ރައީސް މުއިއްޒު: ރައީސް ވިދާޅުވީ 2062 ވަނަ އަހަރު އަންނަން ވާއިރު ރާއްޖޭގެ އާބާދީގެ ފަސްބައިކުޅަ އެއްބައި މީހުންނަކީ އުމުރުން 65 އަހަރަށް ވުރެ ދޮށީ މީހުންނަށް ވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް.
11 ޖުލައި 2025 - 15:09
ޒުވާނުންނާ ގުޅޭ ކަންކަމުގައި ކުރާ ހޭދަ އިތުރު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިލްތިމާސް ކުރައްވައިފި އެވެ.
އެ މަނިކުފާނު އެ ކަމަށް އިލްތިމާސް ކުރެއްވީ މިއަދު ފާހަގަކުރަމުން އަންނަ ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގަ އެވެ.
ރައީސްގެ މެސެޖުގައި ވަނީ ރާއްޖޭގެ އާބާދީ އުމުރުން ދޮށިވަމުން ދާއިރު، ކުރިމަގުގެ ހަމަޖެހުމާއި ކުރިއެރުން ކަށަވަރު ކުރުމުގައި ދިވެހި ޒުވާނުންގެ މުހިންމު ދައުރު ފާހަގަކުރައްވައިފަ އެވެ. އެންމެ މުހިންމީ ޒުވާނުންނާ ގުޅޭ ކަންކަމަށް ކުރާ ހޭދަ މިހާރަށް ވުރެ އިތުރު ކުރުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ، މަސައްކަތުގެ މާހައުލުން ލިބިދޭންޖެހޭ ލުއިފަސޭހަކަން ކަށަވަރު ކޮށްދިނުމާއި ހެޔޮއަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި ދަރިން ބެލުމުގެ ކަންކަން ފަހިވެފައި އޮތުމާއި ތަފާތު ކުރުމެއް ނެތި ހަމަހަމަކަމާ އެކު ފެންވަރު ރަނގަޅު ތައުލީމާއި ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުން ފަދަ ކަންކަން ހިމެނޭ ގޮތަށް، ޒުވާނުންނަށް ފަހި ވެއްޓެއް ބިނާކޮށްދިނުމަށް އެ މަނިކުފާނުގެ ސަރުކާރުން ހާއްސަ އަހައްމިއްޔަތު ކަމެއް ދޭ ކަމަށެވެ.
"އަދި ދަރިމައިވުމާއި ގުޅުން ހުރި ސިއްހީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމާއި ކައުންސެލިން އާއި ވަށާޖެހޭ ފުރިހަމަ ސިއްހީ ފަރުވާގެ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނޭ ގޮތަށް، ދިރިއުޅުމުގެ ނިންމުންތައް ނިންމުމަށް ޒުވާނުން ތައްޔާރު ކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެ އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ.
ދުރުރާސްތާ އަށް ރޭވުމުގެ ބޭނުންތެރިކަން ފާހަގަކުރައްވައި، ގައުމީ ހަގީގަތްތައް ދައްކުވައިދޭ، އަދި ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ރާއްޖެ ތައްޔާރު ކުރަނިވި، ފުރިހަމަ އާބާދީގެ ސިޔާސަތެއް އެކުލަވައިލުމަށް ވެސް ރައީސް މުއިއްޒު ގޮވައިލެއްވި އެވެ.
ރައީސް ވަނީ އާބާދީ ދުވަހުގެ މުނާސަބަތުގައި އެ މަނިކުފާނުގެ އެކްސް އެކައުންޓުގައި ވެސް ޕޯސްޓެއް ކުރައްވައިފަ އެވެ. އެ ޕޯސްޓުގައި ރައީސް ވިދާޅުވީ 2062 ވަނަ އަހަރު އަންނަން ވާއިރު ރާއްޖޭގެ އާބާދީގެ ފަސްބައިކުޅަ އެއްބައި މީހުންނަކީ އުމުރުން 65 އަހަރަށް ވުރެ ދޮށީ މީހުންނަށް ވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.
އެހެންވެ، އުމުރުގެ ގޮތުން ދޮށީ މުޖުތަމައެއްގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ޒުވާނުން ތައްޔާރު ކުރުމަށް ސަރުކާރުން ސަމާލުކަން ދެމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ ވާންޗޯ
12 July 2025
ކަރެކްސަން، ޒުވާނުންނޭ ބުނުމުގެ ބަދަލުގަ ޕާޓޭންނާ ޑްރަގްޑީލަރުންނޭ ބުނުން ރަގަޅުގޮތަކީ. ހަދާފަތިއޮތް ހުރިހާ ފުޓްސެލްދަނޑަކާ އޮތިއްޔާއޮތް ކުޅޭތަނެއްގެ ކޮންޓްރޯލް އެއޮތީ މިޔަވިދާޅުވި ޒުވާނުންއަތުގަ.
އަދިވެސް އެއްފަހަރު ބުނެލަން.
12 July 2025
ޒުވާނުންނޭ ކިޔައިގެން ވާހަކަ ދައްކާއިރު ޒުވާނުން ހިލޭ ފުޓްބޯޅަ ކުޅެން ހުރިތަންތަން ގޭންގްތަކުގެ ކޮންޓްރޯލް ނޫނީ ސަރުކާރުގެ ކޮންމެވެސް ތަނެއްގެ ކޮންޓރޯލްގެ ދަށުގަ އެތަން ބާއްވާ، ހުސްކޮށް އޮންނައިރު ކުޅެލަން ދޭން ބުނީމާ އެނުދެވެނީ، ޒުވާނުންދެކެ ވާލޯބިން ދެއްތޮ؟
ޒުއިން
12 July 2025
ދަރާފައޭ އޮތީ ރާއްޖެ ދެން އަދިވެސް ހޭދަ ކުރާވަރު އިތުރު ކުރަންވީ؟
ހީހީ ސުލީހް
12 July 2025
ކިޔަވަިގެން ސިޔާސީ ނުވަންޔާ ވަޒީފާއެއް ނުލިބޭ. ބަހާ އަމަލާ ދިމާކުރައްވާ
ކަތްދައްތަ
12 July 2025
ވަރަށް ހެޔޮފުޅު ވާހަކައެއް.ޒުވާނުންނާ ގުޅޭ ޓެމޫ އަލީ އެކްސްޕްރެސްއިން ކުރާ މުޢާމަލާތް ތަކުން 30% ގެ އިތުރު ހޭދައެއް ކުރިން 5ރ އަށް ބޮއިލާ ދުމަކަށް 15ރ 100ރގެ ބަދަލު 245ރ ހޭދަވޭ. ޑޮލަރަކަށް ކުރިން އެންމެ ބޮޑަށް 16ރ މިހާރު 20ރ. މުސާރައިން 30 އިންސައްތަ ޑީވެލިއު. ކުރިން 100ރ ހޭދަ ކުރާނަމަ މިހާރު 130ރ. ރުފިޔާއެއް ނެތް. ބޮލަކު އިސްތައްޓެއްވެސް ނެތް. ވަށާޖައްސާނީ ކޯއްޗެއްތޯ.
ރއސ މހ
11 July 2025
ރިބާގެ މުއާމަލާތްކުރުން ދައުލަތުން އަދި ދައުލަތް ހިއްސާވާ ފަރާތްތަކުން ކުރުން ހުއްޓާލާނީ ކޮންއިރަކުތޯ؟
ހޮޓްކިންގ
11 July 2025
މުއިއްޒުގެ ވެރިކަމަށް 2 އަހަރުވާއިރު ޒުވާނުންނަށްވިޔަސް ދުވަސްވީމީހުން އަދި މެދުއުމުރުގެ މީހުނަށްވެސް ކޮށްދިންކަމެއްކޮބާ؟ ބޯހިޔާވަހިކަމަށްވެސް ދީފައިއޮތީ މާޔޫސްކަން. ދެންކޮން އިލްތިމާސެއްކުރާކަށް.
ވާންޗޯ
11 July 2025
ރާއްޖެ މީހުން ވަރަށް ގިނައިން އުމުރު އޮޅުވާލާ، މިހާރު ވެސް 65 މަތީ މީހުން ވާނީ އަސްލު 1/5 މީހުން ނަށް ރާއްޖެ ގަ، ކީކުރާނީ ގައުމު ގެ ހާލަތު
ކަނބިލި
11 July 2025
އިތުރުކުރާށޭ ބުނަނީ ސިޔާސީ ގޮތުން. އެއީ އެއްވެސް ވަރަކަށް މާލީ ހާލަތު ދިރާސާނުކޮށް. ރައްޔިތުންނަށް ބޭނުންވާ ކަންކަން ކުރަން ނުހުރޭ ފައިސާއެއް. ފައިސާ ހުރި ނަމަ ރަށްރަށުގައި ފެށިފައިހުރި ޕްރޮޖެކްޓްތައް ކުރިއަށް ދިޔައިސް. ހުއްޓިފައި. ހުރިހާ ކަމެއް.
ބޯ ހަމަނުޖެހޭ މެނޭޖަރ
11 July 2025
ޒުއްބަ ފެނޭތަ...ރައީސް ގެ ވައުދާ ހިލާފަށް އަހަރުމެން ސިކު ޝިފްޓަށް ތި ލަނީ