އެސްއެމްއީ ހަބް ހިންގާ ތަން: އެ ތަނުގައި ޑިވެލޮޕްމެންޓް ބޭންކް ހުޅުވަން ވަނީ ނިންމާފައި - ފޮޓޯ: މިހާރު
07 ޖުލައި 2024 - 12:35
މިނީ މޯލް ކޮންސެޕްޓަށް، ބިޒްނަސް ސެންޓަރު ކޯޕަރޭޝަން (ބީސީސީ) އިން "އެސްއެމްއީ ހަބް" ހިންގާ އިމާރާތުގައި ޑިވެލޮޕްމެންޓް ބޭންކާއި ފައިނޭންސް ސެންޓަރު ގާއިމް ކުރަން ސަރުކާރުން ނިންމައިފި އެވެ.
އެސްއެމްއީ ހަބްގެ ގްރައުންޑް ފްލޯގައި ސިޓީ ބޭކަރީ އާއި ކުޑަ ލައިބްރަރީއެއް ހިންގާއިރު ފުރަތަމަ އަދި ދެވަނަ ފްލޯގެ ކިއޯސްކްތަކުގައި ކުދި ވިޔަފާރިތަކުގެ ކެފޭ އާއި ފިހާރަތައް ހިންގަ އެވެ. ބީސީސީ އިން އަންނަނީ ތިން ވަނަ ފްލޯ ވެސް ހަދަމުންނެވެ. އެ ތަނުގައި 25 މީހުންނަށް ހާއްސަ ސިނަމާ އަކާއި ސެލޫން ފަދަ ތަންތަނަށް ކުދި ގޮޅިތައް ވިޔަފާރިތަކަށް ދޫކުރަން ކުރިން ނިންމާފައި ވެ އެވެ.
ނަމަވެސް، ސަރުކާރުން މިހާރު ނިންމާފައިވަނީ ގްރައުންޑް އަދި ދެ ވަނަ ފްލޯ އަށް ބަދަލުތަކެއް ގެނެސް ޑިވެލޮޕްމަންޓް ބޭންކާއި ފައިނޭންސް ސެންޓަރު އެ ދެ ފްލޯގައި ހަދާ ގޮތަށެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު "މިހާރު" އަށް މިއަދު ވިދާޅުވީ ގްރައުންޑް ފްލޯ އާއި ދެ ވަނަ ފްލޯ އަދި ތިން ވަނަ ފްލޯގައި ހުރި ތަންތަން އެހެން ތަނަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށާއި އެ ތަނުގައި ސަރުކާރުން އަލަށް ގާއިމް ކުރާ ޑިވެލޮޕްމެންޓް ބޭންކާއި ފައިނޭންސް ސެންޓަރު ހުޅުވަން ނިންމާފައިވާ ކަމަށެވެ.
އާމްދަނީ ދެކޮޅު ޖެހެން ގާތް ވެސް ނުވޭ. އެހެންވީމާ އަޅުގަނޑުމެން މި ބަލަނީ ތަންކޮޅެއް ކުޑަ ކުއްޔަކަށް ދެކޮޅު ޖެހޭ ގޮތަކަށް އެސްއެމްއީ ހަބް ހިންގަން،"--- ސައީދު
އޭނާ ވިދާޅުވި ގޮތުގައި އެސްއެމްއީ ހަބްގައި މިހާރު ހިންގާ ކުދި ވިޔަފާރިތައް މާލޭގެ އެހެން ތަނަކަށް ބަދަލު ކުރަން ވަނީ ނިންމައިފަ އެވެ. ސަރުކާރުގެ އަމާޒަކީ ކުދި ވިޔަފާރިތަކަށް ގެއްލުން ނުވާނެ ގޮތަކަށް އެ ބަދަލު ގެނައުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އެސްއެމްއީ ހަބްގައި މިހާރު އެންމެ ގިނަ ވިޔަފާރިތައް ހިންގާ ފުރަތަމަ ފްލޯ މިހާރު ވެސް ހިންގަމުންދާ ގޮތަށް ކުރިއަށް ގެންދާނެ ކަމަށެވެ. އެއީ އެ ވިޔަފާރިތަކަށް ދާއިމީ ތަނެއް ލިބެންދެންނެވެ.
ސައީދު ވިދާޅުވީ އެސްއެމްއީ ހަބް ހިންގާ އިމާރާތަށް ސަރުކާރުން މަހަކު ގާތްގަނޑަކަށް ހަތް ލައްކައެއްހާ ރުފިޔާ ކުލީގެ ގޮތުގައި ދައްކާ ކަމަށެވެ. އެކަމަކު، ތަން ދޫކޮށްފައިވާ ވިޔަފާރިތައް ހިންގާ މީހުންގެ އަތުން ނަގަނީ ވަރަށް ކުޑަ ކުއްޔެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން، އެއީ ދެކޮޅު ޖެހޭ މޮޑެލްއަކަށް ހިންގާ ތަނެއް ނޫން ކަމަށް ސައީދު ވިދާޅުވި އެވެ.
އެސްއެމްއީ ހަބް ހިންގާ އެސްޓީއޯގެ އިމާރާތުގެ ކުލީގެ ގޮތުގައި ސަރުކާރާ ހަވާލުވިއިރު ދެ މިލިއަން ރުފިޔާ ނުދައްކާ ހުރި ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
"އާމްދަނީ ދެކޮޅު ޖެހެން ގާތް ވެސް ނުވޭ. އެހެންވީމާ އަޅުގަނޑުމެން މި ބަލަނީ ތަންކޮޅެއް ކުޑަ ކުއްޔަކަށް ދެކޮޅު ޖެހޭ ގޮތަކަށް އެސްއެމްއީ ހަބް ހިންގަން،" ސައީދު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްމާލި
08 July 2024
ތި ތަނުގެ ގްރައުންޑް ފްލޯގަ ސިޓީ ބޭކަރީ؟؟؟؟ އިމާރާތަށް ކުލި ދައްކަނީ ސަރުކާރު! ތަނުގައި ހިންގާ ވިޔަފާރި ތަކުން ނަގަނީ ވަރަށް ކުޑަ އެއްޗެއް. އެހެންވެ ޚަރަދު ދެކޮޅު ނުޖެހޭ. ސިޓީ ބޭކަރީގެ ހައެއްކަ އައުޓްލަޓް މިހާރު ވެސް ހުރޭ. ތި ތަނަކީ މުޅި މާލެ/ހުޅުމާލޭގެ ރެސްޓޯރަންޓު ކެފޭ ތަކަށް ބަނަސް/ޕާސް ސަޕްލައި ކުރާ މީހުން. ހުރިހާ ކަންމަތީ ފިހާރައެއްގައި މި ތަނުގެ ޕާން/ބަނަސް ވިއްކާ. އެކަމުވެސް އެސް.އެމް.އީ އެއް؟ މިއީ ޖަރީމާއެއް. ވައްކަމެއް.
ވަޒަން
08 July 2024
ޖަމަލު ފޮޑީގައި އަޑު ގަދަވާނެއޭ ވަހެއްނުދުވާނެ އޭ ބުނެ އުޅޭ ބަސް ތިކަމަށް ބުނަން އޮތީ...
ޏަސޫ
08 July 2024
ތިވަރު ކަމެއްކުރާނެ ޤާބިލް ބައެއް މި ސަރުކާރުގައެއް ނެތް
އަންދު
07 July 2024
އެކަމަކުވާ!. ފައިނޭންސް ސެންޓަރުގެ މާނަ އެނގޭތަ!! ފައިނޭންޝަލް އިންސްޓިޓިއުޝަން އާ، ފައިނޭންސް ސެންޓަރާ، އޮފްޝޯ ފައިނޭންސް އާ، މި ބަސްތަކުގެ މާނަ ދަސްކުރަން ވެއްޖެ އެންނު.
ކުރިމިން
07 July 2024
ތިޔަބުނާ ބޭންކް ތިބާރުބޮޑު ތަނަށް ނުލާ ހުޅުމާލެ ނޫނީ ރާއްޖޭގެ އަތޮޅުވެރިކަންކުރާ ރަށެއްގަ ބެހެއްޓިޔަސް މާލެއަށް ތަންތަން މަދެއް ނުވަނެ.
އިސްމާލި
08 July 2024
ބަލަ އެކަހަލަ ބޭންކަކީ އާއްމުން މަހު މުސާރަ ޖަމާކޮށް ނަގާ ތަނެއް ނޫނޭ.
އަސް
07 July 2024
ހުސް ސުރުހީ މި ސަރުކާރުން އަދި އަޅަނީ
ސަލީމަތު
07 July 2024
ކޮންމެ ސަރުކާރަކުންވެސް ނަން ވާން ވެގެން އާ ކަންކަން ކުރަނީ. ދެން އަންނަ ސަރުކާރަކުން އެކަންކަން ހުއްޓާލާނެ ދެކޮޅުނުޖެހޭތީވެ. އެއާ އެކު އެހެން ދެކޮޅުނުޖެހޭ ކަންކަން ފަށާނެ. ބަޖެޓު ފޫނުބެއްދި ހުރިހައި ހަރަދެއްގައި ހިފަން މިޖެހެނީ ރައްޔިތުންނަށް.
އޮނަރަބްލް އަފީފު ދީދީ
07 July 2024
ޑްބާއީގެ ކޮންސަލްޓެންޓުންނާއި އެކިއެކިކަހަލަ އެސެސްމެންޓް ތައް ނެހެދިކަމުގައިވިޔަސް ކ.އަތޮޅު މާލޭގެ ޓްރެފިކް ބޮޑުވާ މައްސަލައާއި ތިރަށަށ ނުކަތާވަރަށް މީހުން ތޮއްޖެހޭ ސަބަބު ދެނެގަނެވޭވަރުގެ ދިވެހިންވެސް އެބަތިބި. # ތިރަށަށް ތިތަންތަން ފުނިޖެހުމުގެ ބަދަލުގައި ހުޅުމާލެއިން 1 ލައްކަ އަކަފޫޓް ބިމެއްގައި 15 ބުރީގެ އޮފީސް ޓަވަރެއް (ކޮމާޝަލް ސެންޓަރ) ހަދާފައި ސެންޓްރަލް ބޭންކް ވެސް ހިމެނޭގޮތަށް މާލީ އިދާރާތައް އެތަނަށް ބަދަލު ކޮށްލުން މާރަނގަޅުވާނެ.
ނޫނޭވާ
07 July 2024
ތީދެން ކޮންކަހަލަ ވާހަކައެއް!!!! މާލެ ނޫން ތަަނެއްގައި އެއްވެސް ތަނެއް ހަދައިގެން ނުވާނެ އަދި ކަމެއް ކޮށްގެން ވެސް ނުވާނެ. އެހެން ހަދާފިއްޔާ ކ. މާލޭ އާ ގުޅިގެން ތިދީދީ ކުރާ ކޮމެންޓްތަކަށް ހުއްޓުމެއް އައިސް ދީދީގެ ހިތުތެރޭގައި ރޯކުރެވިފައިވާ އަލިފާން ގަނޑު ހުލިވެދާނެ. އެއީ ކ. މާލޭ މީހުންނަށް ކެތްކުރެވޭނެ ކަމެއް ނޫން.
ނާނަބޭ
08 July 2024
ދީދީ އަކީ އެއްވެސް އެއްޗެއް ނުކިޔަވާ ހުރި ގަމާރެއްވީމަ އޭނާ ތެޅޭނެ ޖަޒީރާކުރަން. ބަލަ އިކޮނޮމިކްސް ކިޔަވައިގެން އެއްޗެކޭ ކިޔާބަލަ. މީހުންނަކަށް ނޫޅެވޭނެ 200 މީހުން ދިރިއުޅޭ ތަންތަނުގައެއް. ސަރުކާރަކަށް ކުޅަދާނައެއްވެސް ނުވާނެ އެފަދަ ތަނެއްގައި ޓާޝިއަރީ ހޮސްޕިޓަލްތަކާ ޔުނިވަރސިޓީތައް އަޅާކަށް. އަމުދުން ވަޒީފާނުލިބޭ ތަނެއްގައެއް މީހުންނަކަށް ނޫޅެވޭނެ. އެހެންވީމަ އެއްފަސްވާންވީ. މާލެއަންނީ އެހެންވެ.
ރިއަލިޓީއަކީ
07 July 2024
ވިޔަފާރިއަކީ ދެކޮޅު ޖެހޭގޮތައް ކުރެވޭ ކަންތައްތައް. ރާއްޖޭގަ މިފެންނަނީ އެވިޔަފާރިއަކާ ނުކަތާވަރުގެ ޑެކަރޭޓް ކޮއްފަ ކޮންމެވެސް ސަބްސިޑީއަކުން ލާރި ހޯދާއިގެން ވިޔަފާރިކުރަން.
ޢިމްސާދު
07 July 2024
ގުޑް މޫވް ސައިދު. އޮފީސް ގަޑީގައި މިތާ އެންމެން ތިބެނީ އަގަތަޅަން. ގައުމުގެ އިގުތިސޯދުގައި ބުންވަރު ޖެހޭނީ ޒުވާނުން 8 ގަޑިއިރު މަސައްކަތް ކޮށްގެން.