ޓޫރިސްޓުންތަކެއް: ލަފާކުރި މިންވަރަށް ވުރެ ޓޫރިޒަމް ދަށްވުމުން އިގްތިސާދީ ކުރިއެރުން ލަފާކުރި މިންވަރަށް ވުރެ ވަނީ ދަށްކޮށްފައި --- ފޮޓޯ/މިހާރު
07 ޖުލައި 2024 - 17:19
މި އަހަރު ކުރިން އަންދާޒާ ކުރި މިންވަރަށް ވުރެ ޓޫރިޒަމް މަޑުޖެހުމުން، މި އަހަރު އިގްތިސޯދު ކުރިއަރާނެ ކުރިން ކަމަށް ލަފާކުރި މިންވަރު ދަށްކޮށްފި އެވެ.
މި އަހަރަށް ދައުލަތުގެ ބަޖެޓް އެކުލަވާލިއިރު، ރާއްޖޭގެ އިގުތިސޯދު ކުރިއަރާނެ ކަމަށް އޭރު ލަފާ ކޮށްފައިވަނީ 5.5 ޕަސެންޓަށެވެ.
އެކަމަކު ފިނޭންސް މިނިސްޓްރީން ނެރެފައިވާ މިދިޔަ މަހުގެ މެކްރޯ އިކޮނޮމިކް އަޕްޑޭޓުގައި އެ އަދަދު ވަނީ 4.9 އަށް ދަށްކޮށްފަ އެވެ.
މިކަމުގެ އެންމެ ބޮޑު ސަބަބަކީ އޭރު އަންދާޒާ ކުރި ވަރަށް ވުރެ ޓޫރިޒަމާއި އިމާރާތް ކުރުމުގެ ދާއިރާ މަޑުޖެހިފައިވުން ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.
ޓޫރިޒަމްގެ ސިނާއަތަށް އައި މަޑުޖެހުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، އެ ރިޕޯޓުގައިވާ ގޮތުން އިންޑިއާއިން ޓޫރިސްޓުން އަންނަ މިންވަރު ވަރަށް ބޮޑަށް ދަށްވުމާއި، ރިސޯޓްތަކުގައި ޓޫރިސްޓުން ހޭދަކުރާ މުއްދަތާއި އަދި ރިސޯޓްތަކަށް އަންނަ ޓޫރިސްޓުންގެ އަދަދު މަދުވުން ހިމެނެ އެވެ.
އިމާރާތް ކުރުމުގެ ދާއިރާއަށް މަޑުޖެހުން އައިސްފައިވަނީ ގައުމުގެ އިގްތިސާދީ ހާލަތާ ގުޅިގެން ސަރުކާރުން އަޅަން ފަށާފައިވާ އިސްލާހީ ފިޔަވަޅުތަކުގެ ތެރެއިން ޕީއެސްއައިޕީ މަޝްރޫއުތައް މަޑުޖައްސާލުމުން ކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.
އިމާރާތް ކުރުމުގެ ދާއިރާ ކުރިއަރާނެ ކަމަށް މިހާރު ލަފާކުރަނީ 0.7 ޕަސެންޓަށެވެ.
ޓޫރިޒަމް ކުރިއަރާ މިންވަރަށް މަޑުޖެހުމެއް އަންނާނެ ކަމަށް ލަފާކުރެވުނަސް، ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރަށް ވުރެ މިއަހަރު ޓޫރިޒަމުން ލިބޭ އާމްދަނީ އިތުރުވާނެ ކަމަށް ބެލެވެ އެވެ. އެގޮތުން ޓޫރިޒަމުން މި އަހަރު ޖީޑީޕީއަށް ކުރާ ހިއްސާ 21.9 ބިލިއަން ރުފިޔާގައި ހުންނާނެ ކަމަށް ލަފާކުރާ އިރު، އެއީ މިދިޔަ އަހަރާ އަޅާބަލާއިރު 6.1 ޕަސެންޓުގެ ކުރިއެރުމެކެވެ.
ރިޕޯޓްގައި ބުނީ ޗައިނާއިން އަންނަ ޓޫރިސްޓުން މިއަހަރު އިތުރުވެފައިވުމުގެ ސަބަބުން ރާއްޖެއަށް މިއަހަރު ދެ މިިިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ކޮށްފައިވާ އަންދާޒާއަށް ވާސިލުވެވޭނެ ކަމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިސްބާ
07 July 2024
ރަށް ރަަށުގައި އަގު ހެޔޮ ގެެސްޓް ހައުސް އިތުރު ވާ ވަރަކަށް ރިސޯޓަށް ގެއްލުން ވާނެ!
އަނެއްބަހަނާ
07 July 2024
ބަނޑަށް ޖެހުނުކަން ދައްކަންވެގެން ރައްޔިތުންގެ ބޮލަށް ޗިޕުޖަހަނީ. ކޮވިޑުގެ 2 އަހަރު އިގްތިސާދު ދަށްވީކީނޫން. އިގްތިސާދު އޮތީ ހުއްޓިފައި. އޭރުވެސް ރައްޔިތުންނަށް ބޮޑު ތަކުލީފެއް އުފުއްލަން ނުޖެހުނު. ބަހަނާ ދެއްކުމުގެ ބޭނުމެއް ނެތް. ޓޫރިޒަމް މަޑުޖެހުނުތަނެއް އަދަދަކުން ނުދައްކާ!
ދޮހޮއްތުބެ
07 July 2024
އަޖައިބެއް އިންޑިޔާއިން ޓޫރިސްޓުން އައިއިރު ޗައިނީޒް މާކެޓުން ނާދޭ .. މިހާރު ޗައިނާ ދެގުނަވެއްޖެ ދެން ކޮން އަސަރެއްގެ ވާހަކައެއް މީ
އެކްސްް
07 July 2024
ތަނެއް ދޮރެއްނުބަލާވެއްޖެ އިންޑިއާއަށް ހަޖޫޖަހަން. އޭގެ ހިތި އަސަރު މިހާރު މިފެންނަނީ. އަންނަ ޓޫރިސްޓުން މަދުވުމުން ކިތަންމެ ވަރަކަށް ޓެކްސް ރޭޓު ބޮޑު ކުރިއަސް ދައުލަތުގެ އާމްދަނީ އިތުރެއްނުވާނެ. ވިސްނުން ބަދަލުކޮށް، އިސްރާފުކުރުން ހުއްޓާލައި، ޚަރަދުތައް ކުޑަކުރުން ނޫން ގޮތެއްނެތް.
އަފްރާސިޔާބު
07 July 2024
ކުރީ ސަރުކާރުން ރާއްޖޭގެ ޓޫރިޒަމަށް ވަރަށް ބޮޑު ލަނޑެއް އެދިނީ. ޓޫރިސްޓުން ނައިސް އަންނަމީހުންގެ ޓީ.އެސް.ޓީ ބޮޑު ކުރަން ކުރީ ސަރުކާރުން ޖެހި ދަންތުރައިގެ ސަބަބުން ޓޫރިޒަމް ލޫޓުވައިފި. މުއިއްޒުގެ ދުރުވިސްނުން ތެރކަމުގެ ސަބަބުން މިހާވަރަށްވެސް މިހިފެހެއްޓެނީ.
3 ޖޫނިޔާ ޕޮލިޓިކަލް އެކުޓިވެސްޓެއް ގައުމަށް ދިން 100+ މިލިޔަނުގެ ގެއްލުން
07 July 2024
މީގަ އަލަށް ވެރިކަމަށް އައި ޓީމުގެ އާކުދިންކޮޅު ބުނާނީ ޓޫރިސްޓުން މަދެއް ނުވިޔޭ.. ޗައިނާއިން އެބަ އާދެޔޭ.. ބަަަލަ ޗައިނާ ހުޅުވާލީމަ ޗައިނާއިން އަންނާނެތާ.. އެކަމަކު އިންޑިޔާޔާ މުޅިން ބޭކާރުގޮތުގަ ނުލެޑުނުނަމަ ހާދާހާވާ ކުރިޔެއްގަޔޭ އޮންނާނީ.. އޮކިއުޕެންސީ މަތިވާނެތާ.. ލޯސީޒަންގެ އިންޕެކުޓުވެސް ކުޑަވެފަ އެތަށް 100 މިލިޔަނުގެ ޓެކުސް ރެވެނިއު ލިބުނީސްތާ.. 3 ޖޫނިޔާ ޕޮލިޓިކަލް އެކުޓިވެސްޓެއް މިދިން މިލަނުގެ ގެއްލުމަށް ޒިންމާ ކުރުވަން ނުކުނަންވީ..
ޢަލިބެ..
07 July 2024
ކުރީސަރުކާރު ކަމެއްތީ.