ޒުވާނުންތަކެއް ސައިކަލުގައި ދަނީ.- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
11 ޖުލައި 2024 - 13:01
ރާއްޖޭގައި ޒުވާން އާބާދީގެ 19 ޕަސެންޓް މީހުން އެއްވެސް މަސައްކަތެއް ނުކުރާކަން އެންމެ ފަހުގެ ތަފާސްހިސާބުން ދައްކައިފި އެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ އާބާދީ ދުވަހާ ގުޅިގެން، ސްޓެޓިސްޓިކްސް ބިއުރޯ އިން އާއްމުކުރި މައުލޫމާތުތަކުގައި ބުނީ އުމުރުން 15-24 އަހަރާ ދެމެދުގެ ކޮންމެ ފަސް މީހުންގެ ތެރެއިން އެކަކު ތައުލީމާއި ތަމްރީން ނުވަތަ ވަޒީފާއެއް އަދާނުކުރާ ކަމަށެވެ. އެއީ 10،414 މީހުންނެވެ.
މީގެ ދެ އަހަރު ކުރިން ހެދި ބޯހިމެނުމުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގައި 515،132 މީހުން ދިރިއުޅެ އެވެ. އޭގެ ތެރެއިން ދިވެހިންގެ އަދަދަކީ 382،639 އެވެ. ޒުވާން އާބާދީއަކީ 53،537 އެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުގައި 26،006 މީހުން އަދި ރަށްރަށުގައި 27،531 މީހުން ދިރިއުޅެ އެވެ.
ޒުވާން އުމުރުގެ މީހުން ކިޔެވުމާއި ވަޒީފާ އަދާކުރުމާ ގުޅޭ ކެޓަގަރީއަށް ބަލާއިރު، ގިނައީ ހަމައެކަނި ވަޒީފާ އަދާކުރާ މީހުންނެވެ. އެ ބައިގައި 15-24 އަހަރާ ދެމެދުގެ 34.2 ޕަސެންޓް މީހުން އަދި ތައުލީމު ހާސިލްކުރަމުން އައި ނަމަވެސް، ލޭބަ ފޯސް އިން ބޭރުގައި އުޅޭ ކަމަށް 34 ޕަސެންޓް މީހުން ބުނެފައި ވެ އެވެ.
ތައުލީމެއް ވެސް އަދި ލޭބަ ފޯސް އިން ވެސް ބޭރުގައި 14.5 ޕަސެންޓް މީހުން ތިބިއިރު، ވަޒީފާ އަދާކުރަމުން އަދި ކިޔަވަމުން އަންނަ ކަމަށް ބޯހިމެނުމުގައި ބުނެފައިވަނީ 11.1 ޕަސެންޓެވެ. ކިޔެވުމާއި ވަޒީފާގައި ވެސް ނޫޅޭ ކަމަށް ފަސް ޕަސެންޓް އަދި ކިޔަވަމުން އައި ނަމަވެސް ވަޒީފާ އަދާނުކުރާ ކަމަށް 1.2 ޕަސެންޓް ބުނެފައިވެ އެވެ.
ސްޓެޓިސްޓިކްސް އޮފީހުން ބުނީ، ރާއްޖޭގައި މަސައްކަތްކުރާ އާބާދީއަކީ 300،422 ކަމަށެވެ. ދިވެހިންގެ އަދަދަކީ 171،130 އަދި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ކަމަށް 2022 ވަނަ އަހަރުގެ ބޯހިމެނުމުގެ ނަތީޖާއިން ދައްކަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަފީރު
12 July 2024
ދަރީންލައްވާ މަސައްކަތް ކުރުވުމަކީ ވަރަށް ދަށްކަމެއްގެ ގޮތުގައިދެކޭ ބެލެނިވެރިން ވަރަށްގިނަ. 10އަހަރުން މައްޗަށް ކުއްޖާ އަރާއިރު ގައިންބާލާ ހެދުންވެސް ގުޅައަކަށް ކޮންމެވެސް ދިމާލަކަށް އެއްލާލުމުން އެހެދުން ބާއްވަންޖެހޭތަނެއްގައި ބާއްވާލަދެނީ މަންމަ ނުވަތަ ބައްޕަ ނުވަތަ ކޮންމެވެސް އެހެންމީހެއް. ކުއްޖާލައްވާ އެވަރުކަމެއްވެސްނުކުރުވާ ބޮޑުކުރުމަކީ ކުއްކާއަށްދެވޭ ކިހާބޮޑު އަނިޔާއެއްކަމާމެދު އަހަރެމެން ވިސްނާކަށް ބޭނުމެއްނުވޭ. އޭގެނަތީޖަ މިފެންނަނީ.
ތި މައްސަލައަށްވާ ގޮތެއް
12 July 2024
ބައެއް ހޯދުންތަކުން ދައްކާފަ އެބަ ހުރި ކުދިން 11 އަހަރުން މަތިވީމަ ދެން އެކުދިން ލައްވާ ކަންކަން ކުރުވާ ތިޔަ ބުނާ ފަދަ ކަންކަން އާދަކުރަން ފަށުވަން އުނދަގޫވާނެކަމަށް. ކުދިންނަށް ހުރިހާ ކަމެއް ކުރަން އާދަކޮށްދޭންވީ ވަރަށް ޅަ އުމުރުން ފަށައިގެން. އެހެންނޫނީ ކިތަންމެ ވަރަކަށް ކުދިން ކައިރީ ބުންޏަސް ހެދުން ގުޅައަކަށްނުޖަހާ ވަރެއް ނުވާނެ. އެންމެންނަށް ހީވަނީ ތަންކޮޅެއް ބޮޑުވާއަތަށް އެޅީމަ ކުރަން ފަށަން ބުނީމަ ކުރާނެއޭ. އެކަމު އެހެންނުވާ ތަން ފެންނަނީ.
އމީހުންފައިސާ ހޯދައޭ
12 July 2024
ދުވާލެއ ރޭގަނޑެއް ހެދުނެއް ހަވީރެއް މައިރެއް ދަންވަރެއް ތަފާތު ނުވާހެން އަބަދު ބާރަށް ސައިކަލު ދުއްވާފަ ކެފޭތަކުގަ ކުރިމަތީ ހުރި ގޮޑިއަށް ކުނިފައި އަރުވައިގެން ކޮފީއާ ޝީޝާ އާ ސިނގިރޭޓް ބޯން، އަދި ފޯނާ ކުޅެން ތާ އަބަދު ތިބެނީ މީގެ ތެރެއިން ކޮންބައެއްބާ . އެމީހުން މަސައްކަތް ނުކުރިއަސް ލާރި ލިބޭތީ ދޯ
ހޭލާ
12 July 2024
ޒުވާނުން މަސައްކަތަށް އަހުލުވެރި ކުރުވަން ޖަޕާން ޗައިނާ ފަދަ މަސައްކަތް ތެރި ޤައުމުތަކުން މީހުން ގެނެސްގެން މަސައްކަތަށް އަހުލުވެރިވާން ދަސްކޮށްދޭންވީ. ދިވެހިންނަށް ދަސްވެފައިހުރީ ބައްޕަމެން މަހަށް ގޮސްގެން ލިބޭ އެއްޗެއް ކައިގެންތިބެން. ބިން އޮތް ރަށްރަށުގައި މަސައްކަތެއް ނުކޮށް ރިސޯޓު މުވައްޒަފުން ފޮނުވާ ލާރިކޮޅު ޚަރަދުކޮށްލައިގެން ތިބޭ މީހުންތައް އެތިބީ. އިކޮނޮމިކު ބަލާލަ މިތަންތަން.
ބޮކިއަލިބެ
12 July 2024
ކިހިނެއްބާ ހިސާބުހެދީ! ޒުވާނުންގެ 45ޕަސެންޓު ހަޑޫހަކުރުފުށަށް އޯވަޑޯޒްވެ އަސުރަށްފަހު ހޭލާ ފަޖުރަށް ނިދާ އިރުއައަޔަށް އެލަޖިކުވާ ޒާތެއްގެ ޑޮމެސްޓިކު އޭލިއަންތަކެއް.15ޕަސެންޓު ހަމަހޭގަ ހަޑޫހަކުރުފުށުން ވިޔަވާރިކޮށް ވައްކަމު އަވަދިނެތި. 5ޕަސެންޓު ދުންދަމަން ލާރިލިބޭތޯ ކުނިކޮތަޅުހާވަން. 10ޕަސެންޓު މައިންބަފައިންގެ ތައްޕާހުން އަޗާތަޅަން. 20ޕަސެނޓު ވަޒީފާތަކަށްނިކުމެ އާދައިގެ ދިރިއުޅުމަކު. 5ޕަސެންޓު ވަޒީފާގަ އުޅެމުން ކިޔަވަމުން ހިވަރުލާ ކުރިއެރޭތޯ.
ލަދުހަޔާތްކުޑޭ
12 July 2024
ނާހަމަ ތެދެއް؟ ގައިމު ގޮޅިޖެހި ގަމީސާފަ، ޖިންސް ފައިކުރި އޮޅާފަ، ބޮލުގަ ފުނާނާޅާ ތުބުޅި ބަކަރިކާ ވިނަ ދަނޑެއްހެއް ހަދާފަ، ފެގް ބޮއެގެން މުޅިމާލެގައި ލާހޫރޭތަން ފެނޭ މަށަށް. މިކަން ނުފެންނަނީ އައްޑޫ ޕްރިންސް އޮނަރަބްލް އަފީފުދީދީ ސިރީ ރޯނުއެދުރު މަހާރަދުންނަށް
މޮހޯ
11 July 2024
ދިވެހިރާއްޖެއަށް ދިމާވެފައިވާ މި ބޮޑު އިޖުތިމާއީ އަދި އިގްތިސާދީ މައްސަލަ، މަސައްކަތް ކުރަންނޭންގޭ ނުވަތަ ކަންނެތް ޖީލެއް އުފެދެމުން އަންނަ މައްސަލަ ހައްލުކުރެވޭނީ ސްކޫލުތަކުގައި ކުދިންނަށް އަދަބު އަޚުލާޤު އަދި މަސައްކަތް ދަސްކޮށްދީގެން. ތަޢުލީމީ ނިޒާމުގެ ތެރެން މިކަން ނުވަންޏާ ސްކޫލު ނިންމާ ކުދިން ވަކި މުއްދަތަކަށަ މިލިޓަރީގައި ޚިދުމަތް ކުރަންޖެހޭގޮތަށް ހަދަންފެނޭ.
ބިލް
11 July 2024
ގައުމުގެ ބަތާކައިގެން ތިބޭ ވެރިންގެ ދަރީންނާ ދަރިންގެ ދަރީންނަށް ވަޒީފާ ދޭން ހަދައިގެން އާމު ސޮރަކަށް ލިބޭނޭ ވަޒީފާއެއްވެސް މަސައްކަތެއްވެސް ނެތް. އެސިުންނާ ދޭތެރޭ ވިސްނާ ބަޔަކުވެސް ނެތް. ގައުމަށް މިލިބެނީ އޭގެ ހައްގުޖަޒާ.
161718
12 July 2024
ތިކިޔަނީ މަސައައްކަތް ތެރިންގެ ވާހަކައެއްނޫން. ތިކިޔަނީ ލާރި ހޯދަން މަގުފަހިކޮށްގެން މަސައްކަތްތެރިން މަސައްކަތް ކޮށްގެން ހޯދާ ލާރި އެކައުންޓަށް ޖަމާކޮށްލަ ކޮށްލާ ތިބޭނެ މީހުންގެ ވާހަކަ. އެއްލައްކަ ބަންގާޅީން ރާއްޖޭގައި މަސައްކަތް ކޮށްގެން ލާރި ހޯދައިގެން ލާރި ރަށަށް ފޮނުވާއިރު ދިވެހިން މަސައްކަތެއް ނެތިގެން ވަޒީފާ ކިޔާ މޭޒަކަށް ނޫނީ ނުދާން. މަސައްތްތެރިންނެ މިކިޔަނީ މާފުޅާކޮށް ވަޒީފާތައް ހުރިވާހަކަ. އަހުލުވެރި ވާންވީދޯ.
މީ
11 July 2024
×ުވާނުން ބޯނެވަރަކަށް ބޯން މަގުމަތިކޮށްފަ ޒުވާނުން ނޫންބަޔަކު މިގައުމުގަ ނެތޭ އަދިވެސް ގޮވާތި. މީ ނާސިރުގެ ފަހުން ގަwމުގައިވެރިކަން ކުރި އެންމެންގެ ބޯގަޅި ސިޔާސަތުގެ ނަތީޖާ.
ޓީޓޯ
12 July 2024
ހަމަޖެހި ބަލަ! މި ލިއުމުގަ ޒުވާނުން ކަމުގަ ބލާފަ އިނީ 15 އަހަރާ 24 އަހަރުގެ މީހުން! މި އުމްރު ފުރަ އަކީ އިގިރޭސިން ޔޫތް މި ލަފްޒު ބޭނުން ކުރެވޭ ގިންތި! ދެން ބޯން އުޅޭ ޒުވާނުން ނަކީ 50 އަހރުން ދަށުގެ މީހުން! ގިނަ 15 އހަރާ 24 އަހަރުން ދަށުގެ ކުދިން ނަކީ ކިޔަވާ ނުވަތަ ކޯހަކަށް ދާން ރެޑީގަ ގޭގަ މަޑު ކޮއްލާގެން ތިބޭ ކުދިން ! އެހެންވީމަ މަސައްކަތެއް ނުކުރާނެ ދޯ!
މޮހޯ
11 July 2024
މިއީ ވަރަށް ދެރަ، އިގްތިސާދީ އަދި އިޖުތިމާއީގޮތުން ގެއްލުންހުރި ކަމެއް. މިކަން މިހެން ދިމާވާން މެދުވެރިވާ ސަބަބަކީ ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމު އޮތްގޮތުން. ސްކޫލުތަކުގައި ކުދިންނަށް މަސައްކަތްކޮށްދިނުމުގެ ބަދަލުގައި ދަސްކޮށްދެނީ މާކިންގ ސްކީމް ދަސްކުރާށާ ހަމައެކަނި ޓެސްޓުޕޭޕަރުން ގިނަ މާކުސް ހޯދަން. ސްކޫލު ނިންމާ އިރު ކުދިންނަށް ދިރިއުޅުމާބެހޭ މާބޮޑުކަމެއް އެނގިފައި ނުހުންނަތާންގައި އަތްފައިން މަސައްކަތެއްކުރަންވެސް ނޭންގެ.
ތިއޮތީ ފެންނަން
11 July 2024
ޒުވާނުން މަސައްކަތްނުކުރާއިރު އަދިވެސް އެއް ބަޔަކު އުޅެނީ ކުދިން ހޯދާލެއް މަދުވެގެން. ކުދިން ހޯދައިގެން ކޮށް ފައިދާއެއްތަ ގައުމަށް ކުރާނީ އެކުދިން ވަޒީފާއަކަށް ނުގޮސް މަސައްކަތެއްނުކުރާނަމަ؟ މުސްކުޅިވާ އާބާދީ ގިނަވެގެން ބަލާނެ ބަޔަކު ނުވެގެން އުޅޭއިރު އަދި އިތުރަށް ކުދިން ހޯދައިގެން އާއިލާއާ ގައުމުގެ ހާލަތު އިތުރަށް ގޯސްތަ ކުރަންވީ؟