20 ޖުލައި 2024 - 19:52
މިއަދު ބޭއްވި ލޯކަލް ކައުންސިލްތަކުގެ ބައި އިލެކްޝަންގެ ނަތީޖާ އިން ފެނުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތާއީދު އިތުރުވަމުން އަންނަ ކަމުގެ ހެއްކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ހަ ދާއިރާގެ ބައި އިލެކްޝަންގެ ތެރެއިން، ޕީއެންސީން ވަނީ ފަސް ދާއިރާއެއްގެ ގޮނޑި ކާމިޔާބު ކޮށްފަ އެވެ. އިދިކޮޅު އެމްޑީޕީ އަށް އެންމެ ގޮނޑިއެއް ވެސް ނުލިބެ އެވެ. ޕީއެންސީ އަށް ގެއްލުނު ރ. ރަސްމާދޫ ކައުންސިލްގެ އަންހެން މެމްބަރުގެ ގޮނޑި ކާމިޔާބުކުރީ އަމިއްލަ މެމްބަރެކެވެ.
އެހެންކަމުން، ސިޔާސީ ޕާޓީތަކުގެ ވާދަވެރިކަމަށް ބަލާއިރު، ބޮޑު ކާމިޔާބީއެއް ހޯދީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އެވެ.
އެ ޕާޓީގެ މެންބަރުންނަށް މަރުހަބާ ވިދާޅުވެ، އަބްދުއްރަހީމް އެކްސްގައި ވިދާޅުވީ ރައީސް މުއިއްޒުގެ ތާއީދު "ފަތުއަޑު ކިޔާފައި" ރައްޔިތުންގެ ތެރޭގައި އިތުރުވަމުން އަންނަ ކަމުގެ ސާފު ހެކި ވޯޓުން ދައްކައިދީފި ކަމަށެވެ.
އަބްދުއްރަހީމް އެހެން ވިދާޅުވިޔަސް، މިއަދުގެ އިންތިހާބުގައި 13،112 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ އިރު ވޯޓުލާން ނުކުތީ 3،528 މީހުންނެވެ. އެއީ 27 ޕަސެންޓު މީހުންނެވެ.
އިދިކޮޅު އެމްޑީޕީން ބައި އިލެކްޝަންގައި ވާދަކުރިޔަސް ވާދަވެރި ކެމްޕެއިނެއް އެ ޕާޓީގެ ފަރާތުން ނުފެނެ އެވެ.
- ކުޅުދުއްފުށި ސިޓީ ކައުންސިލުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ ގޮނޑީގެ ބައި އިލެކްޝަން (ޕީއެންސީ)
- ރ. ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރުގެ ގޮނޑީގެ ބައި އިލެކްޝަން (އަމިއްލަ މެމްބަރެއް)
- ފ. ބިލެތްދޫ ކައުންސިލުގެ ރައީސް އިންތިހާބުކުރުމުގެ ބައި އިލެކްޝަން (ޕީއެންސީ)
- މާލެ ސިޓީ ކައުންސިލުގެ ހުޅުމާލެ ދާއިރާގެ ގޮނޑީގެ ބައި އިލެކްޝަން (ޕީއެންސީ)
- މާލެ ސިޓީ ކައުންސިލުގެ މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑީގެ ބައި އިލެކްޝަން (ޕީއެންސީ)
- މާލެ ސިޓީ ކައުންސިލުގެ ހެންވޭރު ހުޅަނގު ދާއިރާގެ ގޮނޑީގެ ބައި އިލެކްޝަން (ޕީއެންސީ)
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒުމްބާ
26 July 2024
ރައީސް މުއިއްޒުއަކީ ހީވާގި ކެރޭ ލީޑަރެކޭ
މަނާލްް
25 July 2024
ތާއީދު ކުރާނެވަރުގެ ކެރޭ ސާބިތު ވެރިއެކޭ އިރާދަކުރެއްވިއްޔާ ހޮވާފަ އެހެރީ.
ނާޑުވާ
22 July 2024
27 ޕަސެންޓް މީހުން ވޯޓުލައިގެން 75 ޕަސެންޓް ލިބުނީމަ އެ ލިބުނީ 20 ޕަސެންޓް. ސަރުކާރަށް ތާއީރު ކުރަނީ 20 ޕަސެންޓް. އަދުރޭ މި ހިސާބު ދިމާވޭތަ?
އަށާރަ
21 July 2024
ގިނަ ދިވެހިން ހުރީ ކަހަފްބައިގައިގެ މީހުންހެން މިހާރު ވޯޓުލުމަށް ނިދިފަ ދެން ހޭލެވޭނީ 2028ގަ އޭރުން ކުޅިސަމާ ފެންނާނެ
ޟމމމމ
21 July 2024
ނަތީޖާ ފެނުނީ ރައްޔިތުން ތަރައްޤީ ބޭނުންވާ މިންވަރު. މިކަން ސަރުކާރުތަކުން ނުދަތުމުގެ ނަތީޖާ fahun ހިތިވާނެ!
ޜައްޔިތުމީ
21 July 2024
ކައުންސިލް މެޖޯރިޓީ ސަރުކާރަށް އޮވެގެންވެސް ރަށަށްވާ މޮޅެއްނުފެނެ. ރަށަށް ލިބޭކުރިއެރުމެއް ނުފެނެ. ހަމަގައުމުވެސް އުނގޫފާރު ކައުންސިލްގަ ސަރުކާރު މެޖޯރިޓީ އޮވެމެ އުނޫފާރަށް ލިބެންޖެހޭ ތަރައްގީގެ ހުރަހަކަށް މިހާރުވަމުންދަނީ ހަމަ އުނގޫފާރުގެ ސަރުކާރު މެޖަޯރިޓީގެ ކައުންސިލް. ސަރުކާރަށް ނިސްބަތްވިޔަސް ނާގާބިލް މީހުން ހޮވީމަ ކޮބާ ފައިދާއެއް.
ޖާބެހިލް
21 July 2024
73% މީހުން ވޯޓު ނުދިނީމަވެސް ސަރުކާރުން ބުނަނީ ވަރަށް ކާމިޔާބޯ. ބޮލަކަށް ތިހުރީ މީދާކޭ އުނބެއްތަ؟ ރައްޔިތުން އެބުނަނީ ވޯޓުލުމުގެ ބޭނުމެއް ނެތޭ. ސަރުކާރު ފެއިލްވެފައޭއޮތީ.
ހީވެޔޭ
21 July 2024
އުތުރިއަރަނީ. ވޯޓުލީ 1/3 މީހުން. އޭގެތެރެއިންވެސް ބައެއް ލިބުނީ.
ޖަމީލު
21 July 2024
އެމްޑިޕީ އޮތީ ފެއިލްވެފަ. ދިވެހިން ބޭނުމެއް ނުވޭ ފެއިލް ވެފަ ތިބި ބައެއް
ނުޖެހެމާ
21 July 2024
އެމްޑީޕީއާ މާބޮޑަށް ނުޖެހެމާ. ވެރިކަން ކުރުމުގައި ތިޔަ ޕާޓީއާ އެމީހުންނާ ހުރީ އެންމެ 35% ވަރުގެ ތަފާތެއް. ވަރަށް އެއްކަހަލަ ދެ ޕާޓީ ތިއީ. ޕާޓީ ވުޖޫދުކުރި މީހުންނަށް ކެހި ދީފަ ވެރިކަމައިގެން އުޅޭ ދެ ޕާޓީ ތިއީ.
އަސީލު
21 July 2024
ދިވެހިން ބޭނުންވަނީ ދިވެހީންގެ ރާއްޖެއެއް. މިކަން ހިރިހާ އިންތިާބަކުން މި ދަނީ ފެންނަމުން