އައިޖީއެމްއެޗް.--- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
10 ޖުލައި 2024 - 21:17
ރޯގާގެ އެއްވެސް އަލާމާތެއް ހުރި ނަމަ މާސްކް އަޅައިގެން ހޮސްޕިޓަލަށް ދިއުމަށް އައިޖީއެމްއެޗުން މިއަދު އެދިއްޖެ އެވެ.
އެ ހޮސްޕިޓަލުން ނެރުނު އެންގުމެއްގައި ބުނީ ހައްޖުގެ އަޅުކަމަށް ފަހު، ރާއްޖެ އައި މީހުންނަށް ހާއްސަކޮށްގެން ހުޅުވި ފްލޫ ކްލިނިކުން ހިދުމަތް ހޯދާ މީހުންގެ އަދަދު މަދުވެފައިވާތީ އެ ކްލިނިކް ބަންދުކޮށްފައިވާ ކަމަށެވެ.
ނަމަވެސް، އެ ކްލިނިކް ބަންދުކުރިއަސް ހޮސްޕިޓަލުން ހިދުމަތް ހޯދާ މީހުން ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ މާސްކް އަޅައިގެން އެ ތަނަށް ދިއުމަށް ވަނީ އެދިފަ އެވެ.
ހައްޖުން އެނބުރި އައުމަށް ފަހު، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ. އެ އެޖެންސީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ވަނީ އަރިދަފުސް ރޯގާ އާއި ވައިރަލް ހުން ޖެހިފައިވާނަމަ ގޭގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދަން އެދިފަ އެވެ.
ރާއްޖެއިން މި އަހަރު 1،150 މީހުން ހައްޖަށް ދިޔަ އެވެ. އެ އެންމެން ވަނީ އެނބުރި އައިސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy