ޚަބަރު / ރައީސް ޑރ. މުހައްމަދު މުއިއްޒު

3،000 މީހުންގެ އާބާދީއެއް އުޅޭ ރަށަކަށް ތިން ކައުންސިލަރުން ހޮވީމާ ފުދޭނެ: ރައީސް

ހޯމް މިނިސްޓްރީގެ ނާރެސް ޕޯޓަލް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އާބާދީގައި 3،000 އަށް ވުރެ މަދުން މީހުން ދިރިއުޅޭ ރަށަކަށް ތިން ކައުންސިލަރުން ހޮވުމުން ފުދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓްރީގެ ނާރެސް ޕޯޓަލް އާއި ކުރަނގި އޮޕަރޭޝަންގެ ދެ ވަނަ ފޭސް އިފުތިތާހުކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ކައުންސިލުތަކުން ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ގިނަ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އެ ބަދަލުތައް ގެނައުމަށްޓަކައި ކަމާ ބެހޭ އިދާރާތަކުން މަސައްކަތްކުރަމުން އަންނަ ކަމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

އެއްކަމަށް އެ މަނިކުފާނު ފާހަގަކުރެއްވީ ކައުންސިލުތަކުގައި ތިބޭ ކައުންސިލަރުންގެ އަދަދު މަދުކުރުމެވެ.

"އަޅުގަނޑު ހިތުން 3،000 މީހުންނަށް ވުރެ ގިނަ ނޫން އާބާދީ އޮންނަ ރަށުގައި ތިން ބޭފުޅަކު އިންތިހާބުކުރީމަ ފުދޭނެ،" ރައީސް ވިދާޅުވި އެވެ.

"ކައުންސިލުގެ ރައީސަކާއި އަދި އިތުރު ދެ ބޭފުޅުން. އޭގެ ތެރެއިން އެއް ބޭފުޅަކީ އަންހެނުންގެ ފަރާތުން އިންތިހާބުކުރާ އަންހެނުންގެ ރައީސާއަކަށް ވުމާއި އަދި އެއް ބޭފުޅަކީ ޒުވާނުންގެ ފަރާތުން އިންތިހާބުކުރެވޭ ޒުވާނުންގެ ރައީސެއްގެ ގޮތުގައި ހުންނަ ބޭފުޅަކަށް ވެ، ތިން ބޭފުޅުން ތިބެ ކައުންސިލްގެ ރައީސްގެ ގޮތުގައި ހޮވާ މީހާގެ އިތުރަށް ދެން ހޮވާ ދެ ބޭފުޅުންގެ ތެރެއިން އެކަކު އެއީ ނައިބު ރައީސަކަށް ކަނޑައެޅިދާނެ."

މި އުސޫލަށް ބަދަލުކުރެއްވިއްޖެ ނަމަ ކައުންސިލްތަކާއި އަންހެނުންނާއި ޒުވާނުންގެ ބައިވެރިވުން ވެސް އޮންނާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ހޯމް މިނިސްޓްރީގެ ނާރެސް ޕޯޓަލް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް އަދި ހޯމް މިނިސްޓަރު އަލީ އިހުސާން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ރައީސް ވިދާޅުވި ގޮތުގައި، އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި މާލޭގައި ވެސް ކޮންމެ 3،000 މީހަކަށް ކައުންސިލަރެއް ހުރުން ރަނގަޅު ވާނެ އެވެ. އަދި 3،000 އާއި 10،000 ދެމެދުގެ އާބާދީއެއް އޮންނަ ރަށްރަށުގައި ފަސް ކައުންސިލަރުން ތިބުމުން ފުދޭނެ ކަމަށް ވިދާޅުވި އެވެ.

"އޭރަށް [ކައުސިލްތަކަށް] ލިބޭ ބަޖެޓުގެ ބޮޑު ބައެއް ކައުންސިލްގައި މަސައްކަތްކުރާ ސިވިލް ސާވަންޓުންނަށް ރަނގަޅު މުސާރައެއް ދެވޭ ގޮތަށް މިހާރަށް ވުރެ ވެސް ގިންތި ރަނގަޅު ކޮށްފައި ރަނގަޅު މުސާރައެއް ދެވޭ ގޮތަށް ބައްޓަން ކޮށްގެން ހިންގީމާ އަޅުގަނޑު ހިތުން ކައުންސިލްގެ ހުރިހާ މުވައްޒަފުން ވެސް އުފާވެރިކަމާ އެކީގައި ރަނގަޅު ހިދުމަތެއް ދެވޭނީ،" ރައީސް ވިދާޅުވި އެވެ.

ނަމަވެސް މި ކަންކަން ނިންމާނީ މިކަމާ ގުޅޭ ފަންނީ ދިރާސާތަކުގެ އަލީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"އަދަދު ކުޑަކޮށްގެން އެ ދޭ ހިދުމަތް އަދި ރަނގަޅަށް ވެސް ދެވޭނެ،" ރައީސް ވިދާޅުވި އެވެ.

ހިދުމަތް ދެވޭ ގޮތް ފުރިހަމަ ކުރަން މި ޖެހެނީ. ހިދުމަތް ދިނުމުގައި އިހުލާސްތެރިވާން މި ޖެހެނީ. ހިދުމަތް ދިނުމުގައި ތެދުވެރިވާން މި ޖެހެނީ، ހީވާގި ވާން މި ޖެހެނީ. އެކަން ކުރާކަށް ބައިބޯކުރާކަށް ނުޖެހޭ: ރައީސް

"ހިދުމަތް ދެވޭ ގޮތް ފުރިހަމަ ކުރަން މި ޖެހެނީ. ހިދުމަތް ދިނުމުގައި އިހުލާސްތެރިވާން މި ޖެހެނީ. ހިދުމަތް ދިނުމުގައި ތެދުވެރިވާން މި ޖެހެނީ، ހީވާގި ވާން މި ޖެހެނީ. އެކަން ކުރާކަށް ބައިބޯކުރާކަށް ނުޖެހޭ."

ރަށު ކައުންސިލަރުންގެ އަދަދު މަދުކޮށް އަދި އަތޮޅު ކައުންސިލް އެކުލެވޭ ގޮތަށް ބަދަލުތަކެއް ގެންނަވާނެ ކަން ރައީސް އެންމެ ފުރަތަމަ އިއުލާންކުރެއްވީ މި މަހުގެ ކުރީކޮޅުގަ އެވެ. އެކަން އެގޮތަށް ކުރެވިއްޖެ ނަމަ ދައުލަތުގެ ހަރަދުން ބޮޑު ބައެއް ސަލާމަތް ކުރެވޭނެ ކަމަށާއި އެ ފައިސާއިން ރައްޔިތުންނަށް ތަރައްގީ ގެނައުމަށް ގިނަ މަސައްކަތެއް ކުރެވޭނެ ކަން ވެސް އެ މަނިކުފާނު އޭރު ވިދާޅުވެފައިވެ އެވެ.

މިރޭގެ ރަސްމިއްޔާޔުގައި ރައީސް ވިދާޅުވީ ކައުންސިލްތައް ބާރުވެރިކުރުމަށްޓަކައި މި ސަރުކާރުން ވަރަށް ގިނަ ކަންކަން ކުރަން ރާވާފައިވާ ކަމަށެވެ. ޓޫރިޒަމްގެ ދާއިރާ އިން ރާއްޖެ އަށް ލިބޭ އާމްދަނީ އިން ވަކި ޕަސެންޓެއް ކައުންސިލްތަކުގެ ބަޖެޓަށް ޖަމާކުރަން އެ މަނިކުފާނުގެ ވައުދާ އެއްގޮތަށް ނިންމެވި ނިންމެވުން ލަސްތަކެއް ނުވެ ތަންފީޒުކުރަން ފަށާނެ ކަމަށް ވެސް ވިދާޅުވި އެވެ.

146 ކޮމެންޓް, 38 ރިއެކްޝަންސް

icon happy icon happy 24%
icon sad icon sad 0%
icon angry icon angry 16%
icon wow icon wow 0%
icon inlove icon inlove 61%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަސްލު.......

14 August 2025

ދަތުރުތަށް ކުރައްވަން ޖެހިވަޑައި ގަންނަވާނީ ރައީސު ދަތުރުތަކުގެ ތަޖުރިބާ ރައީސް އޮފީސް މެދުވެރިކޮށް ކައުންސިލްތަކާ އެހެނިހެން އިދާރާތަކަށް ފޮނުއްވާނެ......

The name is already taken The name is available. Register?

އައިމިނާ

21 July 2024

ގޯއްޗެއްގެ ރަޖިސްޓްރީ ހަދަން ޖެހުނާސް އެހާ ގިނަ ދުވަސް ނަގާ.އެކަމު ވޯޓަށް މީހަކު އެއްރަށުން އަނެއް ރަށަށް ބަދަލު ކުރަން ނިކަން އަވަސްވާނެ. އެއީ ވޯޓު ލެވޭނެތީވެ.

The name is already taken The name is available. Register?

އައިމިނާ

21 July 2024

ރަށްރަށުގަ ގޯއްޗެއް ބަހާލަން ޖެހުނަސް އެއް އަހަރަށްވުރެ ގިނަދުވަސްނަގާ ކޮބާ ޚިދުމަތް އަވަސްވެފަ. ކަތީބުންތިބި އިރުވެސް އެވަރު ވާނެ.

The name is already taken The name is available. Register?

ހުރާހެނު

20 July 2024

މީގަ ނެތް ގޯހެއް، މީނައަށް މަ ތާއީދު އަނެއްހެން ނުުކުރިއަސް މީ ރަނގަޅު ކަމެއް

The name is already taken The name is available. Register?

އެމްސް

20 July 2024

10 ހާހުގެ އާބާދީއަކަށް 1 މަޖިލިސް މެމްބަރުންވެސް ފުދި އިތުރުވެއެވެ!

The name is already taken The name is available. Register?

ކައުންސެލަރު..

20 July 2024

އަދި މިކަންވެސް..... އަންހެނުންނަށް މަޖުބޫރުން ދޭންޖެހޭ ގޮނޑި، އެގޮނޑިއަކީ އަންހެންމީހާ ފިރިހެނުންނާ ވާދަކޮށްގެން ހޯދާ ގޮނޑިއަކަށް ވާނެޖެހޭގޮތް ހައްދަވައިދެއްވާ. މިހާރު މިއޮންނަގޮތުން އަންހެންމީހާ އެއްކަމެއް ނުކުރިޔަސް ގޮނޑިޔަގީންވޭ. އޭގެބަދަލުގައި ޕްރޮޑަކްޓިވިޓީ އިތުރުވާނީ އަންހެންމީހާ ފިރިހެނުންނާ ވާދަކޮށް ކާމިޔާބު ކުރީމާ ލިބޭ ގޮނޑިއަކަށް އެވެގެން. މިހާރުގެ ސިސްޓަމް އެބަޖެހޭ ބަދަލުވާން. މީކީ އަންހެނުންނަށް ދެރައެއްދޭކަށްނޫން. ހެޔޮއެދޭތީ.

The name is already taken The name is available. Register?

އައިމިނާ

20 July 2024

ކުރީގަ ކަތީބުން ސަނާކިޔާވާހަކަ ދައްކާއިރު މިހާރުގެ ކައުންސިލަރުން ބޮޑު މުސާރަ ނަގާ ދުނިޔެ ވަށައި ބުރުޖަހަނީ. ކޮންކަމެއް ވަނީ އިތުރަށް. އެއްކަމެއްވެސް ނުވޭ. ފޮޓޯނަގާފަ އެފްބީއަށް ލެވުމުން ނިމުނީ.

The name is already taken The name is available. Register?

ކައުންސެލަރު...

20 July 2024

ސާބަހޭ ރައީސް. ކުރީގާ 3 ކަތީބުން (ކުދިރަށްރަށުގައި 2 ކަތީބުން، ނުވަތަ ކަތީބަކާ މުދިމެއް) ތިބެގެން ރަށްރަށް ހިންގި ބަރާބަރަށް، މިހާރަށްވުރެ ރަނގަޅަށް. މިހާރު އޯވަހޯލް ކުރަން ޖެހިފަ މިއޮތް ދައުލަތަށް ބުރަބޮޑު ނިޒާމުން ރައްޔިތުންނަށްވާ އެއްވެސް ފައިދާއެއްނެތް. އިދާރީ މުވައްޒަފުން ކައުންސިލްތަކުގައި އެކިނަންނަމުގައި މަދަސުމާރެއްކޮށް ނޫން އޮތީކީ. އަނެއްކާ 5 ކައުންސެލަރުން ލައިގެން އެކަކު އަނެކަކަށް ބޮލަށް ކަނޑާލައިގެން ތިބުންނޫންކަމެއް ނުކުރޭ.

The name is already taken The name is available. Register?

އަލީ މޫސާާ

20 July 2024

ލޯކަލް ގަވަރނަންސް އިތުރަށް ފުރިހަމަ ކުރެއްވުމަށް ރައީސް މުއިއްޒު ކުރިއަށް ވިސްނާ އުޅުއްވާތީ އަޅުގަނޑު އުފާކުރަން

The name is already taken The name is available. Register?

ރިޒްހާންް

20 July 2024

މި އިސްލާހުގެ ސަބަބުން ވަސީލަތްތައް އިތުރަށް ހަމަހަމަ ގޮތެއްގައި ބަހާލެވޭނެ. މިއީ އިންސާފަށް ބެލިޔަސް ކަންކުރަން އެންމެ ރަނގަޅުގޮތް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454