ޚަބަރު

ރާއްޖެ އަށް ހަތިޔާރު ވެސް ގެނެވޭނެ މަގު އޮތީ ހުޅުވިފައި: ކަސްޓަމްސް

ރާއްޖޭގެ ބޯޑަރުތައް އޮތީ ބަޔަކު ބޭނުންވެއްޖެ ނަމަ ހަތިޔާރު ވެސް ގެނެވޭ ގޮތަށް ހުޅުވިފައި ކަމުގެ ކަންބޮޑުވުން، ބޯޑަރު ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އަދާކުރާ ކަސްޓަމްސް އިން މިއަދު ފާޅުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގައި ވާހަކަ ދައްކަވަމުން އެންފޯސްމަންޓް އެންޑް ބޯޑާ ސެކިއުރިޓީއާ ހަވާލުވެ ހުންނެވި، ޑެޕިއުޓީ ޗީފް ސުޕްރިޓެންޑެންޓް އަހުމަދު ސިމާހު ވިދާޅުވި ގޮތުގައި ކަސްޓަމްސް އަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ކަނޑުގެ ސަރަހައްދު ރަނގަޅަށް ނުބެލެހެއްޓޭ މައްސަލަ އެވެ.

ކަސްޓަމްސްގެ އޮފިސަރުން މިހާރު ތިބެން ޖެހެނީ ބަނދަރުތަކުގައި ކަމަށާއި ނަމަވެސް ބަނދަރާ ހަމައަށް ބަޔަކު އައުމުގެ ކުރިން ބޭރުން އަންނަ އުޅަނދުތަކަށް ކޮންމެ ކަމެއް ވެސް ކުރެވޭ ގޮތަށް ހުޅުވިފައިވާ ކަމަށް ސިމާހު ވިދާޅުވި އެވެ.

އެފަދަ އުޅަނދުތައް ބަނދަރާ ހަމައަށް ދިއުމުގެ ކުރިން، ކަނޑުމަތިން ލޯކަލް އެހެން އުޅަނދުތަކަށް މަސްތުވާތަކެތި އަރުވައިގެން ފަޅުރަށްރަށަށް ގެންދާ މައްސަލަތަކެއް ފުލުހުން ވެސް ބަލާފައިވާ ކަމަށް ސިމާހު ވިދާޅުވި އެވެ. ނަމަވެސް އެކަން ކުރުމުގެ ފުރުސަތު ހަމައެކަނި އޮތީ މަސްތުވާތަކެއްޗަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ކަސްޓަމްސްގެ އިސްވެރިޔާ މާނިއު 241 ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވާއިރު، އެސިސްޓެންޓް ކޮމިޝަނަރު އޮފް ކަސްޓަމްސް ހަމްދޫން އަޑުއައްސަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

"މިއީ އިންތިހާ އަށް ކަންބޮޑުވާ ކަމެއް. އޮތީ އެ މީހަކު ބޭނުންވާ ކަމަކަށް ނިޔަތް ގަތުން. މިސާލަކަށް ހަތިޔާރު ގެންނަން މީހަކު ނިޔަތް ނުގަންނަނީ. ނިޔަތް ގަނެފިއްޔާ ރާއްޖެ އަށް ހަތިޔާރު ގެނެވޭނެ މަގު އޮތީ ހުޅުވިފައި. އެ ދޮރުތަކުގެ ވާހަކަ މި ދައްކަނީ،" ސިމާހު ވިދާޅުވި އެވެ.

ރާއްޖެ އަށް ގާނޫނާ ހިލާފު ކޮންމެ އެއްޗެއް ގެނައުމުގެ ފުރުސަތު އޮތް ކަމަށާއި މީގެ ކުރިން ބަނދަރާ ހަމައަށް އައުމުން ސިގިރޭޓާއި ރަނާއި މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ސިމާހު ވިދާޅުވި އެވެ.

ބަނދަރާ ހަމައަށް އަންނަ ކޮންމެ އެއްޗެއް ބަނދަރަށް ނައިސް އެހެން ދިމަދިމާލަށް ދިޔުމުގެ ދޮރު ބަންދު ކުރަން މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ސިމާހު ވިދާޅުވި ގޮތުގައި ރާއްޖެ ފަދަ ބޮޑު ކަނޑުގެ ސަރަހައްދެއް އޮންނަ އެހެން ގައުމުތަކުން އެ މައްސަލަ ހައްލު ކުރާ ނިޒާމަށް ރާއްޖެ ވެސް ދާން ޖެހެ އެވެ. އެ ގައުމުތަކުން އެ މަސައްކަތް ބޮޑަށް ކުރަނީ ވައިގެ މަގުން މޮނިޓާ ކޮށްގެން ކަމަށާއި ޑްރޯންތަކުގެ ބޭނުން ކުރަން ރާއްޖެ އިން ވެސް ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ބޯޑަރު ބެލެހެއްޓުމުގެ މަސައްކަތް ވަރުގަދަ ކުރުމަށް އެމެރިކާ އާއި ޗައިނާ އިން ރާއްޖެ އަށް ޑްރޯން ދޭން އެއްބަސްވެފައިވާ ކަމަށް ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު މުހައްމަދު 241 ކޮމިޓީގެ ބައްދަލުވުމުގައި މިއަދު ވިދާޅުވި އެވެ. އަދި އެ ޑްރޯންތައް އޮޕަރޭޓް ކުރާނީ އެމްއެންޑީއެފްގައި އަލަށް އުފެއްދި އެއާކޯ އިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

41 ކޮމެންޓް, 19 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 0%
icon angry icon angry 89%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢަހަރެނ

19 July 2024

24 ގަޑި އިރު ކޯސްޓް ގާޑްް ތަކުން ކަނޑް ބެލެހެއްޓް މުގައި އުޅޭ އިރު ތިފަދަ ތާަކުން ތާކު ނުޖެހޭ ވާހާކަ ނުދެއްކުން ރަނގަޅު. ކަސްޓަމްސް އިން ކަސްޓަމްސް އޮފިސަރުން ނަގަން ޖެހޭ ޒިންމާ ތަށް ރަނގަޅަށް އަދާ ކުރެވޭތޯ ބެލުން މާ ރަނގަޅު.

The name is already taken The name is available. Register?

ކަންތަކާޖެހުނީ

17 July 2024

އެހާ ފަސޭހައިން ވާން އޮތްކަން އެނގުނީމަ މިހާރު ބަޔަކު ނިޔަތްގަނެދާނެ ތިކަން ކުރަން. ކުރިން އެމީހުންނަށް ހީވެފަ އޮވެދާނެ އެހެން ބަޔަކުވެސް ނުކުރަނީ ކުރެވެން ނެތީމައޭ.

The name is already taken The name is available. Register?

ބުއްދިކާ

17 July 2024

ކަމަށް ނާގާބިލު މީހުން ތަންތަނަށް ލީމަ މަގުމަތީގަޔާ ހޮޅުއަށީގަޔާ މީޑިއާގަ މިކިޔެނީ މާމޮޅު ވާހަކައެކޭ ހިތާ މިކަހަލަ ވާހަކަދައްކާނީ. މާދަމާ އަރާ ގައުމީ ސަލާމަތީ ބާރުތަކުގެ އިމާރާތްތަކުގެ ޗާޓުވެސް ދައްކަފާނެ މިހިރީއޭ އިމާރާތްކޮށްފަ ހުރި ވިޔާނުދާ ގޮތް ކިޔާފަ

The name is already taken The name is available. Register?

ހުޅުވާފައި

17 July 2024

ރާއްޖެއަށް އެމީހަކު ބޭނުން ކޮންމެ އެއްޗެއް ގެނެވޭނޭ ކަން މަސްތުވާތަކެތި އާންމުވެފައި ފަސޭހަވެފައި މިއޮތްވަރުންވެސް އެނގޭ ނޫންހެއްޔެވެ! އަދި ޖިންސީ އެދުން ފުއްދުމާބެހޭ އެއްޗެހިތައްވެސް އިސްތިހާރުކޮށްގެން ބަރާބަރަށް އެބަ ވިއްކާ ނޫންހެއްޔެވެ! ހަތިޔާރުވެސް ގަނެވިއްކޭނަމަ ތިވެސް ވަރަށް ތިޔާގިކަމާއެކު މި ގައުމުގައި ލިބެން ހުންނާނެއެވެ. އެއީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

The name is already taken The name is available. Register?

ޖަސްޓިސް ވޮރިއަރ

17 July 2024

ފަސޭހަ މަގަކުން ރާއްޖެއަށް ހަތިޔާރު ވެއްދިދާނެ ކަމަށް ބުނެ އޯޕެން ހިއަރިންއެއްގަ މިފަދަ ވާހަކައެއް ދެއްކުމަކީ ގޯސް ކަމެއް. ތިވާހަކައިން ގަޢުމީ ސަލާމަތަށް ނުރައްކާވުމުގެ ފުރުސަތު އެބައޮތް. ދެނ ފަހަރަކުން އިތުރަށް ވިސްނާލުން މުޙިންމު

The name is already taken The name is available. Register?

ކޮސް

17 July 2024

މިކަހަލަ މީހުން ލައްވާ ހެޔޮނުވާނެ ވާހަކަދެއްކުން މިހުންނަނީ ޤައުމީ ސަލާމަތަށް ނުރައްކާވާ ޒާތުގެ ވާހަކަ . މީހަކު ނުވެސް އަހާ މީނަކުރެން އެވާހަކައެއް.

The name is already taken The name is available. Register?

raajje

17 July 2024

މިޔޮއްހުރިހާދުވަހު މައްސަލަ ހައްލުކުރަން މަސައްކަތެއްކުރިކަން ހާމަވާކަށްނެތް، މިހާރު ޑުރޯންޑުރޯން، ހުރިހާކަމެއްގައިވެސް ކަންފަސޭހަކަމާ ފަރުވާކުޑަކަން! ކަނޑުތަކުގެ ސެކިއުރިޓީ އާއި ބޯޑަރ ބެލެހެއްޓުން މީ ކޯސްޓުގާޑުންކުރާކަމެއްތޯ ނުވަތަ ކަސްޓަމްސްއިން ކުރާކަމެއްތޯ؟ ސާފެއްނުވޭ އަޅުގަނޑަށްފެންނަނީ ބޯޑަރވަށައިގެން ކަނޑުތަކުގައި ގާޑުޕޯސްޓުތަކެއް ގާއިމުކޮށް ޑިއުޓީގައިތިބެން، ކަނޑުމެދުން ފާލަންއެޅެންޏާ ކަނޑުގައި ގާޑުޕޯސްޓެއްނުޖެހެންވީ ސަބަބެއްކޮބައި؟

The name is already taken The name is available. Register?

ހަސަންރަހާ

17 July 2024

ސިއްރު ނޫން ޖަލްސާއެއްގަ މިފަދަ ރާގަކަށް މިޒާތުގެ އެއްޗެއް ބުނި މީހަކު މިހާރުން މިހާރަށް މަޤާމުން ވަކި ކުރަން ޖެހޭ!

The name is already taken The name is available. Register?

ސިކުނޑި

17 July 2024

241 ކޮމިޓީން ފުރަތަމަ ބަލަންވީ ސަލާމަތާއި ގުޅުންހުރި މުއައްސަސާތަކުގެ ވެރީންނަށް އިސްކޮށްފައިތިބީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެވޭ ވަރުގެ ގާބިލު މީހުންތޯ!

The name is already taken The name is available. Register?

ހުސައިން

17 July 2024

ވެންގަބޯ އަށް. ވެދުން ސަލާމް ތިވާހަކައިގައިވެސް އެބަހުރި އިސްލާޙް ކުރަންވީ ކަންތައް. 1. ކަޅެއަށް. މިތަނުގައި ޅ ގެ ބަދަލުގައި އޮންނަންވީ ކޮން އަކުރެއް؟ 2. "ފުރަތަމަބެސް" "ބ" ގެ ބަދަލުގައި ކޮން އަކުރެއް؟ އެއްފަހަރު ގަޅއކ، އަނެއްފަހަރު "ކީކޭތޯ" ތިމާވެސް އެއްޗެއް ލިޔާއިރު ސިކުނޑިން ވިސްނައިގެން ލިޔާނަމަ ތިއަށްވުރެ ރީތިކޮށް، ކުށް ނުޖެހި ލިޔެވިދާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454