އޭސީސީގެ މެމްބަރުން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: މި ކޮމިޝަންގެ މެމްބަރުން ޒިންމާ އަދާނުކުރައްވާ މައްސަލާގައި ގިނަ ބައެއްގެ ފާޑުކިޔުން އެބައޮތް.---ފޮޓޯ: މިހާރު
15 ޖުލައި 2024 - 17:41
ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ފެންމަތި ވިޔަސް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމްގެ ބަހުގެ ހޫނު ހަމަލާތަކެއް އެ ކޮމިޝަނަށް މިއަދު އަމާޒު ކުރައްވައިފި އެވެ.
މަޖިލީހުގެ ސްޓޭޓް އޯން އެންޓަޕްރައިސަސް ކޮމިޓީއަށް އޭސީސީ ހާޒިރުކޮށްގެން ބޭއްވި ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ، ގާނޫނު އޮންނަ ގޮތުން ކޮރަޕްޝަންގެ މައްސަލަތައް ފުލުހުންނަށް ނުބެލޭ ކަމަށާއި ނަމަވެސް އޭސީސީ އަށް މައްސަލަ ހުށަހެޅިޔަސް، މައްސަލަތައް ހިފަހައްޓައިގެން ތިބޭތީ ދައުވާ ކުރުމުގެ މުއްދަތު ހަމަވެ، މައްސަލަތައް ބޭރުކޮށްލާ ހާލަތު ދިމާވާނެ ކަމަށެވެ. ކޮންމެ ފަހަރަކު އޭސީސީގެ މެމްބަރުން ބަދަލު ކުރިޔަސް، އެއްވެސް ނަތީޖާއެއް ނުނެރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ތި ބޭފުޅުން ކޮންމެ ދައުރެއްގައި ވެސް ހަމަ އެއް ވާހަކަ ދައްކަވަނީ އިނގޭތޯ. ވާ ކަމެއް ހަރާން އިނގޭތޯ. ދެން އަނެއްކާވެސް އަޅުގަނޑުމެން ވީ ތި ބޭފުޅުން ބަދަލުކުރަން. އަނެއްކާވެސް އަނެއް ފަސް މީހުން އައިސްގެން ވެސް މިހެން،" ނާޒިމް ވިދާޅުވި އެވެ.
މަޖިލީހުގެ ނައިބު ރައީސް ނާޒިމް: އޭސީސީއަށް ދުވަހަކު ވެސް ނަތީޖާއެއް ނުނެރެވޭ ކަމަށް އޭނާ ވިދާޅުވި --- ފޮޓޯ/މިހާރު
އޭނާ ސުވާލު އުފެއްދެވި އެއް ކަމަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަންގެ އެތައް މައްސަލައެއް އޭސީސީ އަށް ލިބެމުން ދިޔައިރު އަދި ފެނަކައިގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މަގާމުން ދުރުކުރަން އެދުމުގެ ފުރުސަތު އޭސީސީއަށް އޮތަސް އޭރު އެ ކޮމިޝަނުން އެއްވެސް ކަމެއް ނުކޮށް ތިބި މައްސަލައިގަ އެވެ.
"ތި ބޭފުޅުން އަތްމައްޗަށް ކޮންމެ ދުވަހަކު މައްސަލަތައް އައިސް އައިސް، އެންމެ ފަހުން ވެރިކަން ނިމިގެން ހަތަރު ބިލިއަން ރުފިޔާ ގެއްލުނު ފަހުން އަޅުގަނޑު މި ސުވާލު ކުރަނީ. ތިޔަ ވިދާޅުވީ އެ ބާރު އޮތޭ. ކީއްވެގެންތޯ އެ ބޭފުޅާ [ފެނަކަ ސައީދު] އެއްކައިރި ނުކުރެވުނީ ތި ބޭފުޅުންނަށް،" ވަރަށް ބޮޑަށް ހިތްހަމަނުޖެހުމާ އެކު ނާޒިމް ވިދާޅުވި އެވެ.
ޖަވާބުގައި އޭސީސީން ބުނީ އޭރުގެ ރައީސް އިބްރާހިމަށް މުހައްމަދު ސޯލިހުގެ ސަމާލު ކަމަށް އެކަން އޭސީސީން ގެނައި ކަމަށެވެ. ޕްރައިވެޓައިޒޭޝަން ބޯޑާއި އެހެން މުއައްސަސާތަކުގެ ސަމާލު ކަމަށް ވެސް ގެނެސްފައިވާނެ ކަމަށް އޭސީސީން ބުންޏެވެ.
ރައްޔިތުންގެ މަޖިލިހުގެ މި ދައުރުގައި އެކިއެކި ބޮޑެތި މައްސަލަތަކާ ގުޅޭ ގޮތުން ވަރަށް ފާޅުގައި، ކެރިގެން ވާހަކަ ދައްކަވާ އެއްބޭފުޅަކީ ނާޒިމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަނިކު2
16 July 2024
ތިހެން ނުބުނޭ. އެތައްހާސް ބައެއްގެ ފްލެޓް ހިފަހައްޓަފަ އެމީހުން އެތިބީ ތި މީހުން ބުނެގެން. އަންދާސީ ހިސާބެއް ހެދީމަ އެޖަސްޓް ވާނެ
ގެދޮރުވެރިޔާ
16 July 2024
ނާޒިމް ތީ މޭން އެއް. އެނގޭނެ، ކެރޭނެ. ކުރާނެ.
ސަމީރު
16 July 2024
20212- 2024 އިން އޭސީސީ މެމްބަރުން ގެ މޭންޑޭޓްގެ ތެރެއިން ހާސިލްވި އެއްވެސް ކަމެއް ރަނގަޅަށް ގެންދެވުނުތޯ؟ ސަރުކާރެއް ނިމި މަގާމް ގެ ދިފާއު ކުރުން ނޫންކަމެއް ފެނުނު ތޯ ؟ ވޭތުވެދިޔަ ސަރުކާރުތަކުން އެކި ސެކްޓަރތަކުން ހިތު ހުރި ގޮތަކަށް ޕްރޮކިމުމަންޓް ބޭނުންކޮށް ސިޔާސީ މަންފާ ނެގުމަށް ހިނގާފައިވާ ޖަރިމާ ތަކުގެ ކުޑަ މިންވަރެއްވެސް ބެލުނުތޯ ؟
ކޮއިލު
16 July 2024
ސަމާލު ކަމަށް އެކަން އޭސީސީން ގެނެސްފަ ވާނަމަ ކޮބާ އޭގެ ލިޔެކިޔުންތައް؟ ވެރިފައި ކުރޭ.
ނައިބު ގެ ވާހަކަ ރަނގަޅު އެކަމަކު...
16 July 2024
ނާޒިމު ދައްކާވާހަކަ ވަރަށް ހަބޭސް. ސުވާލަކީ އިޚްލާޞްތެރިކަމުގައިތޯ އޭ. ތިމަންނާގެ ފަސްބައި ސާފު ހޭ. ކުއްލިއަކަށް 360 ޑިގްރީގެ އިޞްލާޙެއް އައީބާވައޭ؟ ކުރީގެ އެޓޮލްސް މިނިސްޓްރީ ތެރޭން ހިނގިކަންކަން، ތިމަންނާގެ ކުންފުނި ބައިވެރިވެގެން ކުރީގެ ސަރުކާރުތަކުގެ ތެރެއިން ހިންގި ކަންކަން ހަމަ ސާފު ވީހެއްޔޭ
ސަމީރު
16 July 2024
ނާޒިމް އަށް ހެޔޮވިސްނިއްޖެ ދައުލަތުގެ އެއްޗެއް ނެތްކަން
ނަމިރާ
16 July 2024
އެއްޗެއް ނުބުނާނަން
ޢަނީ
16 July 2024
އެއީ އެސީސީވެސް ކޮރަޕްޓުވީމަ.ގައުމުގެ ހާލަތު.ވައްސަލާމް.
އަައްސަދު
16 July 2024
އިޙްލާސްތެރިކަމާއެކު ނާޒިމު ކުރަމުން ގެންދާ މަސައްކަތެއް ކަމަށް ވަންޏާ ތިކުރައްވާ މަސައްކަތަށް ޝުކުރު ދަންނަވަން
ފފފފފ
16 July 2024
ވާގޮތަކީ، މުސާރަ ކޮޅަށް މަަސައްކަތް ކުރާ މެންބަރުން ތަކެއް ތިބުމުން އެމީހުންގެ ވަޒީފާގަނޑު ގެއްލިދާނެތީ، މައްސަލަ ބަލާ ނަމުގަ ހޭކެނީ. ހަގީގަތުގަ އެތަން ހުރުމުން މިގައުމުގައި ކޮރަޕްޝަންވަނީ ގިނަ. ތަނެއްދޮރެއް ނޭނގޭ މީހުން މެންބަރުންގެ ގޮތުގައި ގިނަ ކޮމިޝަންތަކުގައި ތިބީ.
8965
16 July 2024
އެއީ ހަމަތެދެއް. އޭސީސީން މައްސަލަ ބެލުމުގެ ދުވެލި ހުރީ ފިނިހަށް ދުވެއްޔަށް. އެޑްމިނިސްޓްރޭޓިވް މައްސަލައެއް ތަހްގީގުކޮށް ނިންމާލުމަށް 3 އަހަރު އެބަނަގާ. އެވަރުގެ އެއްޗެއްގަ ގިނަވެގެން 5 ބަޔާން ނަގާފަ ތަނުގެ ގަވާއިދުގައި އޮތީ ކީކޭތޯ ބަލައިލުމުން ނިމުނީ. އެކަމަކު ރެއާ ދުވާލު އުޅެގެން 20 ސ ހަމަނުވާ ރިޕޯޓެއް ހެދެނީ 36 މަހުން. ހަމަ އަސްލުގަވެސް، ވާކަމެއް ހަރާމް. މުސާރަ ބޮޑުކޮށްފަނު އެތިބީ. އަނގަފުޅާކޮށްފަ ބޮޑުބަސް ބުނީމަ އެނިމުނީ.
އޮނަރަބްލް އަފީފު ދީދީ
16 July 2024
މިއަދު މާބޮޑަށް "ރައްޔިތުން ނުވަތަ ޤައުމީ މީހަކަށް އަމިއްލަފުލަށް ވެގެން އުޅުއްވި ކަމުގައިވިޔަސް" މާޒީގައި ބޭޅާ އުޅުއްވިގޮތް އިގޭ މީހުނަށް ތިދައްކަވަނީ ވަރަށް ހިޔަޅު ވާހަކަ ތަކެއްކަން އިގޭނެ. # އަދި މާބޮޑަށް ނިކަމެތިންގެ މަދަދު ޔާރެއް ކަމަށާއި، ޙިޔާނާތުގެ ފަސާދައާއި ދެކޮޅަށް އަރާހުންނަވައިގެން މަސައްކަތް ކުރާ މީހާކަމަށް ހެދެން އުޅުނު ކަމުގައިވިޔަސް ތިއީ އިންޑިޔާގެ Anna Hazare ފަދަ ލީޑަރެއް ނޫންކަންވެސް ގިނަ ދިވެހިންނަށް އޮޅިފައެއް ނުވޭ އިގޭތޯ.