ރަސްފަންނު ސަރަހައްދުގައި ބަޔަކު މަޑުކޮށްލައިގެން: ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި އަންހެނުންގެ އުމުރު ދިގު. -- ނިޝާން އަލީ | މިހާރު
22 ޖުލައި 2024 - 16:38
ރާއްޖޭގައި އަންހެނުންނަށް ވުރެ ފިރިހެނުންގެ އުމުރު ދިގު ކަމަށް ސްޓެޓިސްޓިކްސް ބިއުރޯގެ ހިސާބުތަކުން ދައްކައިފި އެވެ.
ޕެންޝަން އޮފީހުން މިއަދު ބޭއްވި މޯލްޑިވްސް ފައިނޭންސް ފޯރަމްގައި ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓީޝަން އައިޝަތު ހަސަން ހުށަހެޅުއްވި ޕްރެޒެންޓޭޝަންގައި ބުނީ، ދިވެހިންގެ އެވްރެޖު އުމުރަކީ 80 އަހަރު ކަމަށް އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ. އެ ހިސާބުތަކަށް ބަލާއިރު، ފިރިހެނުންނަށް ވުރެ އަންހެނުންގެ އުމުރު ގާތްގަނޑަކަށް ހަތް އަހަރު ދިގު ކަމަށް އޭނާ ވިދާޅުވި އެވެ.
މި ފަހުން ހިސާބުތައް މިގޮތަށް ދެއްކިއަސް 1995 ވަނަ އަހަރުގެ ކުރިން ރާއްޖޭގައި އުމުރު ދިގީ ފިރިހެނުންނެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުން 2013 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި، ދަރިން ހޯދާ އަދަދު މަދެވެ. އެންމެ ފަހުގެ ބޯހިމެނުމުގެ ހިސާބުތަކުން ދައްކާ ގޮތުން ދަރިމައިވާ ރޭޓު ވަނީ 1.7 ކުދިންނަށް ދަށްވެފަ އެވެ. އަދި 2019 ވަނަ އަހަރުން ފެށިގެން ކެންސަރާއި ސްޓޯކް ފަދަ ބަލިތަކުގައި ޒުވާނުން މަރުވާ މިންވަރު ވެސް ދަނީ އިތުރުވަމުންނެވެ.
"އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ރާއްޖޭގެ އާބާދީގެ 50 ޕަސެންޓު އުޅެނީ 30 އަހަރުން ދަށުގައި. މިއީ ވެސް އާބާދީ މުސްކުޅިވަމުން އަންނަ ކަމުގެ ހެއްކެއް،" އައިޝަތު ވިދާޅުވި އެވެ.
ފައިނޭންސް ފޯރަމްގެ ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު
ފިރިހެނުންނަށް ވުރެ އަންހެނުންގެ އުމުރު ދިގު ކަމަށް ހިސާބުތަކުން ދައްކާއިރު ރާއްޖޭގައި އުމުރުން ދުވަސްވީ މީހުންގެ އާބާދީ ވެސް ދަނީ އިތުރުވަމުންނެވެ.
ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ އަންދާޒާއިން ދައްކާ ގޮތުން 2054 ވަނަ އަހަރު އަންނަ އިރު ރާއްޖޭގެ އާބާދީގެ 43 ޕަސެންޓު ހިއްސާވާނީ ބިދޭސީންނެވެ. އެހެންވެ އާބާދީގެ ކޮންމެ 10 މީހަކުން ހަތަރު މީހުންނަކީ ބިދޭސީންނެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުން މާލޭ ސަރަހައްދަށް މުޅި އާބާދީގެ 64 ޕަސެންޓު މީހުން ޖަމާވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިއްޒަތްތެރި
22 July 2024
ކުރީ ސަރުކާރު ކަމެއް މީ.
ފިރިހެނެއް
22 July 2024
ތިއައްވުރެ ބޮޑު ހިތާމައަކީ ރާއްޖޭގަ ފިރިހެނުންނައް ވާވަރައް ގިނަ އަންހެނުން ނެތުން.
އަބްޑޫޅް +
23 July 2024
ހޫނ. އަހުރެން ސުންނަތް އަދާކުރުމުގެ ގޮތުން، ހަތަރު އަނބީންވެސް ނުހޯދިގެން މި އުޅެނީ. މާ ބޮޑަށް އަންހެނުން މަދީ.
ނާދިރު
22 July 2024
ހައިރާން ވެއްޖެ. މިއީ އަބަދުވެސް މިކަން އޮތް ގޮތެވެ. މިއީ އަލަށް އައި ބަދަލެއް ނޫނެވެ. މުޅި ދުނިޔޭގެ ހުރިހައި ހިސާބެއްގައިވެސް އަންހެނުންގެ އުމުރު ދިގެވެ. ނުރައްކާތެރި ތަފާތު މަސައްކަތުގައި، ނުރައްކާތެރި ކުޅިވަރުގައި، ކޮންސްޓްރަކްޝަން ފަދަ މަސައްކަތުގައި ގިނައިން މަރުވަނީ ފިރިހެނުންނެވެ. ތަފާތު އެކި ސަބަބުތަކާހުރެ އަންހެނުންގެ އުމުރު ދިގުކަމީ މިރާއްޖޭގައި އަބަދުވެސް ފެންނަން އޮތް ހަގީގަތެކެވެ.
ކިންލާ
22 July 2024
މާދަން ބުނާނެ ރާއްޖޭގަ ފިރިހެނުންގެ ތުބުޅި ފަޅައޭ، އަހަރުން ދިރާސާކުރަންވީ އެހެން ގައުމުތަކުގެ މީހުންގެ ތުބުޅިފަޅާތޯ. މިކަހަލަކަމެއްމީ.
އެޑްމުންޑޯ
22 July 2024
ފިރިހެނުންގެ އުޅުމަށް ބޮޑެތި ބަދަލުތަކެއް އައިސް ގެން މިހެންދިމާވީ ، ހޭބޯ ނާރާ އަބަދު މަސައްކަތުގައި ސިއްޙަތަށް ބެލުމެއްނެތި އުޅެވެނީ ، ސިއްްހަތަށް ބަލައިގެން މަދުން ކައިގެން އުޅޭމީހުންގެ އުމުރު ދިގުވޭ ،
3
22 July 2024
ޖެންޑާމިނިސްޓްރީއިން މިކަމަށް ޚާއްސަ ފިޔަވަޅެއް އަޅާކަށް ނޫޅޭތަ؟ ކޮބާ ހިއުމަންރައީޓްސް؟