ޝަމްނާޒް: ސިހުރުގެ މައްސަލައެއްގައި އޭނާ ވަނީ ހައްޔަރުކޮށްފައި.
01 ޖުލައި 2024 - 14:39
ސިހުރުގެ މައްސަލައިގެ ތަހުގީގަސް ހައްޔަރުކުރި އެންވަޔަރްމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް އަދި އޭނާގެ ކޮއްކޮ ހައްވާ ސަނާ ސަލީމްގެ ބަންދުގެ މުއްދަތު މިއަދު އިތުރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން، އެ މުއްދަތު އިތުރު ހަތް ދުވަހަށް ދަންމާލާފައިވާ ކަމަށެވެ.
އެ މީހުން މިދިޔަ މަހުގެ 23 ވަނަ ދުވަހު ފުރަތަމަ ހައްޔަރުކުރުމަށް ފަހު ވެސް ބަންދަށް ހަތް ދުވަސް ޖެހި އެވެ.
އެ މައްސަލައިގައި ދެން ހައްޔަރުކުރި ހދ. ވައިކަރަދޫ، ހުސެއިން ސަމީރުގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ކޯޓުން މިއަދު ވަނީ އޭނާ ބަންދުން ދޫކޮށްލައިފަ އެވެ.
ޝަމްނާޒްއަކީ ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ ކުރީގެ އަނބިކަނބަލުންނެވެ. އެ ދެ ބޭފުޅުންގެ ދަރިން ވެސް ތިބިއިރު، މި ފަހުން ވަނީ ވަރިކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި، ޝަމްނާޒް ހައްޔަރުކޮށްފައިވާ މައްސަލައިގައި ރަމީޒުގެ މައްޗަށް އެއްވެސް ތުހުމަތެއް ނެތެވެ. ތަހުގީގު ކުރާ މީހުންގެ ތެރޭގައި ރަމީޒުގެ ނަމެއް ނެތެވެ.
ރަމީޒާއި ޝަމްނާޒު ވެސް ވަނީ މަގާމުން ސަރުކާރުގެ މަގާމުތަކުން މިދިޔަ ބުރާސްފަތި ދުވަހު ސަސްޕެންޑު ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިހާމް ހަސަން
02 July 2024
މީގެ މީހަކަށް އިތުބާރު ކުރެވޭނީ ކިހިނެއްތޯ. މިހުރީ ކަން ކުރި ގޮތް
އައިސްތު އަލީ
02 July 2024
މަ ހިޔެއް ނުކުރަން މި ޝަމްނާޒްމެން މިހެން އުޅޭނެ ކަމަށް. ބޮޑު ވަރު
މަހްތޫމް
02 July 2024
ބަރާބަރު. ތިކަހަލަ މީހުންނަށް އަދަބު ދޭންޖެހޭ.
އަފްޝީން
02 July 2024
ސިހުރުވެރިންނަ ހައްގު އަދަބު ދޭންޖެހޭ.
އައްޔަ ލީ
02 July 2024
ސިހުރު ހެދިކަން ކިހިނެތް ސާބިތު ކުރާނީ ? ގަހެއް ވެސް އިންދަފާނެ އެއްނު
ހާރޭ
02 July 2024
ހެހެ މަޤާމުގެ ދިފާއުފަ ގާޒީންވެސް ކޮންމެކަމެއްވެސް ކޮށްފާނެ. ކިތައްހެކިން ތޯ ތިބީ ފެނުނު ؟
ހުސެއިްނ ޝާމް
02 July 2024
އެންމެފަހުން ދައުލަތުން ދައުލަތް ބަދުނާމު ކުރަނީ .އައްޑޫ މޫސަލް މުސްތަފާ ޖަވާހިރުލް ޤުރުއާން ލިއުއްވި ބޭފޫޅާ އަދި އަޅުގަނޑުގެ މަންމަ ބުނާ ގޮތުން ބައްޕަ ފެނުނީވެސް އެބޭފުޅާ ކައިރި އަށް ކިޔަވަން މަންމަ ދިތޔަ ދުވަސްވަރު. މޫސާބެއްޔާ ބުނިކަމަށް ގަނޑުވެރި އިބްރާހިމްބޭބެގެ ނަސީރާއްތަ ޤުރުއާން ހިތުދަސް ބޭކަނބަލެއް އަޅުގަނޑު މުންނަ ކައިރީ ވާހަކަ ދެއްކި ދުވަހަކު ވިދާޅުވީ މޫސާގެފާނުގެ ޒަމާނުގައޭ ހަޤީޤަތަށް ސިހުރު ހެދީ. މިހާރު މިކުރަނީ ޖިންނިޝައިތާނުންނާއެކު
ގުދުގުދާބެއްޔާ
02 July 2024
މެޑަމް ކަރޯކޭ ވީޑިއޯ ލީކުކުރީ މަށޭ އެބަކިޔާތަ!؟؟
ހާދަ
02 July 2024
ތިޔަ ތިނެސްކަން ލޯބީގެ ކޮލައިމެކްސް އަންނާނީ ކިހާހިސާބަކުންބާ
ފަހި
02 July 2024
ލޯބިވުމަކީ ކުށެއްނޫން ލޯބިވެރިޔާއަށްޓަކާ ކަނޑުގަ އޮންނަންޖެހުނަސް ކެތްކުރޭ