އޭޑީކޭ ހޮސްޕިޓަލުން މީގެ ކުރިން ބޭއްވި ހަރަކާތެއްގައި ޑރ. އަލީ ނިޔާފް ބައިވެރިވެވަޑައިގަންނަވަނީ--. ފައިލް ފޮޓޯ: މިހާރު
22 ޖުލައި 2024 - 10:47
ރާއްޖޭގެ ފުރަތަމަ ނިއުރޯސާޖަން ޑރ. އަލީ ނިޔާފު، އޭޑީކޭ އިން ވަކިވެވަޑައިގެން އައިޖީއެމްއެޗާ މިއަދު ގުޅިވަޑައިގެންފި އެވެ.
ނިޔާފް ވަނީ އޭޑީކޭގައި ގާތްގަނޑަކަށް 10 އަހަރު ހިދުމަތް ކުރައްވައި، ގިނަ ބައެއްގެ އިތުބާރު ހޯއްދަވައިފަ އެވެ.
މި ހިދުމަތަށް ޝުކުރު އަދާކުރައްވައި، އެ ހޮސްޕިޓަލުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ ނިއުރޯ ސާޖަރީ ޑިޕާޓްމަންޓުގެ ކާމިޔާބީގައި ނިޔާފުގެ ހިއްސާ ވަރަށް ބޮޑު ކަމަށެވެ.
އެހެންވެ، އެ ޑިޕާޓްމަންޓާއި އޭޑީކޭގެ "އާއިލާ"ގައި ވެސް ނިޔާފަށް ހާއްސަ މަގާމެއް އޮންނާނެކަން ފާހަގަކޮށް، އޭނާގެ ކުރިއެރުމަށް ވަނީ މަރުހަބާ ކިޔައިފަ އެވެ.
އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯ ޑރ. ޝާހު މާހިރު "މިހާރު" އަށް ވިދާޅުވި ގޮތުގައި، ތަޖުރިބާކާރު ނިއުރޯސާޖަންއާ އެކު ސަރުކާރުގެ މައި ހޮސްޕިޓަލްގެ ހިދުމަތަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ އެވެ.
The one and only Doctor @AliNiyaf#Neurosurgeon #Farewell #ADKHospital #HealthCare pic.twitter.com/Mo9lNKd71B
— ADK Hospital (@ADKHospital) July 22, 2024
އެކަށީގެންވާ ވަސީލަތްތައް ހޯދައިގެން އައިޖީއެމްއެޗާއި ރާއްޖޭގައި ވެސް މިހާތަނަށް ނުހެދޭ އޮޕަރޭޝަންތައް ފެށުމަކީ ވަރަށް ބޮޑު ޕްލޭނެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ސިކުނޑީގެ އެކި އޮޕަރޭޝަންތަކާއި އެންޑޯވެސްކިއުލާ ސާޖަރީތައް ކުރަން އެބަހުރި ޕްލޭން. ރަނގަޅު ނިއުރޯ ސާޖަރީ ޔުނިޓެއް އުފެއްދިއްޖެއްޔާ ސްޓްރޯކް ފަރުވާ ވެސް ރަނގަޅުވާނެ. މިހާރު ވެސް މި ތަނުގައި އެބަހުރި ސްޓްރޯކް ޔުނިޓެއް. ނިއުރޯ އަދި ނިއުރޯ ސާޖަރީ އެއްކޮށް މަސައްކަތް ކުރާނީ،" ޝާހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މައިބަދައިގެ އޮޕަރޭޝަނާއި ސިކުނޑި ތެރޭގައި އުފެދޭ ޓިއުމަރު ނެގުމުގެ އޮޕަރޭޝަންތައް ވެސް ފަށާނެ ކަމަށެވެ.
އައިޖީއެމްއެޗްގައި ނިއުރޯސާޖަން ޑރ. އަލީ އާފީއާ އެކު މިހާރު ވެސް ނާރުގެ ބައްޔާ ގުޅުން ހުރި އޮޕަރޭޝަންތައް ކުރެ އެވެ. ނަމަވެސް، ޝާހު ވިދާޅުވީ ނިޔާފު ގުޅިވަޑައިގަތުމަކީ މުޅި ޓިމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
789123456
22 July 2024
މިބަދަލާ އެކީ އައިޖީއެމްއެޗްގެ ހިންގުން ރަނގަޅުވާނެކަމަށް އުއްމީދުކުރަން. ޑރ.ނިޔާފް ރަނގަޅުކުރާނެކަން ޔަގީން.
ދެރަސޮރު
22 July 2024
މަރުހަބާ ޑޮކްޓަރ ޢަލީ، ތި ނިންމެވުމަކީ، އާދައިގެ ރައްޔިތުމީހާ އަށް ވަރަށްބޯދު ލުޔެއް ލިބިގެންދާނެ ކަމެއް، ޑޮކްޓަރ ޢަލީ އަކީ ފުރަތަމަ އައިޖީއެމްއެޗް ގަ ބެއްލެވި ޑޮކްޓަރެއް، އެނބުރި ވަޑައިގެންނެވީތީ ޝުކުރިއްޔާ
ހޯދަނޑު
22 July 2024
އައި.ޖީ.އެމް. ޢެޗް އަަށް ދަނީ ޕްރައިވެޓް ޕްރެކްޓިސް ކުރަން. އައި.ޖީ.އެމް އެޗް އަކީ ބޮއްސުން ލާފައި އޮތް ތަނެއް.
ހެޔޮކޮށް
23 July 2024
މިހާރުވެސް އިސްތިހާރެއް އެބައޮތްހެން ހީވޭ ކޮންމެވެސް އަމިއްލަ ތަނެއްގަ ބަލަން އިންނަ ކަމަށް
އުންމީދު
22 July 2024
އަހަރެންގެ މުލި ހަޔާތުގަވެސް ދިމާވި އެންމެ ރަންގަލު އެންމެ އޯގާތެރި ޱޮކްޓަރ ވ އުފާވެރި ހަބަރެއް އުންމީދު ކުރަން އެންމެންނަށް ހަމަ ހަމަ ކަމާއެކު ޱޮކްޓަރ އަށް ދެއްކޭނެ ކަމަށް އައިޖީއެމްޗުން އިން ރަންގަލު ޱޮކްޓަރަކަށް ދެއްކޭނީ އެތާއުލޭ މުއައްޒަފުންގެ ގާތްމީހުންނަށް އެކަނި
ދާރީ
22 July 2024
ޑރ. ނިޔާފް އަކީ މުޅި ދުނިޔޭގަވެސް ތިބި އިތުބާރުހިފޭ މޮޅު ނިއުރޯ ސާޖަންސް ގެ ތެރޭ ހިމެނޭ ބޭފުޅެއް. މި ރާއްޖެ ފަޚުރުވެރިވާ ވަރުގެ ދަރިއެއް.
އަފްރާސިޔާބު
22 July 2024
ރަގަޅު ވާހަކައެއް. މޮޅެތި މީހުންގެ ބޭނުންހިފަން ދަންނަ ނަމަ ރާއްޖޭގައި އެބަތިބި އެކި ރޮނގުތަކުން މޮޅު މީހުން.
ކޮރަލް
22 July 2024
މޮޅެތި ޑޮކްޓަރުންނަށް މިނިވަން ކަމާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ދޭން ވީ އެވެ. އުސޫލުން ބޭރުން ސިޔާސީ މީޙުން ގުޅާފަ ކަންކަމު ނުކިޔަން ވީ އެވެ. އެހެން ނޫނީ ގައުމު ދޫކޮށް ދާ ޑޮކްޓަރުން ގިނަ ވާނެ އެވެ.
އަފްރާސިޔާބު
22 July 2024
މިހާރުވެސް ނިއުޅެނީ ތިކަންތައް މާ ބޮޑުވެގެން. ތަނެއް ދޮރެއް ނުދަންނަ މީހުންގެ ޕޮލިޓިކަލް ޑިމާންޑާ ހެދި އެއްވެސް ކަމެއް އޮންނަ ރަނގަޅު ގޮތުގައި ކުރަން ވަރަށް ބޮޑަށް އުނދަގޫވޭ. މިދިޔަ ސަރުކާރުގައިވެސް އެކަން އޮތް. އެކަމަކު މިހާބޮޑުކޮށް އެކަމެއް ނެތް. މިހާރު ހެލްތުގައި ކިޔަވައިގެން މީހަކު ހުއްޓަސް އޭނާއަކަށް މާކަ ބޮޑު ބާރެއް ނޯވޭ ކަންކަން ރަނގަޅު ކުރާކަށް. އައި.ޖީ.އެމް.އެޗް އަށް ހެޔޮގޮތެއް ނެތް. ނިޔާފު ބާކީ ވާން ގިނަ ދުވަހެއް ނެތް.
އައިމިނާ
22 July 2024
މަރުޙަބާ ޑރ. ބަލިމީހުންނަށް ލިބުނު ވަރަށްބޮޑު ލުއި ފަސޭހައެއް. ޑރ އަށް ދައްކަން ބޭނުންވެފަ ތިބި އެތައްބަޔަކަށް ލިބުނު އުފާވެރި ޚަބަރެއް.
ސަލަތް
22 July 2024
ޑރ. ޢަލީ ޢާފީ އާއި ނިޔާފް އަކީ މޮޅު ދެ ޑޮކްޓަރުން. ޓީމަށް ފަހި މުސްތަޤުބަލަކަށް އެދެން.
ސޭކުބެ
22 July 2024
ޢަލީ ނިޔާފު އަށް ދައްކަން އެޕޮއިންޓްމެންޓް ލިބުނީ މެންދުރެއްހާއިރަށެވެ. ހޮސްޕިޓަލުގަ އިންދަ އެމެޖެންސީ އޮޕަރޭޝަނެއްކުރަންޖެހިގެން ނިޔާފު ދިޔައީ ތިއޭޓަރަށެވެ. 6 ގަޑިއެއްހާއިރު ފަހުން އަލުން ބަލިމީހުން ބައްލަވަން ފެއްޓިއިރު ރޭގަޑުވެއްޖެއެވެ. އަޅުގަޑުގެ ނަންބަރު ޖެހުނުއިރު ރޭގަނޑު ނުވައެއްޖަހައި ބޮޑުވެއްޖެެއެވެ. އެހާ ނިގަވަގުތު މަސައްކަތުގަ އުޅުއްވިނަމަވެސް އެއްވެސް ވަރުބަލިކަމެއް، ފޫހިކަމެއް ނުދައްކަވައެވެ. އެއީ ހަމަ ނަމޫނާ ޑަކުޓަރެކެވެ.
ބަކުރުބޭ
22 July 2024
ހަމަ 100 އިގެ ވާހަކައެއް. ފޫހިކަމެއްނެތި ބަލިމީހުން ބައްލަވާ ޑަކްޓަރެއް. ބަލިމީހާއަށް ވަރަށް ކެއާރ ކުރައްވާ ބޭފުޅެއް
މަރީ މުހައްމަދު
22 July 2024
އެބޭޅާ ހޮސްޕިޓަލް ބަދަލު ކޮށްލީ އޭޑީކޭގަ އުޅެމުން ޕްރައިވެޓް ޕްރެކްޓިސް ނުކުރެވޭތީ. އައި. ޖީ.އެމް.އެޗައް ބަދަލުވެފަ ކުލިނިކު ހިންގާލަން ރެޑީވަނީ.
ލޮރީ
23 July 2024
ކަލެޔަށް ކީއްތަދެން ދިހަ ޕުރެކްޓިސް ހިންގިޔަސް. ކިޔެވީ އޭނަ. އޭނަގެ ވަގުތު އޭނަގެ ލައިފް. ކަލޭ ޕުރައިވެޓް ޕުރެކްޓިސް ހިންގަން ބޭނުން ނޫނިއްޔާ މެޑިސިން ކިޔަވައިން އައިސް ހިލޭ ސާބަހަށް މީހުން ބަލައިދޭންވީނު.