ހެެންވޭރުގައި ހެދި އާ ޕޮލިސް ސްޓޭޝަން: ސިހުރު ޕްރޮމޯޓްކުރާ ޕޭޖުތަކެއްގެ މައްސަލަ އަންނަނީ ބަލަމުން. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
04 އޯގަސްޓް 2025 - 10:40
ސިހުރާއި ފަންޑިތަ ހަދައިދޭ ކަމަށް ބުނެ ސޯޝަލްމީޑިއާގައި ފުޅާކޮށް އެކަން ޕްރޮމޯޓްކުރަމުންދާ ޕޭޖުތަކެއްގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
އެކި ކަންކަމާ ގުޅުވައި ސިހުރު ހަދަން ހިތްވަރުދީ، ފޭސްބުކުގައި ދައުރުކުރާ އެ ޕޭޖުތައް ހިންގަމުން އަންނަނީ މިދިޔަ ޖޫން މަހުން ފެށިގެންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ސިހުރު ހަދައިދޭނެ ކަމަށް ބުނެ މައުލޫމާތު އާންމުކުރަމުންދާ ޕޭޖުތަކެއްގެ މައްސަލަ ސޯޝަލް މީޑިއާއިން ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ސިހުރު ހަދައިދޭ ކަމަށް ބުނެ ގިނަ ޕޭޖުތަކެއް ފޭސްބުކްގައި ހިންގަ އެވެ.
އެ ޕޭޖުތަކުގައި ސިހުރާއި ފަންޑިތައާ ގުޅުން ހުރި ފޮޓޯ އާއި މައުލޫމާތުތައް ހިއްސާ ކޮށްފައި ހުރެ އެވެ. އޭގެ އިތުރުން އެ ޕޭޖު ހިންގާ މީހުން ހަދައިދޭ ސިހުރާއި ފަންޑިތައިގެ ވައްތަރުތައް ވެސް ކިޔައިދީފައި ހުރެ އެވެ.
ސިހުރު ހެދުމަކީ ބޮޑު ފާފައިގެ ތެރޭގައި ހިމެނޭ ކަމަކަށް ވިޔަސް، ސިހުރު ޕޭޖުތަކުން އެ ޕްރޮމޯޓްކޮށް އެކި ބަލިތަކާ ގުޅިގެން ވެސް ސިހުރު ހަދައިދޭ ކަމަށް އިޝްތިހާރުކުރެ އެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ސިހުރުގެ މައްސަލަ ބޮޑުވެ، ރިޕޯޓްކުރާ ބައެއް ސަރަހައްދުތަކަށް ފުލުހުންގެ ތަހުގީގު ޓީމުތައް ގޮސް، އެކި ރަށްރަށް ބަލައި ފާސްކޮށްފައި ވެސް ވެ އެވެ.
ހދ. ކުޅުދުއްފުށީގައި ސިހުރުގެ މައްސަލަ ބޮޑުވެ، ފުލުހުން މިދިޔަ ފެބްރުއަރީ 20 ގައި ހިންގި އޮޕަރޭޝަނެއްގައި 10 ގެއެއް ބަލައި ފާސްކޮށް 8 ގެއަކުން ސިހުރު ހަދާ ސާމާނު ހޯދާފައި ވެ އެވެ.
މިދިޔަ މޭ މަހު ހއ. ބާރަށުގެ އަށް ތަނެއް ބަލައި ފާސްކޮށް އަށް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އެކަމަކު ފަހުން އެ އެންމެން ވެސް ދޫކޮށްލީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަސް
04 August 2025
21 ވަނަ ގަރުނުގެ ޖާހިލުން.
އަބްޑޫޅް +
04 August 2025
އެއީ ގުޖުރާތީ ބަހެއް،
އެސައިންމަންޓް
04 August 2025
އެސައިންމަންޓް ލިޔެދޭން އިސްތިހާރުކުރާ ޕޭޖްތަކުގެ މައްސަލަ ބަލަން ފަށާނީ ކޮންއިރަކުންތޯ
އަބްޑޫލް +
04 August 2025
މި ބިލްޑިންގު ގެ ނަމުގަ އެ އޮތް، "އިންވެސްޓިގޭސެން"، މި ލަފުޒު އެއީ ދިވެހި ބަހެއްތާ، ނޫނީ ތަމަޅަ ބަހެއް ތާ، ނޫނީ ބަންގާޅީ ބަހެއްތާ؟ ހަމަ ގައިމުވެސް، އަހުރެން ދަންނަ ބަހެއްގެ ބަހެއް ނޫން އެއީ. އިނގިރޭސި ބަހެއް ދޯވު؟ ޙޫމް.
789މީގަތު
04 August 2025
ޓެލެގްރާމްގަ އެހެރީ ހަށިވިއްކާ ދިވެހި އަންހެނުންގެ ބަރަހަނާ ފޮޓޯއާ ވީޑިއޯ، ކޮބައިތޯ އެޅުނު ފިޔަވަޅެއް ވަރަށް އޯޕަންކޮށް އެދަނީ އެކަން ފަތުރަމުން....
ލުބްސީނާ
04 August 2025
މީ އެއްކަލަ 100% އިސްލާމުން އުޅޭ ގައުމު. 5 ނަމާދު ކޮށްފަ ހޮބީ އަކަށް ސިހުރު ހެދުން. ލޮލް.
ޙަޤީޤަތް
04 August 2025
ކީއްވެ ފާޅުގަ ޓިކްޓޮކްގަ ހަށިވިއްކާމީހުންގެ މައްސަލަ ނުބަލަނީ މި މުޖްތަމަޢުގަ ވަރަށްބާރަށް ފެތުރެމުންދާ ވަބާއެއްމީ
ސެންސް މޭކް
04 August 2025
އައި ސަޕޯޓް ދިވެހިބަހުން "ފަންޑިތަ" އަރަބި ބަހުން "ރުގްޔާ" އެންޓި ސިހުރު ރަނގަޅު. ތަޔަ ޕޭޖުތަކަކީ ވަކި ޖަމާއަތަކުން ހިންގާ ޕްރޮޕަގެންޑާއެއް ކަދުރު ރުއްތަކުން ރައްޔިތުންނަށް ހަދާފަ ހުރި ސިހުރު އޮޅުވާލުމަށް. ސިހުރު ހަދާ މީހަކު ފާޅަކު ނުނިކުންނާނެ! ފުލުހުން އިރު ދައްކާފަ މީ ހަނދޭ ބުންޏަސް ގަބޫލުކުރާކަށް ނުޖެހޭނެ. ސެންސް މޭކް!
ރަންބީރު
04 August 2025
މިފަދަކަންކަން ހިތުގެ އަޑިން ގަބޫލުކުރުން އިތުރުކޮށް ހުޅަގުގެމީހުންގެ ވިސްނުމާ ދުރުކުރުން ވަރަށް މުހިއްމު. ސާބަސް އަދުގެ ސަރުކާރު.
ދީނި
04 August 2025
ރަނގަޅު ދިވެހިންގެ ވިސްނުން އެނބުރި 7 ވަނަ ގަރުނަށް ފޮނުވާލާ! ވެރިކަންކުރަން ފަސޭހަވާނެ.
އަސޭލަ
04 August 2025
އަސޭލަ މަތިން ހަނދާންވަނީ!!!!!! ކޮންމެސް ބޭކަލަކު ކަރުތާ ފެނަށް ޖާޑިޔަކަށް އެރިގެން އިންވާހަކަ!!! އަސޭލަ ކޮންޓެންޓް!!!!