2025
"އެ އިދާރާ އިން ބުނި ގޮތުގައި މި ތަކެތީގެ އަގު ރާއްޖޭގައި މިހާރު މި ބާވަތުގެ ތަކެތި **ކަޅު ބާޒާރުގައި** ވިއްކާ ރޭޓުން ބަލާއިރު 2.7 މިލިއަން ރުފިޔާއަށް އަރާނެ އެވެ". ކަޅު ބާޒާރުގައި ވިއްކާ ރޭޓްތައް ވެސް އިނގޭ، އެކަމަކު ކަޅުބާޒާރުގެ ވިޔަފާރިއެއް ނުހުއްޓުވޭ!؟
މުވައްޒަފުން
11 December 2025
ކީއްކުރަން ކުރާ ކަމެއް. މުއިއްޒު ނޫޅޭ ކަސްޓަމުން ކުރާކަމެއް ބަލާކަށް. ޕާފޮމަންސް ރަނގަޅުކޮށްގެން ވާކަމެއް އެބައޮތްތަ
ޱރ ވާނުވާ ހަސަންމަނިކު
11 December 2025
މިފަހަރު ވ ރަނގަޅައް އެބަޖެހޭ ކަސްޓަމްސް އިން މިކަމުގެ މައުލޫމާތު ހާމަކުރަން ކޮންގައުމަކުންތޯ އެތެރެ ކުރީ އަދި މުދާ ފޮނުވި ކުންފުނީގެ ނަންވެސް މިހެންމިބުނީ މިކަހަލަ ކަންތަކުގަ މުދާ ފޮނުވާފަރާތުގެވެސް ކޮންމެވެސް ވަރެއްގެ ޒިންމާތަކެއް އޮތަތީވެ.
ބުއްޅަބޭ
11 December 2025
މުދާ ފޮނުވާ ފަރާތާއި ގަންނަފަރާތުން ރާވައިގެން ކުރާ ކަންތައްތިއީ، އަޑީގަ ތިބޭނެ ކަސްޓަމް މީހުންވެސް!
ޱރ ސާފު
11 December 2025
ތިޔަކަންތައް ކުރިބަޔަކު ފުރަތަމަ މަރުހަލާގަ ފިއަފާރީގެ ނަން ހާމަކުރަންޖެހޭނެ ބިރުކަނޱާލާފަ. ނޫސްވެރިންވެސް އިތުރު މައުލޫމާތު ހޯދަން މަސައްކަތްކުރަންވާނެ. މިބާވަތުގެ އަމަލުތަކުން ތާހިރު ވިއަފާރިކުރާ ފަރާއްތަކަށް ވ ބޮޱުތަކުލީފުތަކެއްނޖެހޭނެކަން ހަމަޔަޤީން.
ސަމްސުންނިސާ
11 December 2025
ގެނައީ ކޯންޗަކުކަމެއް ބަލާކަށް ބޭނުމެއްނެތް. ބަލަންބޭނުންވަނީ ކޮންބައެއްތޯ ގެނައީ؟ އަނެއްކާވެސް ބިންލާދިން ކޮންޓޭނަރެއްގާތޯ ގެނައީ؟
ކަލޭގެސަން
11 December 2025
ނުކިޔަން ދޯ؟ "މި ތަކެތި ރާއްޖެއަށް އިމްޕޯޓްކޮށްފައިވަނީ "ސެރެނިޓީ ބްލޫ" ކިޔާ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްގެ ނަމުގަ އެވެ. މިއީ 2020 ވަނަ އަހަރު ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރިއެކެވެ."