ޒިފްލީނާ: އޭނާ ވަނީ ހުޅުމާލެއިން ފްލެޓެއް ބައްލަވައިގެންފައި --- ފޮޓޯ/މިހާރު
09 ޖުލައި 2024 - 15:16
ޖެންޑާ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީނާ ހަސަން ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ފްލެޓެއް ބައްލަވައިގެންފި އެވެ.
އޭނާ ހުޅުމާލެ އިން ބައްލަވައިގަތީ އެފްޑަބްލިއު ރެސިޑެންސްގެ ފްލެޓެކެވެ. އެ ފްލެޓް ބައްލަވައިގަތީ 3.5 މިލިއަން ރުފިޔާ އަށެވެ. އެއީ 1،200 އަކަފޫޓްގެ ފްލެޓެކެވެ.
ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ އެ ފްލެޓްގެ އަގަށްވާ ފައިސާ ޒިފްލީނާގެ ފަރާތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް އެއްކޮށް ދައްކާފައިވާތީ އެ ފްލެޓް އޭނާއަށް މިލްކުވެފައިވާ ކަމަށެވެ.
ޒިފްލީނާ ވަނީ ކުރީގެ ސަރުކާރުގައި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ އިތުރުން އެމްޑީޕީގެ ބައެއް މަގާމުތައް ވެސް އަދާ ކުރައްވައިފަ އެވެ.
މީގެ އިތުރުން އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި އޭނާ ތިނަދޫ ދެކުނު ދާއިރާ އަށް ވެސް ވާދަކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަރަނި
11 July 2024
ސިޔާސީ މީހުން އެކަންޏެއްނޫން ފްލެޓު ގަންނަނީ. މި ފްލެޓްތަކަކީ ބޭންކަށްގޮސް ލޯނަށްވެސް ގަނެވޭ ފްލެޓް. ކޮންމެހެން ނުޖެހޭނެ މުޅި އަގު އަތުން ދައްކާކަށް.
ސިހާމު
10 July 2024
120 ބިލިޔަނުން ގައުމު ދަރުވާލާފަ މިފެންނަނީ މިހާރު
ރުތްފާާ
10 July 2024
އެމްޑީޕީ އަކީ މިގައުމަށް އޮތް ބޮޑު ހުތުރެއް. ލަދެއް ނުގަނޭ ރައްޔިތުން ނިކަމެތިކޮށްފަ އަމިއްލައަށް ބޮޑެތި އެޕާޓު ގަންނާކަށް.
ޒިންމާާ
10 July 2024
މުޅި ދައުލަތް ދޮވެލި ވަރު މިބުނީ ބޭރު ތޮށިކޮޅެއްވެސް ނެތް. މިއީ ގައުމު ބަނޑުއަޅާލި ކާހިނުން. މިފަދަ މީހުން މިފައިސާ ހޯދިގޮތް ބަލަންޖެހޭ.
އިމްތާޒްް
10 July 2024
މިމީހުން ހެޔޮދޯ ކޮންމެ ވަރަކުން އަގުބޮޑުކޮށް މުދާ ގަތަސް. އެނުވާނެތާ ހަރާން ފައިސާއަށް.
ގަރަމް މަސާލާ
10 July 2024
ސުޓޭޓު މިނިސްޓަރަށް ކިހިނެއްތޯ ގަންނާނީ ވިޔަފާރި ނުކުރާނަމަ؟
ނޭނގޭނެ
10 July 2024
މިދުވަސްވަރު އެބަ އޮތް އެ ޕާޓީގެ ރައީސްގެ ނައިބުކަމަށް ކުރިމަތިލާން ހުޅުވާލާފަ. އެކަމާ ގުޅޭ ކަމަކަށްވެސް ވެދާނެ.
އިސްމާލި
10 July 2024
އަހަރެން ބަލަން ބޭނުން އެޗް.ޑީ.ސީން މި ވިއްކަނީ ކޮން ހަމައަކުން ކޮންތާކު ހުރި ފުލެޓު ތަކެއް ތޯ؟ މަށަށް އަޑުއިވުނު ގޮތުން ވިއްޔާ އާރ.ސީ.ސީ އިން އަޅާ ބްލޫހޭވަން އިންވެސް ވަކި އަދަދަކަށް ފްލެޓު އެޗް.ޑި.ސީ އަށް ނެގި، އަދި އެހެން ތަންތަނުންވެސް ނެގި. މި ތަންތަން މި ވިއްކަނީ ކޮން ހަމައަކާ އުސޫލެއްގެ ތެރެއިންތޯ ބަލަން ބޭނުން.
ޒާތީ
10 July 2024
ތި ފެންވަރުގެ ހަތަރު ފަސްހާސް ފްލެޓް އަޅާފަ ވިއްކާފަ ގަނެފަ އެބަހުރި. ކީއްވެ ޒިފްލީނާގެ ވާހަކަ އެކަނި މިއަންނަނީ؟ ޒާތީ؟
ޖަލީލީ
10 July 2024
ވަކި ސަރުކާރެއް ވަކި ޕާޓީއެއް ކިޔާނެ ކަމެއްނެތް. ނިކަމެތިކޮށް ތިއްބާ ބޮޑު މުސާރަ ލިބޭ ސިޔާސީ މަގާމެއް ލިބި ދައުރު ނިމޭއިރު ގިނަ މީހުން ތިބެނީ މަގާމާ ނުބައްދަލު މިންވަރަކަށް މުއްސަދިވެފަ. ބޮޑަތި އިމާރާތްތަކާ، ވިޔަފާރިތަކާ އުޅަނދުފަހަރާ ރިސޯޓްތަށް އެމީހެއްގެ މިލްކުވެރިކަމުގަ އޮވޭ. މިގައުމުގެ މުއްސަދިކަމުގެ ރަހަ އާދައިގެ ރައްޔިއްތެއްގެ އަރުތެރޭ ނުލަނީ އެހެންވެ.