މޭކިން ސިޓީން ރެސިލިއެންޓް (އެމްސީއާރު) 2030 އިފްތިތާހުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އެންޑީއެމްއޭ
21 ޖުލައި 2024 - 12:56
ކުރިމަތިވާ ކާރިސާތަކުން ލިބިދާނެ ގެއްލުން ދެނެގަތުމަށާއި ކާރިސާތަކުން އަރައިގަތުމަށް ތައްޔާރު ވެފައިވާ ވަރު ބެލުމުގެ މަގުޗާޓެއް އެކުލަވައިލުމަށް "މޭކިން ސިޓީން ރެސިލިއެންޓް (އެމްސީއާރު) 2030"ގެ ނަމުގައި ހަރަކާތެއް މިއަދު އިފުތިތާހުކޮށްފި އެވެ.
އެއީ މާލޭ ސިޓީ ކައުންސިލާއި ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް ސެންޓަރު (އެންޑީއެމްއޭ) އާ ގުޅިގެން ފެށި މަސައްކަތެކެވެ.
މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އިފުތިތާހުކުރި އެމްސީއާރު 2030 ގެ ދަށުން، ކާރިސާ ތަކުން ލިބޭ ގެއްލުންތަކަށް އިޖާބަދިނުމުގައި ސިޓީތަކުގެ ފެންވަރުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދައި، ކާރިސާތަކަށް ތައްޔާރުވުމަށް މިހާރަށް ވުރެ ބޮޑަށް ސަމާލުވުމާއި ރައްކާތެރި ސިޓީއެއް ބިނާކުރުމަށް މަސައްކަތް ކުރާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުންޏެވެ.
އެންޑީއެމްއޭ އިން ބުނީ ޔޫއެންޑީއާރުގެ އިސްނެގުމުގެ މަތިން ފެށި މި ކެމްޕެއިނުގެ ތެރެއިން ކުރިއަށް އޮތް 10 އަހަރަށް، ރެސިލިއެންސް މަގުޗާޓެއް ނުވަތަ ކާރިސާތަކުން ރައްކާތެރިވުމުގެ މަގު ޗާޓެއް ފަރުމާކޮށްދީ، ސިޓީތަކަށާއި މުނިސިޕަލްޓީތައް ހޭލުންތެރިކުރުމާއި ސްޓްރެޓެޖިކް ޕްލޭނިން އާއި ރެސިލިއެންސް ފިޔަވަޅުތައް ތަންފީ ޒުކުރުމުގެ މަރުހަލާތަކަށް މަގުދައްކައިދައި ދޭނެ ކަމަށެވެ.
މޭކިން ސިޓީން ރެސިލިއެންޓް (އެމްސީއާރު) 2030 އިފްތިތާހުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އެންޑީއެމްއޭ
ކެމްޕެއިނުގެ ތެރެއިން، ކާރިސާތަކުން އަރައިގަތުމަށް މާލޭގައި ހުރި ވަސީލަތްތައް އަދި އެ ކަންކަން ބަލާނެ އޮނިގަނޑަކާއި ޕްލޭނެއް ތައްޔާރުކުރާނެ ކަމަށް ވެސް އެންޑީއެމްއޭ އިން ބުންޏެވެ.
ކެމްޕެއިނު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެންޑީއެމްއޭގެ ސީއީއޯ ހިސާން ހުސައިން ވިދާޅުވީ، މާލެ އަށް ކުރިމަތިވާން ހުރި ގޮންޖެހުންތަކަށް ތައްޔާރުވެ، މުޖުތަމައު ހިމާޔަތް ކުރެވޭނެ ކުރެވޭނެ ކަން ކަށަވަރު ކުރާނެ ކަމަށެވެ.
މާލޭގެ މޭޔަރު އާދަމް އާޒިމް ވެސް ވިދާޅުވީ އެންޑީއެމްއޭއާ ގުޅިގެން މި ފެށި މަސައްކަތަކީ ކާރިސާތަކުން ރައްކާތެރި ވެފައިވާ މާލެއެއް ބިނާކުރުމަށް ވާ ވައުދުގެ ހެއްކެއް ކަމަށާއި ގުޅިގެން ގިނަ މަސައްކަތަކެއް ކުރެވޭނެ ކަމަށެވެ.
މި ކެމްޕެއިނުގެ ދަށުން މިއަދުން ފެށިގެން އަންނަ އަންގާރަ ދުވަހާ ހަމައަށް އާބަން ހިރާސް ކުޑަކުރުމަށް މާލޭ ސިޓީ ކައުންސިލުގެ މުވައްޒަފުންނާއި ސްޓޭކްހޯލްޑަރުންނަށް ހާއްސަ ކޮށްގެން ވޯކްޝޮޕެއް ކުރިއަށް ގެންދާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓައިޕޯ
21 July 2024
ސިޓީން އެއް ނޫން ދޯ؟ ފޮޓޯ ކައިރިން ބަލާލީމަ އިނގެރޭސި ބަހުން ލިޔެފަ އިނީ ސިޓިޒް އޭ!
ޒުލްގަރްނަ
21 July 2024
ޔޭސް. "މޭކިން ސިޓީޒް ރެޒިލިއަންޓް" އެއީ ރަނގަޅު ހަމަޖެހޭ މުނާސަބަތާއި ގުޅޭ ގޮތަކީ. ސިޓީން ކިޔާ ބަހެއް އޮންނަ ކަމެއް ނުދެނަހުރިން.
ބޮޓީ
21 July 2024
އަނެއްކާ ކާރިސާއެއް ނުގެންނަށްޗޭ ތިޔަހެން ކިޔާފަ